ޚަބަރު
ނަބީކަމަށް ދައުވާ ކުރާ މީހެއްގެ ފޮތެެއް ވިއްކާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

އަމިއްލައަށް ނަބީ ކަމަށް ދައުވާކޮށް، އިސްލާމް ދީނާއި ނަސާރާ ދީނާއި ޔަހޫދީ ދީނާއި ސޫފީ ދީން މަސްހުނިކޮށްގެން އައު ދީނެއް އުފައްދަން އުޅޭ ކަމަށް ބުނާ މީހެއްގެ ފޮތެއް ރާއްޖޭގެ ފިހާރައެއްގައި ވިއްކަމުންދާތީ އެމައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ، މަދަނީ ޖަމްޢިއްޔާތައް ހިމެނޭ ރައްޔިތުންގެ އިއްތިހާދުންނެވެ. އެގޮތުން އާންމުންގެ އިއްތިހާދުގެ ސިޓީގައި ވިދާޅުވެފައިވަނީ، އާއު ދީނެއް އުފައްދަން އުޅޭ މީހެއްގެ ފޮތެއް ރާއްޖޭގެ ފިހާރައެއްގައި ވިއްކަން ހުރި މައްސަލައެއް މީސްމީޑިއާއިން ސަމާލުކަމަށް އައިފައިވާ ކަމަށެވެ.

އަދި މިފަދަ ކަންކަމަކީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނުގެ ދަށުން އެގާނޫނު ތަންފީޒު ކުރުމަށް ހަދާފައިވާ ގަވާއިދު ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދުގެ 4 ނަންބަރު މާއްދާގައި ދީނީ ތަގްރީރު ކުރުމާއި ދީނީ ވާހަކަ ދެއްކުމުގައި އިސްލާމީ ވަހްދަތު ދެމެހެއްޓުމުގެ ނުކުރާ ކަމަށްވާ (ދިވެއްސަކު ކަމުގައި ވިޔަސް ދީން ބަޔާންކޮށްދީ ހަދަންވާނީ އިސްލާމީ އަގީދާއާ ފުށުނައަރާ ގޮތަށް އިސްލާމީ ވަހްދަތު ދެމެހެއްޓުމާއެކުގައެވެ) އާދި ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ 4 ވަނަ މާއްދާއާއި ވެސް ޚިލާފު ބޮޑު ކުށެއް ކަމަށެވެ.

އެހެން ކަމުން މިކަން ތަހުގީގުކޮށް ބައްލަބައި ދެއްވައި އެކަމުގައި ގާނޫނީގޮތުން ޒިންމާވާން ޖެހޭ ފަރާތްތަކާއި އިހްމާލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެސިޓީގައި އެދިފައިވެއެވެ.

Comment