މިހިގާ ޑިސެމްބަރު މަހުން ފެށިގެން މުސާރަ ދެވޭނީ މިނިމަމް ވޭޖް އާ އެއްގޮތަށް ކަމަށް އެސް.ޓީ.އޯއިން އަންގައިފިއެވެ.
އެސްޓީއޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިޑިސެމްބަރ މަހުން ފެށިގެން މުސާރަ ދެވޭނީ މިނިމަމް ވޭޖާ އެއްގޮތަށް ކަމަށާއި މިނިމަމް ވޭޖްއާ އެއްގޮތަށް މުސާރަ ދިނުމަށް އަހަރެއްގެ މައްޗަށް 14 މިލިޔަން ރުފިޔާ ހޭދަވެގެންދާނެ ކަމަށެވެ.
We are delighted to inform, effective from December 2021, minimum wage will be instigated by STO .
This decision will make an impact of MVR 14 million per year towards the goal of ensuring an equitable wage amongst our employees.— STO (@stoplc) December 9, 2021
ނޮވެމްބަރ މަހު 8 ވަނަ ދުވަހު މިނިމަމް ވޭޖްގެ ގޮތުގައި ކުދި ވިޔަފާރިތަކަށް 4500 ރުފިޔާ، މެދުފަންތީގެ ވިޔަފާރިތަކަށް 7000 ރުފިޔާ އަދި ބޮޑެތި ވިޔަފާރިތަކަށް މަހަކު 8000 ރުފިޔާގެ މުސާރައެއް ކަނޑައަޅާފައިވާއިރު ސިވިލް ސާވެންޓުންނަށް މަހެއްގެ މައްޗަށް 7000 ރުފިޔާގެ މުސާރައެއް ލިބިގެންދާނެއެވެ. މިހަތަރު ކެޓަގަރީއަކަށް ބަހާލައިގެން މިނިމަމް ވޭޖް ކަނޑައަޅާފައިވާއިރު އެންމެ ދަށްކޮށް ދެވޭ މުސާރަ އަކީ 4،500 ރުފިޔާ އެވެ.
އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާފައިވާއިރު މުސާރައިގެ އިތުރުން ފިކްސްޑް އެލަވަންސް އޭގައި ހިމަނާފައިވީ ނަމަވެސް އިތުރު ގަޑީގެ އިނާޔަތާއި، ރަމަޟާން މަހުގެ އިނާޔާތް އަދި ސާވިސް ޗާޖް މިނިމަމް ވޭޖުގައި ހިމަނާފައިނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު ވަކި ދުވަސްވަރެއްގައި ދެވޭ އެލަވަންސް ނުވަތަ ބޯނަސް އާއި ހާލަތަށް ރިއާޔަތްކޮށް ވަކި މަސްއޫލިއްޔަތެއް އަދާކުރުމަށް އެކި މަސް މަހު އެކި މިންވަރަށް ދޭ އެލަވަންސް އަދި އިންކައިންޑް ބެނެފިޓްސް އާއި އެއިން ކަމަކަށް ހަރަދުވާ މިންވަރަކީ ވެސް އެންމެ ކުޑަ އުޖޫރަ ހަމަޖައްސާ އިރު ނުހިމެނޭނެ އެލަވަންސްތައް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.