ފެމިލީ ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ) އާއި ބެހޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް އެކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި އަބްދުﷲ ގާޒީއާ ބެހޭ ގޮތުން ހުށަހެޅި މައްސަލަ ތަހުގީގު ކުރިއިރު، އެ މައްސަލަ ސާބިތު ނުވާ ކަމަށް މިދިޔަ ބުދަ ދުވަހު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން އިތުރު އެއްވެސް ތަފްސީލެއް ދެއްވާފައި ނުވެއެވެ.
އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަަަށް ޖޭއެސްސީއިން ނިންމި އިރު، އަބްދުﷲ ގާޒީ ފަނޑިޔާރުންނާއި ގާޒީން ތިއްބަވާ ވައިބާ ގްރޫޕެއްގައި ޅެމެއް ހިއްސާ ކުރައްވާ އެޅެމުގައި “ހެޕީ ބޮޑު ހުޅު ޑޭ” ވަނީ ޖައްސަވާފައެވެ. އެހެންނަމަވެސް މިމައްސަލައާ ބެހޭ ގޮތުން ޖޭއެސްސީން ވަކި އެއްޗެއް އަދި ވިދާޅުވެފައެއްނުވެއެވެ.
ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންދުކޮށްގެން އާ ރަށުގައި ބެހެއްތެވުނެވެ. އެ މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ މައްސަލަ ދައުވާ އުފުލާ 13 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވުނެވެ. އަދި މިހުކުމް ފަހުން ބަދަލު ކުރެވުނެވެ. އަބްދުﷲ ގާޒީ ކްރިމިނަލް ކޯޓުން ފެމިލީ ކޯޓަށް ބަދަލުކޮށްފައިވަނީ ރައީސް ޔާމީން ވެރިކަމުގައި ހުންްނެވި ދުވަސްވަރުގައެވެ.