ޚަބަރު
ދެފުލުހެއްގެ ލޮލަށް ބްލީޗް ޖަހައިފި

އައްޑޫ ސިޓީ ހިތަދޫ ޕޮލިސްޓޭޝަނުގައި ހުރި ޤައިދީއަކު އެސްޓޭޝަނުގައި މަސައްކަތްކުރާ ދެފުލުހެއްގެ ލޮލަށް ބްލީޗް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުގައި ހުރި މީހަކު އެސްޓޭޝަނުގައި މަސައްކަތްކުރާ ދެފުލުހެއްގެ މޫނަށް ބްލީޗް ޖަހާފައިވާ ކަމަށާއި މިހާދިސާ ހިގާފައިވަނީ އިއްޔެ ހަވީރު 16:30 އެހާކަންހާއިރު ކަމަށެވެ. އަދި އެދެފުލުހުންނަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

މިއީ ކިހިނެއް ހިގާދިޔަ މައްސަލައެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!