ޚަބަރު
ހުޅުމާލެ ބިމުގެ ރަޖިސްޓްރީ ބާތިލުކުރުމަށް ސިޓީ ކައުންސިލުން ނިންމެވުމުން އެކަން އެޗްޑީސީ އިން ކުށްވެރިކޮށްފި

ހުޅުމާލެ ބިމުގެ ރަޖިސްޓްރީ ބާތިލުކުރުމަށް ސިޓީ ކައުންސިލުން ނިންމެވުމުން އެކަން އެޗްޑީސީ އިން ކުށްވެރިކޮށްފިއެވެ.

އެޗްޑީސީއިން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ ބިމަކީ އެކޯޕަރޭޝަންގެ އަމިއްލަ ހަރަދުގައި ހިއްކާފައިވާ އަދި އެކޯޕަރޭޝަނަށް ރަޖިސްޓްރީ ކޮށްދީފައިވާ އެކޯޕަރޭޝަންގެ އަމިއްލަ ބިމެއް ކަމަށާއި، އެކޯޕަރޭޝަނަކީ ގާނޫނީ ގޮތުން މުދާ މިލްކުކުރާ ހައްގު ލިބިދީފައިވާ ވަކި ޝަހުޝެއް ކަމަށްވީހިނދު، ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން އެކޯޕަރޭޝަނަށް ލިބިދީފައިވާކަން ރަމްޒުކޮށްދޭ ބިމުގެ ރަޖިސްޓްރީ ބާތިލުކުރުމަށް މާލެސިޓީ ކައުންސިލުން ނިންމެވި ނިންމުމަކީ ގާނޫނު އަސާސީއާއި ޚިލާފަށް ސިޓީ ކައުންސިލުން ނިންމާފައިވާ ނާތަހުޒީބު ނިންމުމެއް ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން، އެގާނޫނަށް އަމަލުކުރުމުގެ ކުރިން އާންމު ރައްޔިތުންނަށާއި، ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހައި ވަސީލަތްތަކާއި، ބިނާތަކާއި، ނުއުފުލޭ ހަރުމުދަލާއި ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ އެގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަަކަށް ކަމަށް ބަޔާންކޮށްފައިވާ އިރު، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ބިންވެސް ވަނީ އެގާނޫނަށް އިސްލާހު ގެނެވުނު އިރު އެކޯޕަރޭޝަންގެ އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައި ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ބިމާއިބެހޭ ގާނޫނުގައިވާ ގޮތުގައި، ބިމުގެ މިލްކުވެރިކަމަކީ ބިމުގެ ވެރިފަރާތަށް އެބިމާއި ގުޅިފައިވާ އެންމެހާ މަންފާތަކާއި، މަސްލަހަތުތަކާއި އަދި ހައްގުތައް ލިބިދީފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ބިމާއި ބެހޭ ގާނޫނާއި މިލްކުވެރިކަން ބަދަލު ކުރުމުގެ ގާނޫނަށް ބަލާއިރު، ވަކިފަރާތަކަށް ރަޖިސްޓްރީ ކޮށްދީފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޝަރުއީކޯޓަކުން ކަމަށްވާއިރު، ގާނޫނު އަސާސީގެ ދަށުންވެސް އަމިއްލަ މުދަލަކީ ގާނޫނު ހުއްދަކުރާގޮތަށް ނިގުޅައިގަނެވޭނެ އެއްޗެއް ނޫން ކަމަށްވެސް އެޗްޑީސީއިން ނެރުނު ބަޔާނުގައި ބުނެފައިވެެއެވެ.

އަދި ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި އެމިލްކުވެރިކަމާއި ގުޅިގެން އެކޯޕަރޭޝަނަށް އެންމެހައި ހައްގުތައް އެކޯޕަރޭޝަނަށް ލިބިގެންވީހިނދު، ގާނޫނާއި ޚިލާފަށް މާލެސިޓީ ކައުންސިލުން ނިންމަވާފައިވާ ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އަދި އެކަމުގެ ސަބަބުން އެކޯޕަރޭޝަނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލުގެ މައްޗަށް ދައުވާ އުފުލާނެ ކަމަށްވެސް އެބަަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!