ޚަބަރު
ކަނޑުހުޅުދޫ ކައުންސިލުގެ ފަރާތުން މަސްވެރިންނަށް ޚާއްސަ ޑިނާރ ނައިޓެއް

ހުވަދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލް އިދާރާގެ އެރަށުގެ މަސްވެރިންނަށް ޚާއްސާ ރޭގަނޑު ގެ ކެއުމެއް ދިނުމަށް ނިންމައިފިއެވެ.

ކަނޑުހުޅުދޫ ކައުންސިލުން ވިދާޅުވީ، އެރަށުގެ މަސްވެރިންނަށް ޚާއްސަ ރޭގަނޑުގެ ކެއުމަކީ، މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދޭ ކެއުމެއް ކަމަށެވެ.

ކަނޑުހުޅުދޫ އަކީ މަސްވެރި ރަށަކަށް ވެފައި، މަސްވެރިކަމުގައި ރަށުގެ ޒުވާނުންގެ ހިއްސާ ބޮޑު ރަށެއްކަން ފާހަނގަ ކޮށްލެވޭއިރު، މަސްވެރިންގެ އަގުވަޒަން ކުރުމަށައި ހިތްވަރު ދިނުމުގެ މަގުސަދުގައި ކައުންސިލުން ދޭން ނިންމާފައިވާ މި ޑިނާރ ނައިޓް އޮތީ މިރޭ 8:30 ގައި ކަނޑުހުޅުދޫ ފިނިމައިޒާން ޕާރކްގައެވެ.

މާދަމާ އަކީ މަސްވެރިންގެ ދުވަހަށް ވެފައި، މަސްވެރިންގެ ދުވަސް ކުލަގަދަ ކޮށް ފާހަނގަ ކުރުމަށް ހުވަދު އަތޮޅުގެ ރަށްތަކުން ދަނީ އެކި އެކި ހަރަކާތްތައް ރާވަމުންނެވެ. އެގޮތުން މަސްވެރިންގެ ދުވަސް ފާހަނގަ ކުރުމަށް ގދ.ފަރެސްމާތޮޑާގައި މަސްރޭހެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނިންމާފައިވަނީ ކ.ގާފަރުގައެވެ. ކ. ގާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނިންމާފައިވަނީ ކޯވިޑް-19 ގެ ސަބަބުން ޚަރަދުކުޑަ ކުރުމުގެ ގޮތުން މާލެ އާއި ކައިރި ސަރަޙައްދެއްގައި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!