ޚަބަރު
ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް 19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ، ރޭ 09:30 ހާއިރު އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެފައިވާކަމަށެވެ.

އެގޮތުން ނިޔާވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. މިއާއެކު އައްޑޫއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފައެވެ.

މިމަރާއިއެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދުވަނީ 255 އަށް އަރާފައެވެ. އިއްޔެވެސް ރާއްޖެއިން ކޯވިޑްގައި މީހަކު މަރުވެފައެވެ. އަދި ހޮނިހިރު ދުވަހުވެސް ވަނީ 2 މީހަކު ކޯވިޑްގައި މަރުވެފައެވެ. މިފަހަކަށް އައިސް ރާއްޖެއިން ކޯވިޑްގައި މަރުވާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ.

ރާއްޖެއިން ކޯވިޑްގައި މަރުވާ މީހުން އިތުރުވެފައިވާއިރު، ރޭ ވަނީ ކޯވިޑްގެ އާ ވޭރިއަންޓްވެސް ރާއްޖެއިން ފެނިފައެވެ. ކޯވިޑް-19 އަށް ފާއިތުވި މަސްތަކުގައި ގިނައިން ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތެރޭގެ ރަށްތަކުންނެވެ. އެގޮތުން މިވަގުތުވެސް 14 ރަށެއް އޮތީ ކޯވިޑްގެ ސަބަބުން އަރާފޭބުން މަނާކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!