ޚަބަރު
މަސްތުން ސާފު މުޖުތަމަޢުއެއް ބިނާކުރުމުގެ މަޝްވަރާއަށް، ތިނަދޫ ޑިޓޮކްސް ސެންޓަރުން ޖަމިއްޔާ ތަކާއި ބައްދަލު ކުރަނީ

މަސްތުން ސާފު މުޖުތަމަޢުއެއް ބިނާކުރުމުގެ މަޝްވަރާއަށް، ތިނަދޫ ޑިޓޮކްސްސިފިކޭޝަން ސެންޓަރުން ޖަމިއްޔާ ތަކާއި ބައްދަލު ކުރަނީ

މަސްތުން ސާފު މުޖުތަމައުއެއް ގާއިމު ކުރުމަށް ކުރަމުންގެންދާ މަސައްކަތުގައި ތިނަދޫގައި ހަރަކާތްތެރިވާ ޖަމްއިއްޔާ ޖަމާއަތްތަކާ، ތިނަދޫ ޑިޓޮކްސިފިކޭޝަން ސެންޓަރުން މާދަމާ ބައްދަލު ކުރަން ނިންމައިފިއެވެ.

އެސެންޓަރުން ބުނީ، މަސްތުން ސާފު މުޖުތަމައުއެއް ގާއިމުކުރުމަށް އެސެންޓަރުން ކުރަމުންގެންދާ މަސައްކަތުގައި ރަށުގައި ހަރަކާތްތެރިވަމުންދާ ޖަމްއިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުން ބޭނުންވާތީ، މިމަސައްކަތް ޖަމްއިއްޔާތަކާއި ހިއްސާކޮށް މިކަމުގައި ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭނުންވާ ކަމަށެވެ.

އެގޮތުން އެސެންޓަރުން ވިދާޅުވީ ތިނަދޫގެ ޖަމިއްޔާތަކާއި ބައްދަލުކޮށް މައުލޫމާތު ހިއްސާކުރުމަށް 8 ޑިސެމްބަރު 2021 ވަނަ ދުވަހު މެންދުރު 13:00 ގައި އެސެންޓަރުގައި އޮންނާނެ ކަމަށެވެ.

އަދި މިބައްދަލުވުމުގައި ތިނަދޫގައި ހަރަކާތްތެރިވާ ހުރިހާ ޖަމްއިއްޔާ ޖަމާއަތްތަކުން ބައިވެރިވުމަށް އެސެންޓަރުން އެދިފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!