ޚަބަރު
ޕެޓިޝަނެއްގައި ސޮއި ހޯދުމަށް ޔާމީން އަތޮޅުތެރެޔަށް

އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އަތޮޅުތެރެޔަށް ދަތުރުކުރަން ހަމަޖެހިފައިވާ ކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ބޭރުކުރުމަށްޓަކައި އިދިކޮޅުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން “އިންޑީޔާ އައުޓް” ޕެޓިޝަނެއް ތައްޔާރުކޮށްފައިވާ ކަމަށާއި އެޕެޓިޝަނަށް ސޮއި ހޯދުމަށް އަބްދުﷲ ޔާމީން އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިދަތުރުގައި އިދިކޮޅުގެ އިސްވެރިންތައް ބައިވެރިވާނެ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ޔާމީންގެ ސަޕޯޓަރުން އެމަނިކުފާނާއި ބައްދަލުކުރަން ބޭނުންވާތީ މިދަތުރުގައި ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ހަރަކާތްތެރިވަމުންދާ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބީ ޤާނޫނާ ޚިލާފަށް ކަމަށް ބުނަމުން އިދިކޮޅުންދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. އަދި އިންޑިޔާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގިނަ މަސައްކަތްތަކެއް އިދިކޮޅުން ދަނީ ކުރަމުންނެވެ. އެގޮތުން “އިންޑިޔާ އައުޓް”ގެ ނަމުގައި ކެމްޕެއިނެއް ދަނީ ކުރިޔަށް ގެންދަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އިއްޔެ ހެދުނު ކުރިޔަށް ގެންގޮސްފައިވެއެވެ. މިއަޑުއެހުމުގައި ޔާމީން ފިލަން އުޅޭކަމުގެ ހެކި އެބަހުރިކަމަށް ބުނެ ޕީޖީން ވަނީ މިމައްސަލަ ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓް ހިފެހެއްޓުމަށް އެދިފައެވެ. އެހެންނަމަވެސް އިއްޔެ ހަވީރު ބޭއްވުނު އަޑުއެހުމުގައި މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓުމަށް ބޭނުންވާ ވަރަށް މަދަނީ މިންގަނޑުން ހެކި ގަރީނާ ލިބިފައިވީ ނަމަވެސް ރައީސް ޔާމީން ފިއްލަވައިގެން ވަޑައިގެންފާނެކަން ސާފުވާނެ އެއްވެސް ސަބަބެއް ދައުލަތުން ހުށަހަޅައިފައި ނުވާ ކަމަށެވެ.

ގާޒީ ޝަކީލް ވިދާޅުވީ ހިފަހައްޓައިދިނުމަށް އެދިފައިވާ ޕާސްޕޯޓުތަކަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓްތަކެއް ކަމަށާއި ވުޖޫދުގައި ނެތް އެއްޗެއް ޝަރީއަތުން ނުވަތަ ކޯޓަށް ހިފެހެއްޓޭނެ އެއްވެސް ގާނޫނީ ހުއްޖަތެއް ބަޔާންކޮށްފައި ނެތް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!