ޚަބަރު
މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވާން މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވާން ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ، މަކަރާއި ހީލަތުގެ މައްސަލައެއްގައި ހޯދަމުންދަނީ، އުމުރުން 19 އަހަރުގެ ގދ.ތިނަދޫ ފައިވްރޯޒް، ރިކްޒު އާދަމް ކަމަށެވެ.

ރިކްޒު އާދަމް ހޯދަމުން ދަނީ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވާތީ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، 2021 ޑިސެމްބަރު 14 ވަނަ ދުވަހުގެ 12:00 އަށް ރިޒްކު އާދަމް ހާޒިރުވުމަށް ވެސް ފުލުހުން އެދެއެވެ.

އަދި ރިޒްކު ހޯދުމަށް އިއުލާނު ކުރީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ އާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އަދި ރިޒްކު އާދަމް އާއި ބެހޭ އެއްވެސް މައުލޫމާތެއް އިނގޭނަމަ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަން 9792265 އަށް ގުޅައި އެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން އެދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!