ގދ ނަޑެއްލާއިން އިތުރު ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވެއްޖެއެވެ.
“ހުވަދޫ ނިއުސް” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ އެރަށުން ތިނަދޫއަށް ގެނައި ބަލި މީހަކު ކޮވިޑް-19 އަށް ޓެސްޓް ހެދުމުން ޕޮޒިޓިވްވެފައިވާ ކަމަށާއި، އެމީހާގެ ކޮންޓެކްޓް ޓްރޭސިންގްގެ ގޮތުގައި ފާހަނގަ ކުރެވިފައިވާ އިތުރު ބަޔަކު ކޮވިޑް-19 އަށް ޓެސްޓް ހެދުމުން ފައްސިވެފައިވާ ކަމަށެވެ.
ނަމަވެސް އެރަށުން ފަހުން ފައްސިވެފައިވަނީ ކިތައް ފަރާތެއް ކަމެއް އަދި ޔަގީންވެފައި ނުވެއެވެ.
ކޮވިޑް-19 އަށް ފައްސި ކޭސްއެއް އެރަށުން ފެނުމުގެ އިތުރުން ރަށުގައި ދިރިއުޅޭ ބައެއް ފަރާތްތަކުގެ ކިބައިން ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތަކެއް ފެންނަމުންދާތީ މިއަދުގެ އަޞުރު ނަމާދުންފެށިގެން އެރަށު މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުން ވަނީ ވަގުތީގޮތުން މެދެކަނޑާލައި މިސްކިތްތަށް ބަންދު ކޮށްފައެވެ.
މިއަދު ނަޑެއްލާ ކައުންސިލުން ނެރެފައިވާ އިޢުލާނެއްގައިވަނީ
މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރިނަމަވެސް ފަރުޟު ފަސް ނަމާދުކޮށް، ސުންނަތް ނަމާދުތައް ގިނަކޮށް ކީރިތި ޤުރުއާން ކިޔަވައި، ގިނަ ގިނައިން ދުޢާކޮށް އިސްތިޢުފާރުކުރުމަށް ރަށު ކައުންސިލްގެ ކައުންސިލުންވަނީ ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ޓެސްޓު ކުރި މީހަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން އިއްޔެއިން ފެށިގެން އެރަށްވަނީ މޮނީޓަރިންގ ހާލަތަށް ގެނެސްފައެވެ.