ރިޕޯޓް
ދަރަނިވެރިވެގެން އަގުބޮޑުތަކެތި ގަތުން ދިވެހިން ދޫކޮށްލަންޖެހޭ އާދައެއް

މާލީ ތަނަވަސްކަން ނެތް ނަމަވެސް، ދަރަނިވެރިވެގެންވެސް އަގުބޮޑު ތަކެތި ގަނެގެން ގެންގުޅުމަކީ ގިނަ އަދަދެއްގެ ދިވެހިންގެ ގައިގައި ހިފާފައިވާ ނުރަނގަޅު އާދައެކެވެ.

އަތްދަބަހެއް ގަންނަން 300 ޑޮލަރު ހޭދަކޮށްލާ ދިވެހިންވެސް މަދެއް ނޫނެވެ. 300 ޑޮލަރު ދީފައި ގަންނަ އަތްދަބަސް ހުސްކޮށް ހިފައިގެން ހިގަންވެސް ބައެއް މީހުންނަށް އެއްވެސް މައްސަލައެއް ނޫނެވެ. ސަބަބަކީ، އެއަތްދަބަސް ރީތިވެގެން އެތަށް އެކުވެރިންގެ ނަޒަރު އެއަށް ހުއްޓި، މޮޅު ކޮލިޓީ ތަކެތި ގެންގުޅޭ ހައި ސްޓެންޑާރޑް މީހެއްގެ ލޭބަލް އެދަބަހުގެ ސަބަބުން ލިބެއެވެ. އެހާ ބޮޑު ތަޢުރީފަކާއި، މީހުން ދެކޭގޮތް ބަދަލުކޮށްލަން 300 ޑޮލަރު އަތް ދަބަހެއް ވޯތް ނުވަތަ އެކަށީގެންވާކަމަށް ގިނަބަޔަކު ދުށުން އެކަށީގެންވެއެވެ. އަތުގައި 300 ޑޮލަރު އޮވެގެން، 10 ޑޮލަރުގެ އަތްދަބަހެއް ގަނެގެން، ބާކީ 290 ޑޮލަރު އެއަތް ދަބަހަށް އަޅައިގެން އުޅެފިނަމަވެސް، އެކުވެރިންގެ އެމީހާއަށް ޖަހާނީ ޖޯކެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އެއް އަތްދަބަހެއް ގެންގުޅެފި ނަމަ، ގިނަ އެކުވެރިންގެ ފުރައްސާރަ ކުރިމަތިވުމަކީ އެކަށީގެންވާކަމެކެވެ. ރައްޓެހިން ކިޔާފާނެ އެއްޗަކަށް ވިސްނައިގެން އަމިއްލަޔަށް ގަންނަން ބޭނުން ނުވި ނަމަވެސް، އެކުވެރިންގެ ބަސްތަކުން ސަލާމަތް ވުމަށް އަގުބޮޑު ދަބަހަކަށް ދިޔުމަށް މަޖުބޫރުވެއެވެ.

އަހަރަމެން ދިވެހިންގެ މިފަދަ އާދަތަކުން އެނގިގެންދަނީ، އަހަރަމެން ދިވެހިންނަކީ މީހުންގެ ތައުރީފާއި، ރުހުން ހޯދަން މަސައްކަތް ކުރާ އަދި މީހުންނަށް ދެއްކުންތެރިކަމަށް ލޯބިކުރާ ބައެއް ކަމެވެ.

ގިނަދިވެހި ޒުވާނުން ދެކޭގޮތުގައި، ދުއްވާނެ އަމިއްލަ ސައިކަލެއް ހުންނަން ޖެހެއެވެ. މޮޅު އަގުބޮޑު ފޯނެއް ނުގެންގުޅޭ، ދުއްވާނެ އަމިއްލަ ސައިކަލެއް ނެތް، ޒުވާން ފިރިހެން ކުއްޖަކީ ކަޓު މީހެއްގެ ގޮތުގައި ޒުވާނުން ދެކެއެވެ. ދުއްވާނެ އަމިއްލަ ސައިކަލެއް ނެތް ފިރިހެން ކުއްޖަކާއި ލޯބީގެ ގޮތުން ގުޅޭނެ އަންހެން ކުއްޖަކުވެސް ނުވެޔޭ ބުންޏަސް މިއީ ދޮގަކަށް ނުވާނެއެވެ. ޒުވާން ފިރިހެން ކުދިންވެސް، އެކުދިންގެ ކަޓުކަން ކަނޑުވާލައި، އަންހެން ކުދިން ގަޔާވާ ކަހަލަ ބައެއްގެ ގޮތުގައި ވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ.

މައިންބަފައިންވެސް، ދަރިންދެކެ ވާލޯބިން އަމިއްލަޔަށް ދަރަނިވެރިވެގެންވެސް، ދަރިންގެ ބޭނުންތައް ފުއްދޭތޯ އަންނަނީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ. ދަރިފުޅަށް ދޭން އެންމެ ފަހުގެ މޮޅު ފޯނެއް ނުވަތަ ދަރިފުޅަށް ދުއްވަން ސައިކަލެއް ގަނެދެއެވެ. ލާރިދައްކާ ޚަލާސް ކުރާގޮތަށް، ގިނަފަހަރު މުސްކުޅި މާމަޔަށް ލިބޭ 5000ރ އިން ދައްކާގޮތަށް މިފަދަ ޚަރަދުތައް ކުރެއެވެ.

ކަކުނިވެސް ހަރުކޮށްނަނީ އެކަކުންޏެއްގެ ވަރުންނެވެ. ކަކުނި ބޭނުން ސައިޒަކަށް ބޭނުން ވަރަކަށް ބޮޑުކޮށް ނުވަތަ ފުންކޮށް ހަރުކޮށްނަން ބިންގަނޑު ލިބިފައިވެއެވެ. ކަކުނީގެ މިސާލަށް ބަލާލާއިރު، ކަކުނި އެގޮތަށް ކަންތައް ކުރުމުގައި ފޮރުވިފައިވާ އެތަކެއް ހިކްމަތެއް އެކުލެވިފައި ވެއެވެ. މާބޮޑުކޮށް ކަކުނީގެ ސައިޒަށްވުރެ ބޮޑު ހޮރެއް ކޮނިފިނަމަ، އެހެން ކަކުނި ނުވަތަ ތަފާތު ދިރޭތަކެތީގެ އުދަނގޫ އެއަށް ޖެހިގެން ހިގައިދާނެއެވެ. އިތުރަށް ކޮންނަން ގިނަވަގުތު ހޭދަވުމުގެ އިތުރުން ކަކުންޏަށް އިތުރު ވަރުބަލިކަމެއް ލިބިގެންދާނެއެވެ. މިހުރިހާ ސަބަބެއް ކަކުންޏަށް ވިސްނޭތީ، ކަކުނިވެސް އޭގެ ހަރުކޮންނަނީ އެއަށް އެންމެ ފުރިހަމަ މިންވަރަށެވެ. ނަމަވެސް އަހަރަމެން އިންސާނުންނަށް ލިބިފައިވާ ބުއްދީގެ ކުޅަދާނަކަމާއެކުވެސް ވިސްނުން ހެޔޮގޮތުގައި ބޭނުންކުރަން ބޭނުން ނުވެއެވެ.

ޝާއިރުވެސް ވިދާޅުވެފައިވަނީ،

ލިބޭމިންވަރު ނިކަންދަނެގެން، ވިބޭނުންތައް ބަހާލައިގެން
      ތިބޭ ނަމައީ ފިކުރުކޮށްގެން، މިބޭޒާރެއް ނުވެސް ވާނޭ

ހަޤީޤަތުގައިވެސް ޝާޢިރު ވިދާޅުވަނީ ވަރަށް އިބްރަތްތެރި ވާހަކައެކެވެ. އަހަރަމެން ޚަރަދު ކުރަން ވާނީ، ލިބޭ މިންވަރަށް ބަލައިގެންނެވެ. ޚަރަދު ކުރުމުގައި، ތަފަތު ބޭނުންތައް ކެޓަގަރައިޒް ކޮށް ނުވަތަ މުހިންމުވާ މިންވަރު ކަނޑައަޅައި، ވިސްނުމާއެކު އިޤްތިޞޯދުކޮށް އަމަލު ކުރާނަމަ، ދަރަނިވެރިވެ، އެހެން މީހުންގެ ކުރިމަތީގައި ލަދުގަނެ ބޭޒާރުވާން ނުޖެހޭނެއެވެ.

ގައިގައި ނެތް ފެންވަރެއް އެހެން މީހަކަށް ދައްކަން މަސައްކަތް ކުރުމަކީ އަހަރަމެން ދިވެހިންނަށް ހެދޭ ބޮޑު ގޯހެކެވެ. މީހަކު މޮޅުވެ ދެރަވަނީ އެމީހެއްގެ އަތުގައި ހުންނަ ފައިސާއަކުން ނޫނެވެ. އޯގާތެރިކަން އިސްކޮށް ދީނީކަންކަމަށް ސަމާލުކަން ދިނުމާއި އެކު، ފުދުންތެރި ދިރިއުޅުމެއް އުޅޭ ކޮންމެމީހަކީ ދިރިއުޅުމުގައި ކާމިޔާބު މީހެކެވެ.

  1. Kiyuntheriya

    Varah vess iburaihtheri article eh👏