ޚަބަރު
ބީ.އެމް.އެލް އިން ޤައުމީ ކުތުބުޚާނާ ތަރައްޤިކުރަން ނިންމައިފި

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޤައުމީ ކުތުބުޚާނާ ތަރައްޤީ ކުރުމާބެހޭ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

ބީއެމްއެލްގެ އަހަރީ ދުވަހާއި ގުޅުވައިގެން ހިންގަން ހަމަޖެހިފައިވާ ޕްރޮޖެކްޓްސްތަކުގެ ދަށުން ޤައުމީ ކުތުބުޚާނާއަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކުތުބުޚާނާ ތަރައްޤީ ކުރުމުގެ މަސައްކަތް ބީއެމްއެލް އިން މިވަނީ ފަށާފައެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއި ކުރެއްވީ ބީއެމްއެލްގެ ސީއީއޯ، ޓިމް ސޯޔާ އާއި ހެރިޓޭޖް އަދި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހަންމަދު ތާރިގެވެ.

ބީއެމްއެލްއިން ހާމަކުރިގޮތުގައި މިހަރަކާތުގެ ދަށުން ގައުމީ ކުތުބުހާނާގެ މެއިން ރީޑިން އޭރިޔާ އާއި ބައެއް ހިސާބުތައް އިތުރަށް ތަރައްގީ ކޮށް، ކުތުބުހާނާގެ ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުންކުރުމަށް ބަހައްޓާފައިވާ ކޮމްޕިއުޓާރ ސިސްޓަމްތައް އަޕްގްރޭޑް ކުރުމާއި ކުތުބުހާނާއިން ކުރިއަށް ގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓަށް ބޭނުންވާ ވީކްރެޑްލް ބުކް ސްކޭނާ ހަދިޔާކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެއިތުރުން މުޅިން އަލަށް ކުތުބުހާނާގައި އޯޑިއޯ ރިކޯޑްކުރެވޭނެ އަޕްގްރޭޑެޑް ބޫތެއް ތަރައްގީ ކުރެވިގެންދާނެ ކަމަށާއި ގައުމީ ކުތުބުހާނާގެ ފޮތްތައް މިހާރަށްވުރެ ބޮޑަށް ރައްކާތެރިކުރުމުގެ ގޮތުން ކުތުބުހާނާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޒަމާނީ ސެކިއުރިޓީ ގޭޓެއް ގާއިމުކޮށްދިނުމުގެ މަސައްކަތް ވެސް ކުރެވިގެންދާނެ ކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.

އަންނައަހަރުގެ ނޮވެމްބަރ މަހަށް ބީއެމްއެލްއަށް 40 އަހަރު ފުރިގެންދާއިރު އެބޭންކުން ވަނީ މުޖްތަމައަށް ފައިދާހުރި 12 ޕްރޮޖެކްޓެއް ހިންގުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ރާއްޖޭގެ ކުތުބުޚާނާ ތަރައްޤީ ކުރުމުގެ ހަރަކާތަކީ އޭގެތެރެއިން ދެވަނަ ޕްރޮޖެކްޓެވެ. ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ބީއެމްއެލްއިން ވަނީ “ބީއެމްއެލް ސްކޯލާޝިޕް ފަންޑުގެ” ނަމުގައި ބޭންކިން އަދި ފައިނޭންސްގެ ދާއިރާއިން ތިން ދަރިވަރަކަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް ނިންމަވާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!