މާލެގައި ނަސަންދުރަ ޕެލަސް ހޮޓެލް ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަތީގައި މީހަކު ބޭއްވި ދަބަހެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ވައްކަން ކުރިކަމަށް ޝައްކު ކުރެވޭ މީހާ ހޯދަން، އޭނަގެ ފޮޓޯ އާއި ވީޑިއޯ އާއްމުކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ފާއިތުވީ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު ހިގާފައިވާ ކަމެކެވެ. ސައިކަލް މަތީ މީހަކު ބޭއްވި މިދަބަސް ވަގަށް ގެންގޮސްފައި ނޮވެމްބަރ 28 ވަނަ ދުވަހު ވަގަށް ގެންދިޔުމާއެކު، މިމައްސަލަ ވަނީ ޕޮލިހަށް ހުށަހެޅިފައެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ހޯދަން އިއުލާންކުރި މި މީހާ އަކީ އެ މައްސަލައާއި ގުޅިގެން މާފަންނު ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއްކަމަށެވެ.
ފުލުހުން އާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ޕާކިން ޒޯނެއްގެ ތެރެއިން މީހަކު ދަބަހެއް ހިފައިގެން ހިނގާފައި ދާ މަންޒަރެވެ.
އެ ވީޑިއޯގައި ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސްގެ ނަންބަރު 9660183 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެ.