ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިދޭސީންގެ މައްސަލަކަމަށާއި އެއީ ކުރީގެ ސަރުކާރުން ހާވާފައިވާ ހަޑިމުޑުދާރު އަމަލެއް ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ ރާއްޖޭގައި ބިދޭސީން ވަޒީފާނެތި މަގުމަތީގައި ސަލާންޖަހާ، ގިނަވާން ޖެހުމުގެ ސަބަބަކީ ކުރީގެ ސަރުކާރު ކަމަށާއި 2014 އިން 2018އަށް ރާއްޖޭގައި އޮތް ސަރުކާރުން ބިދޭސީން ގެނެސް ރާއްޖޭގައި ގިނަވާން ދޫކޮށްލާފައި ތިބިކަމަށެވެ. އަދި މިހަޑިމުޑުދާރު ޖަރީމާތަކާއި ހަވާލުވެ މިސަރުކާރުން އެކަންތައް ހައްލުކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މީގެއިތުރުން އެހީތެރިކަން ބޭނުންވާ ބިދޭސީންނާއި ގުޅޭނެ ނަންބަރު ހޯދާފައި ފޮނުވައިދެއްވުމަށް ވަނީ އެދިފައެވެ. މިނިސްޓަރ ފައްޔާޒް އިސްކޮށް ހުންނަވައިގެން މިހާރުވެސް ދަނީ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލުމުގެ މަސައްކަތުގެ އިތުރުން ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާއިމެދު ފިޔަވަޅު އަޅަމުންނެވެ.
2018 ވަނަ އަހަރާ އަޅާ ބަލާއިރު މިހާރު ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ދޫކުރާ ކޯޓާގެ އަދަދު %55 ދަށްވެފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް 24 ހާސް ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލެވިފައިވާކަން ފައްޔާޒު ވަނީ ފާހަގަކުރައްވާފައެވެ.