މަޢުލޫމާތު
ދުނިޔޭގެ ކެހިވެރިކަމުގައި ޖެހި، އުޚްރަވީ ޙަޔާތް ބަރުބާދު ނުކުރުން- ހުުކުރު ޚުޠުބާ

ދުނިޔޭގެ ޙަޤީޤަތަކީ ވަރަށް ރީތި އެހެންނަމަވެސް އެހާ އަވަހަށް ހަލާކުވެ ފަނާވެ ދަނިވި ވަގުތީ އުފަލެއް ދޭ ތަނެއް ކަމުގައި ޚުޠުބާގައި ބުނެވިފައި ވެއެވެ.

މާތް ﷲ ޤްރުއާނުގައި ވަޙީކުރައްވާފައިވަނީ، ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއް ކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ. އިތުރު އާޔަތެއްގެ މާނައިގައި ވަނީ، ދުނިޔޭގެ ދިރިއުޅުމަކީ ކުޅިވަރެއް ކަމުގައްޔާއި، މަޖަލެއް ކަމުގައި މެނުވީ ނުވެއެވެ.

ދުނިޔެއަކީ ވާދަވެރިކަމުގެ ތަނެކެވެ. ޙައްޤާއި ބާޠިލުގެ ވާދަވެރިކަމެވެ. ދުނިޔެއަކީ މުއުމުމިނުންނާއި ފާޖިރުން އިމްތިޙާނު ކުރެއްވުމަށް ލައްވާފައިވާ ތަނެއްކަމުގައި ޚުޠުބާގައި ބަޔާންކޮށްފައި ވެއެވެ. ދުނިޔޭގެ މި ދިރިއުޅުމަކީ، ނެތިފަނާވެ ދަނިވި ގޮވައްޗަކަށް ވުމުގެ އިތުރުން ރަނގަޅު މީހުންނާއި ނުބައި މީހުން އިމްތިހާން ކުރެއްވާ ތަނެއް ކަމުގައި ދުނިޔެ ވެފައިވެއެވެ. ދެމިއޮންނަނިވި ތަނަކީ އާޚިރަތުގެ ގޮވައްޗެކެވެ.

ދުނިޔޭގެ ހަޤީޤަތާ މެދު ބައެއް ފަރާތްތަކުން އިންކާރު ކުރާ ސަބަބުތަކުގެ ތެރޭގައި، ނިމުމެއް ނުވާ އާޚިރަތެއް ވާކަމާއި، އުޚުރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށް އަމަލުކުރަންޖެހޭކަން  ހިމެނެއެވެ. ދުނިޔެއަކީ ފަނާވެދަނިވި ތަނަކަށް ވާތީ، އެއީ ފަނާވެދާ ތަނެއްކަން އެންގެވި ފަދައިން، އާޚިރަތުގެ ޙަޔާތަށް ނިމުމެއް ނުވާތީ، އެއީ، ދާއިމީ ތަނެއް ކަމުގައި އަންގަވާފައިވާކަމުގައި ޚުޠުބާގައި ވެއެވެ.

ދުނިޔެއަށް އިންސާނާ ފުނުއްވުނީ، ހެޔޮގޮތުގައި ދުނިޔެ ޢިމާރާތްކޮށް، ހެޔޮގޮތުގައި މާތްﷲ އަށް އީމާންވެ، ދުނިޔެއިން ފައިދާ ލިބިގަތުމާއެކު، އުޚުރަވީ ޙަޔާތަށްޓަކައި ހެޔޮ ޢަމަލުކޮށް އުޅުމަށް ކަމުގައި ޚުޠުބާގައި ބުނެއެވެ. ނެތުމުގެ ތެރެއިން އިންސާނާ ވުޖޫދަށް ގެންނަވައި، ބިމުގައި ޚަލީފާވެރި ކުރައްވައި، ހުރިހާ ނިޢުމަތްތަކެއް ދެއްވަވައި، ސީދާވެގެންވާ މަގު އިންސާނާއަށް ދެއްކެވީ، މާތްﷲ އަށް އަޅުކަން ކޮށް އުޅުމަށެވެ. އަދި އިންސާނާއަށް ގެއްލުން ހުރި ގޮތާއި، ފައިދާހުރި ގޮތް އެކަލާނގެ ވަނީ ބަޔާން ކުރައްވާފައެވެ. ދުނިޔޭގައި މަދު ވަގުތުކޮޅެއް ވޭތުކުރުމަށްފަހު ދާއިމީ ޙަޔާތަށް އިންސާނާ ދަތުރުކުރާނެކަން ވަނީ އަންގަވާފައެވެ. އެއީ ދުންޔަވީ އެދުންތަކުގައި، އިންސާނާ މަޝްޣޫލުވުމުގެ ސަބަބުން އުޚްރަވީ ޙަޔާތް ބީވެގެން ހިގައިދާނެތީއެވެ. ޚުޠުބާގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ފިލައިދަނިވި ހިޔަންޏެއް ފަދަ ދުނިޔޭގެ ޒީނަތްތެރިކަމުގައި، އިންސާނާ ޖެހުމުގެ ސަބަބުން، އާޚިރަތުގައި މާތް ﷲ ގެ ކޯފާއަށް ހުށަހެޅި ދާނެއެވެ. އެހެން ކަމުން ދުނިޔެއަށް ވުރެ އާޚިަރތުގެ އަގުބޮޑުކަން ކޮންމެ މުސްލިމަކު ދެނެގަނެ، ތިމާގެ އުޚްރަވީ ޙަޔާތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމުގައި ޚުޠުބާ ބުނެއެވެ.

އިންސާނާގެ ދުންޔަވީ ޙަޔާތް. މާތްﷲ ލައްވާފައިވަނީ، އޭނާގެ އުޚްރަވީ ޙަޔާތަށްޓަކައި ގޮވާންކުރާ ދަނޑު ބިމެއްގެ ގޮތުގައެވެ. އެ ބިމުގައި އޭނާ ރަނގަޅަށް ގޮވާން ނުކޮށްފި ނަމަ، އޭނާގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް އޭނާ ދާނީ ހުސްއަތާއެވެ. ބުއްދިވެރިޔަކީ އަބަދުމެ އުޚުރަވީ ހަޔާތް ހިތްމައްޗަށް ގެނެސް، ހެޔޮގުތުގައި، ދުނިޔަވީ ޙަޔާތުގެ ބޭނުން ހިފާ މީހާ ކަމުގައި ޚުޠުބާ ބުނެއެވެ.

އިންސާނާގެ ދުންޔަވީ ޙަޔާތް، މާތްﷲ ލައްވާފައިވަނީ، އޭނާގެ އުޚްރަވީ ޙާޔާތަށްޓަކައި ގޮވާންކުރާ ދަނޑު ބިމެއްގެ ގޮތުގައި ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ. އެ ބިމުގައި އޭނާ ރަނގަޅަށް ގޮވާން ނުކޮށްފި ނަމަ، އޭނާގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް އޭނާ ދާނީ ހުސްއަތާއެވެ. ބުއްދިވެރިޔަކީ އަބަދުމެ އުޚުރަވޫ ޙަޔާތް ހިތް މައްޗަށް ގެނެސް، ހެޔޮގޮތުގައި، ދުންޔަވީ ޙަޔާތުގެ ބޭނުން ހިފާ މީހާއެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި މަސައްކަތް ކުރާ މީހާއެވެ. މާތްﷲ ދުނިޔޭގެ ޙަޔާތް ސިފަކޮށް ދެއްވާފައު ވަނީ، އެއްބަޔަކު އަނެއްބަޔަކަށް ފަޚުރުވެރިވާ ތަނެއްގެ ގޮތުގައެވެ.

މާތްﷲ ދެއްވާފައިވާ ޢުމުރުގެ ބޭނުން ހެޔޮގުތުގައި ހިފުމަށް ޚުޠުބާގައި ގޮވާލާފައި ވެއެވެ. ދުނިޔޭގެ ކެހިވެރިކަމުގައި ޖެހި، އުޚްރަވީ ޙަޔާތް ބަރުބާދު ނުކުރުމަށް އެންމެހާ މީސްތަކުންނަށް ޚުޠުބާގައި ވަޞިއްޔަތް ކޮށްފައި ވެއެވެ.

އިންސާނުން ދުނިޔޭގެ އެދުންތަކަށް ހެއްލި ދަނީ، ދުނިޔޭގެ ހިތަފަސޭހަކަމާއި ތަނަވަސްކަމުގައި އުޅުމުގެ ބޭނުމުގައެވެ. ނަމަވެސް މީހެއްގެ ދިރިއުޅުން ބާއްޖަވެރި ދިރިއުޅުމަކަށް ވާނީ، މާތް ﷲ އަށް ތަޤުވާވެރި ވެގެންނެވެ. އެނާގެ ހުރިހާ ކަމެއްހައި މާތްﷲ އަށް ކިޔެމަންތެރި ވެގެންކަމުގައި ޚުޠުބާގައި ބުނެއެވެ.

އިސްލާމް ދީނުގެ ޙުދޫދިގެ ތެރޭގައޮ މުނިފޫހިފިލުވުމާއި، ދުނިޔޭގެ އުފަލާއި އަރާމު ލިބިގަތުމަކީ އިސްލާމް ދީނުގެ ނަޒަރުގައި ހުއްދަކަމެކެވެ.  އުފާ ފާޅުކުރުމުގެ ނަމުގައި ޣައިރު ދީނުްތަކުގެ ޝިޢާރުތައް ފާޅިކުރުމާއި، އެފަދަ ކަންކަމުގައި ބައިވެރިވުމަކީ، މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫންކަމުގައި ޚުޠުބާގައި ބުނެފައި ވެއެވެ.

ދުންޔަވީ އެދުންތަކުގައި، މަޝްޣޫލިުވެ، އުޚްރަވީ ޙަޔާތުގެ މަތިން ހަނދާން ނައްތާ ނުލުމަށް ޚުޠުބާގައި ނަސޭހަތްތެރި ވެފައި ވެއެވެ. ތިމާއަށް ލިބިފައިވާ މުދަލާއި ދަރީންނަކީ، މާތްﷲގެ މަގުން ތިބާ އެއްިބާކުރުވަނިވި އެއްޗެއް ކަމުގައި ނުހެދުމަށް ޚުޠުބާގައި ގޮވާލާފައި ވެއެވެ. އެއިރުން މާތްﷲ އަޅަމެންގެ މައްޗަށް އެކަލާނގެ ބަރަކާތުގެ ދޮރުތައް ހުޅުއްވައި ދެއްވާނެތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!