ޚަބަރު
ގޯތި ގަތީ ލޯނެއް ނަގައިގެން :އެމްޑީ އަމްރު

މާލެއިން ބޮޑު ގޯއްޗެއް ގަތުމުން ފާޑުކިޔުން ކުރިމަތިވެފައި ވަނިކޮށް ގޯތި ގަނެފައިވަނީ ލޯނެއް ނަންގަވައިގެން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ނޫހެއްގައި ލިޔެފައި އޮތް ޚަބަރެއް ޓްވީޓް ކުރަމުން އަމްރު ވިދާޅުވީ އޭނާ ގަތް ގޯތި 2017 ވަނަ އަހަރު ކުއްޔަށް ނަގައިގެން ތިން ބުރީގެ އިމާރާތެއް ހަދާ ރެސްޓޯރެންޓެއް ހިންގަން ތައްޔާރުވި ތަނުން އެ ގޯތީގެ ވެރިފަރާތުން އެ ގޯތި ވިއްކާލުމަށް ބޭނުންވި ކަމަށެވެ. އެ ގޯތި އެހެން މީހަކު ގަނެފިނަމަ އެތަން ހަދަން ކުރި އިންވެސްޓްމެންޓް ގެއްލިދާނެތީ އެގޯތި ގަތުމަށް 2019 ވަނަ އަހަރު ހުށަހެޅި ކަމަށެވެ.

އެގޮތުން ގޯތީގެ ވެރިފަރާތުން އަމްރުއަށް ގޯތި ވިއްކަން ބޭނުންވުމުން ބޭންކަށް ފައިނޭންސް ހޯދުމަށް ހުށަހެޅިކަމަށައި ކޮށްފައިވާ އިންވެސްޓްމެންޓަށް ބެލުމަށްފަހު އަދި 2017 ވަނަ އަހަރު ކޮށްފައި އޮތް އިންވެސްޓްމެންޓަކަށް ވިޔަސް މިވަގުތު ސިޔާސީ މަޤާމެއްގަ ހުރުމުން 2017 ގައި އިންވެސްޓްކޮށްފައި ހުރި ފައިސާ އަކީ މަސައްކަތް ކޮށްގެން ހޯދާފައިވާ ހަލާލު ފައިސާކަން ޔަޤީންކުރުމަށް ފަހު 2020 ވަނަ އަހަރު ލޯނެއް ލިބިފައިވާކަމަށް އެ ޓްވީޓް ގައި އަމްރު ވިދާޅުވިއެވެ.

އަމުރު 8.4 މިލިއަން ރުފިޔާ އަށް ގޯއްޗެއް ގަތް ޚަބަރު ޝާއިރު ކޮށްފައި އޮތް ނޫހުގައި އަމްރުގެ އަގުބޮޑު އަތުކުރި ގަޑީގެ ވާހަކަ އަދި ަމްރުގެ އަގުބޮޑު ކާރުގެ ވާހަކަ އޮތުމުން އަމްރު ވަނީ އެ ތަކެތީގެ ހާޤީގަތް ސާފު ކޮށްދީފައެވެ. އެގޮތުން، ކާރަކީ އެސްޓިއޯ ގެ ކާރެއް ކަމާއި، އަތުކުރި ގަޑިއަކީ މިސަރުކާރު އައުމުގެ ކުރިން ވެސް އޭނާ ތުރުކުރައްވާ ގަޑިއެއް ކަމަށް ރައްދުގައި އަމްރު ވިދާޅުވެފައެވެ.

މީގެ އިތުރުން އަމްރު ވިދާޅުވެފައިވާ ގޮތުގައި، ޚަބަރެއް ލިޔަން ކޮންމެހެން ބޭނުންނަމަ ގުޅައި އެކަމުގެ މައުލޫމާތު ސާފު ކޮށްލުމަކީ ނޫސްވެރިކަމުގެ އެއް އަސާސްކަމަށާއި،  މީހުންނަށް އޮޅޭގޮތަށާއި، ދޮގު މައުލޫމާތު ލިޔުމަކީ ނޫސްވެރިކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!