ޚަބަރު
އަތޮޅުތެރޭ ސްކޫލް ކުދިންނަށް އަންނަ އަހަރު ބަހުގެ ޚިދުމަތް ތައާރަފްކުރަނީ

އަތޮޅުތެރޭ ސްކޫލްތަކުގެ ކުދިންނަށްވެސް އަންނަ އަހަރު ބަހުގެ ޚިދުމަތް ފެށިގެންދާނެ ކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

އެކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ އަހަރު އަތޮޅުތެރޭ ސްކޫލް ކުދިންނަށް ބަހުގެ ޚިދުމަތް ލިބިގެންދާނެ ކަމަށާއި ސްކޫލް ދަރިވަރުންގެ އިތުރުން ހާއްސައެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށްވެސް ބަހުގެ ޚިދުމަތް ހިލޭ ލިބިގެންދާނެ ކަމަށެވެ.

މާލެ ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ އަދި ފޭދޫ އާ ދެމެދު ބަހުގެ ދަތުރުތައް މިވަގުތު ދަނީ ފޯރުކޮށްދެމުންނެވެ. ސްކޫލް ކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރުތައް ކުރެވޭ ގޮތަށް ބަހުގެ ޚިދުމަތް ލ.އަތުޅޮގެ ރަށްތައް ކަމަށްވާ ގަން، ފޮނަދޫ އިސްދޫ އަދި ކަލައިދޫގައި ފެށުމަށްޓަކައި އައު ބަސްތައް ހޯދަމުންދާ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

  1. ގދ އަށް ވެސް