ޚަބަރު
ހާއްސައެހީއަށް ބޭނުންވާ މީހަކު އެކްސިޑެންޓްވުމުން ކާރުގެ ޑްރައިވަރު އެހީނުވެ ފިލައިފި

ހާއްސައެހީއަށް ބޭނުންވާ މީހަކު އެކްސިޑެންޓް ކުރުމަށްފަހު ކާރު ޑްރައިވަރަކު ފިލައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިގާދިޔަ މިއެކްސިޑެންޓްގައި އަނިޔާ ލިބިފައިވަނީ މ. ކިނބިދޫގޭ ޚާލިދު ޢަބްދުﷲ (40އ) އަށެވެ. އޭނާ އަކީ ރަނގަޅަށް ނުހިނގޭ އަދި ވާހަކަ ވެސް ނުދެއްކޭ މީހެކެވެ.

މައުލޫމާތު ލިބޭގޮތުގައި ހުޅުމާލޭ ބްރިޖް ކައިރީ ދުއްވަމުން ދިޔަ ސައިކަލުގައި އިނީ ހާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. އޭނާގެ ސައިކަލް ކާރެއްގައި ޖެހި އެކްސިޑެންޓް ވުމުން ކާރުގެ ޑްރައިވަރު އެމީހާއަށް އެހީތެރިކަމެއް ފޯރުކޮށް ނުދިންތާ ޑްރައިވަރު ވަނީ ފިލާފައެވެ.

އަނިޔާވި ހާއްސައެހީއަށް ބޭނުންވާ މީހާގެ އާއިލާއިން މީޑިޔާއަށް މައުލޫމާތުދިން ގޮތުގައި އެމީހާގެ ތަލި މަތިން ފަޅައިގެން ގޮސްފައިވާ ކަމަށާއި އަދިވެސް ލޭމަނާނުވެގެން އުޅޭ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަ ހާއްސައެހީއަށް ބޭނުންވާ މީހާގެ ސްކޭނެއް ހަދަން ޓްރީޓޮޕް ހޮސްޕިޓަލަށް ދާންޖެހިފައިވީނަމަވެސް އެފަދަ ތަނަވަސްކަމެއް އާއިލާއަށް ލިބިފައިނުވާ ކަމަށް އާއިލާއިން ބުނެއެވެ.

އެކްސިޑެންޓުވުމުން އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްދީފައި ވަނީ ވެސް ފުލުހުންގެ އެހީތެރިކަމުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!