ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސިކުނޑިފުޅުގެ އެގްޒާމްއެއް ހަދަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސޯލިހުއަކީ ވެރިކަންކުރާ ޕާޓީގެ ފޫހިފިލުވަން ބޭނުންކުރާ ޔޯޔޯއެއް ކަމަށާއި އެމަނިކުފާނުގެ ސިކުނޑިފުޅު އެގްޒާމް ކުރަންޖެހޭ ކަމަށެވެ.
Raees Solih ge sikundi fulhu ge exam eh hadhanjehey! Coalition foohifiluvaa YO-YO akah RJ mivanee vefa @HuShameem! India Sifainge vaahaka dhekkeema maulooin divert nukuravvaa! https://t.co/qNXa4Pqj86
— Mohamed Saeed (@em_saeed) December 6, 2021
ސައީދު މިހެން ވިދާޅުވީ ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާތަކާއި ގުޅިގެން ޝަރީއަތް ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު އެދުމާއި ގުޅިގެންނެވެ.
ސައީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީން ޤައުމު ދޫކޮށް ނުފިއްލަވާނެ ކަމަށާއި އެންމެ އަވަހަށް ފިއްލަވާނެ ރައީސަކަށް ވަނީ ރައީސް ސޯލިހު ކަމަށެވެ.
މިސަރުކާރަށް ފާޑުވިދާޅުވަމުން ސައީދު ވިދާޅުވަނީ މާތްﷲގެ އިރާދަފުޅުން ވަރަށް އަވަހަށް މިކަންތައް ނިމިގެންދާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ދަޢުލަތުން ބުނެފައިވަނީ ޔާމީން ޤައުމުދޫކޮށް ފިއްލަވަން އުޅޭކަމުގެ ހެކިތައް އެބަހުރި ކަމަށާއި ރައީސް ޔާމީން ފިލައިގެން ހިނގައްޖެ ނަމަ އަލުން އަބުރާ ގެންނަން އުނދަގޫ ވާނެ ކަމަށެވެ.
ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން އެދިފައި ވަނީ، މީގެ ކުރިން ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާގައި ދަށު ކޯޓުން އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންވެފައިވަނިކޮށެވެ.