ފެންޑާ
ތިމާވެއްޓަށް ގެއްލުންވަނީ އަންހެނުންނަށް ވުރެ ބޮޑަށް ފިރިހެނުންގެ ސަބަބުން

އަންހެނުންނާއި އަޅާ ބަލާއިރު ފިރިހެނުން ގެ ސަބަބުން ތިމާވެއްޓަށް ވާ ގެއްލުން ބޮޑު ކަމުގައި ދިރާސާއަކުން ދައްކައިފިއެވެ. އެގޮތުން އަންހެނުންނަށް ވުރެ ގިނައިން ފިރިހެނުން ގްރީން ހައުސް ގޭސްތައް ދުނިޔެއަށް ބޭރު ކުރާކަމަށް ނުވަތަ ފިރިހެނުންގެ ކާބަން ޕްރިންޓު ބޮޑު ކަމަށް މި ދިރާސާއިން ވަނީ ހާމަވެފައެވެ.

ގްރީން ހައުސް ގޭސް ތަކަކީ އޯޒޯން ފަށަލަ ތުނިކޮށްލާ، އަދި ދުނިޔެ ހޫނުވުމަށް މަގުފަހި ކުރުވާ ގޭސްތަކެކެވެ.

ދަ ޖާނަލް އޮފް ޓްރާންސްޕޯޓް އެންޑް ހެލްތުގައި ޝާއިއު ކޮށްފައިވާ ނިއުޒިލޭންޑު ހައުސްހޯލްޑް ޓްރަވެލް ސާވޭގައި ވަނީ 2002 އަހަރުން ފެށިގެން 2014 ވަނަ އަހަރާއި ހަަމައަށް ނިއުޒީލެންޑުގެ 50 ހާހަށް ވުރެ ގިނަ މީހުންގެ ކާބަން އެމިޝަން ތައް ބަލާފައެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި މާހިރެއް ކަމުގައިވާ ޑރ. ކެރޮލިން ޝޯ ވިދާޅުވި ގޮތުގައި އާންމުކޮށް އަންހެނުން ވެސް އަދި ފިރިހެނުން ވެސް ދަތުރު ކުރަނީ ކާރުގައި ކަމުގައި ވިޔަސް ފިރިހެނުން ދުރު ރާސްތާ އަކަށް ކާރުގައި ދަތުރު ކުރާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި ބައިސްކަލުގައި އުޅޭ އަންހެނުން ފިރިހެނުންނަށް ވުރެ މަދު ނަމަވެސް ރާސްތާ ދިގުކަމަށެވެ.

އެގޮތުން އާންމުކޮށް އަންހެނުން ގިނަ ދަތުރު ކުރި ކަމުގައި ވިޔަސް، އެމީހުން ދަތުރު ކުރަނީ 12 ކިލޯމީޓަރާއި 17 ކިލޯމީޓަރާއި ދެމެދުގެ ރާސްތާއެއްގައި ކަމަށެވެ. އަދި އަންހެނުން ފައި މަގުގަޔާއި އާންމު ދަތުރު ފަތުރު ގެ ހިދުމަތްތައް ވެސް ފިރިހެނުންނަށް ވުރެ ގިނައިން ހޯދާ ކަން ފާހަގަވި ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!