“ދުނިޔެ ފަނާވުން” ގެ ނަމުގައި އައްޝެއިޚް އިބްރާހިމް ފަރީދު އަޙްމަދު ގެ ޚާއްސަ ދަރުހެއް ވިލިމާލޭގައި ބާއްވަން ނިންމައިފިއެވެ.
ވިލިމާލޭގައި އުޅޭ ޒުވާނުންގެ އިސްނެގުމަކަށް ބާއްވާ މި ދަރުހަކީ ވިލިމާލޭގައި ދީނީ ދަރުހެއް ނުބާއްވާތާ ގިނަދުވަސް ތަކެއް ވުމުންނާއި ދީނަށް އޮންނަ ލޯބި އިތުރުކުރުމުގެ ނިޔަތުގައި ބާއްވާ ޚާއްސަ ދަރުހެކެވެ.
އެގޮތުން، މި ދަރުސް ބޭއްވުމުގެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ހުވަދޫ ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ގިނަ ދުވަސް ތަކަކަށް ފަހު ބާއްވާ ދަރުސް އޮންނާނީ، 10 ޑިސެމްބަރ ވާ ހުކުރު ދުވަހުގެ ރޭގަނޑު 8:45 ގައި ވިލިމާލޭ ބަނދަރު ސަރަހައްދުގައި ކަމަށެވެ.
މިދަރުހަކީ، ގިނަބައެއްގެ އެހީތެރިކަމާއި، އެއްބާރުލުމާއި އެކު ބާއްވާ ދަރުހެކެވެ. އަދި މި ދަރުސް އަށް ވީހާވެސް ގިނަ ބަޔަކު ވަޑައިގަތުމަށް މި ދަރުސް އިންތިޒާމް ކުރާ ވިލިމާލޭ ޒުވާނުން އެދެއެވެ.
އައްޝެއިޚް އިބްރާހިމް ފަރީދު އަޙްމަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ދަރުސް ދެއްވާފައިވާ ގިނަބައެއްގެ ލޯބި ލިބިފައިވާ ބޭފުޅެކެވެ. އަދި އައްޝެއިޚް އިބްރާހިމް ފަރީދުގެ ދަރުހެއް އެންމެފަހުން ވިލިމާލޭގައި ބޭއްވިފައިވަނީ 2010 ވަނަ އަހަރުގެ ޖެނުވަރީ މަހުގެ 22 ގައެވެ.