ޚަބަރު
މަސްވެރިކަމަށް ޒަމާނީ އާ ސިޔާސަތެއް ކަނޑައަޅަން ޖެހޭ : މެމްބަރު ސައުދު

ރާއްޖޭގެ މަސްވެރިކަމަށް ޒަމާނީ އާ ސިޔާސަތެއް ކަނޑައަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖުލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރ ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ މަސްވެރިންނަށް ދަންނަވަމުން ސައުދު ވިދާޅުވީ މަސްވެރިން ކުރާ ހަލާލު ބުރަ މަސައްކަތުގެ މަންފާ މަސްވެރިންނަށް ހޯދައިދިނުމަށް ބާނާ މަހުގެ އަދަދު އިތުރުކޮށް ޤައުުމީ އުފެއްދުންތެރިކަން ކުރިއެރުވޭނެ ޒަމާނީ އާ ސިޔާސަތުތަކެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.

ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފެލިވަރު އަޕްގްރޭޑް ކުރުމުގެ ނަމުގައި ޕްރޮޖެކްޓެއް ހިންގާތާ 9އަހަރު ފާއިތުވެގެން ދިޔައިރުވެސް އޭގެ ކޮޅެއް ފެނިފައި ނުވާ ކަމަށާއި މަސްވެރިކަމުގެ ސިނާއަތުގަ އަދިވެސް ހިގަމުންދަނީ ނަވާރަވަނަ ގަރުނުގަ ރާއްޖޭގައި ގެންގުޅުނު ކޮރަޕްޝަން ސިޔާސަތު ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ބާނާ މަހުގެ 90 އިންސައްތަ ކޫއްޑޫގައި ރައްކާކުރުމަށްފަހު އެމަސް ތައިލެންޑަށް އެކްސްޕޯޓްކުރަނީވެސް ކޫއްޑޫއިން ކަމަށާއި އަހަރަކު 30-40 ހާސް ޓަނުގެ މަސް ކޫއްޑޫއިން ތައިލެންޑަށް އެކްސްޕޯޓް ކުރަމުން ގެންދާ ކަމަށް ސައުދުގެ ޓްވީޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ކޫއްޑޫއާއި އައްޑޫގައި މަސް ބަންދުކުރާ ފެކްޓްރީ ޤާއިމުކޮށް މަހުގެ ބާވަތްތައް އުފައްދާ އެކްސްޕޯޓް ކޮށް މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދަދިނުމަށް އިންޑަސްޓްރީގެ ވެރިން އަދިވެސް ފަހަތަށް ބުރަވާތަން ފެންނަކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ.

މިއަދަކީ ރާއްޖޭގެ މަސްވެރިންގެ ދުވަހެވެ. އެހެންކަމުން ހުވަދު އަތޮޅުގެ ގިނަ ރަށްތަކުގައި ދަނީ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި މަސްވެރިންނަށް ހާއްސަކޮށް ޑިނާ ނައިޓްތައް ފަދަ ހަރަކާތްތައް ވަނީ ރޭވިފައެވެ. މިޕެންޑަމިިކް ތެރޭ

ކުލަގަދަކޮށް މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަކީ އެހާ ރަނގަޅު ކަމަކަށް ނުވާތީ މިއަހަރު ރާއްޖޭގައި މަސްވެރިންގެ ދުވަސް އެހާ ކުލަގަދަކޮށް ފާހަގަ ނުކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!