ޚަބަރު
މަސްވެރިންގެ ދުވަސް ފާހަނގަ ކުރުމަށް ވިލިނގިލީ ކައުންސިލުން ޚާއްސަ ހަވީރެއް ބާއްވަނީ

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަނގަ ކުރުމަށް ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލުން ޚައްސަ ކުޅިވަރު ހަވީރެއް ބާއްވަން ނިންމައިފިއެވެ.

ވިލިނގިލީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، މަސްވެރިންގެ ދުވަސް ފާހަނގަ ކުރުމަށް ބައްވާ ކުޅިވަރު ހަވީރު އޮނާނީ 10 ޑިސެމްބަރ ވާ ހުކުރު ދުވަހުގެ ހަވީރު 4:30 ގައި އެރަށު މާވަށްދިހަރޭގައި ކަމަށެވެ.

އަދި މިހަވީރުގައި ބައިވަރިވުމަށް މަސްދޯނި ތަކުުގެ އޮޑިވެންނާއި، ކެޔުޅުންގެ އިތުރުން ފަޅުވެރިން ބައިވެރިވުމަށް ވިލިނގިލީ ކައުންސިލުން ދަޢުވަތު އަރުވާ ކަމަށް އެކައުންސިލުން ބުނެއެވެ.

މާދަމާ އަކީ މަސްވެރިންގެ ދުވަހަށް ވެފައި، މަސްވެރިންގެ ދުވަސް ކުލަގަދަ ކޮށް ފާހަނގަ ކުރުމަށް ހުވަދު އަތޮޅުގެ ރަށްތަކުން ދަނީ އެކި އެކި ހަރަކާތްތައް ރާވަމުންނެވެ. އެގޮތުން މަސްވެރިންގެ ދުވަސް ފާހަނގަ ކުރުމަށް ގދ.ފަރެސްމާތޮޑާގައި މަސްރޭހެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނިންމާފައިވަނީ ކ.ގާފަރުގައެވެ. ކ. ގާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނިންމާފައިވަނީ ކޯވިޑް-19 ގެ ސަބަބުން ޚަރަދުކުޑަ ކުރުމުގެ ގޮތުން މާލެ އާއި ކައިރި ސަރަޙައްދެއްގައި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!