ޚަބަރު
އެވިޑް ކޮލެޖްގައި ފަރަންސޭސި ބަސް ދަސްކޮށްދޭ ކޯސްތައް ފަށަނީ

ފަރަންސޭސި ބަސް ދަސްކޮށްދޭ ކޯސްތައް އެވިޑްކޮލެޖުގައި ކުރިޔަށް ގެންދިޔުމަށް ރާއްޖޭގައި ހުންނަ ފަރަންސޭސިވިލާތުގެ އެލަޔަންސް ފްރަންސައިޒްއާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެވިޑު ކޮލެޖުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކޮލެޖުގެ ރެކްޓަރ ޑރ ސުނީނާ ރަޝީދު، އެލަޔަންސް ފްރަންސައިޒްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ މރ ދިމިރްތީއެވެ.

އެވިޑް ކޮލެޖުން ހުވަދޫ ނިއުސްއަށް މައުލޫމާތުދިން ގޮތުގައި އެކޮލެޖްގެ ހުރިހާ ކެމްޕަހެއްގައި މިކޯސް ކުރިޔަށް ގެންދެވޭނެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކޯހުގައި ބައިވެރިވެވޭނެ ކަމަށާއި މި ފަހުމުނާމާގެ ދަށުން ކުރިޔަށް އޮތް ތާނގައި ފަރަންސޭސި ބަސް ކުރުމުއްދަތުގެ ކޯސްތަކުގެ ގޮތުގައްޔާއި އެކި ފެންވަރުގެ ސަނަދުތަކަށް ބިނާކޮށްގެން ކިޔަވައިދޭން ފެށޭނެ ކަމަށް އެވިޑް ކޮލެޖުން ވަނީ ހާމަކޮށްފައެވެ.

އެލަޔަންސް ފެރެންސައިގެ ލަފަޔާ އެކު މި ކޯސްތައް ފަރުމާކޮށްގެން ކުރިޔަށް ގެންދާނީ އެވިޑުކޮލެޖުގެ ފެކަލްޓީީ އޮފް އާރޓްސް އެންޑް ލިޓްރޭޗަރއިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!