ޚަބަރު
ޔާމީން ރަޝީދުގެ ދައްތަ ފުލުހުންގެ ވަޒީފާއިން ކަނޑާލީ ރަނގަޅަށް ކަމަށް ސްޕްރީމް ކޯޓުން ނިންމައިފި

ރާއްޖޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދުގެ ދައްތަ ފުލުހުންގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ ގޮތުގައި ހުއްޓާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤަވައިދާ ޚިލާފަށް ނޫންކަމަށް ސްޕްރީމް ކޯޓުންނިންފައިފިއެވެ.

ޔާމީން ރަޝީދުގެ މަރާއި ގުޅިގެން އޭނަގެ ދައްތަ އާއިޝަތު ރަޝީދު ފުލުހުންގެ އިސް މަޤާމެއްގައި ހުންނަވައިގެން ޤަވައިދާ ޚިލާފަށް ބޭއްވި އެއްވުމެއްގައި ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ވަނީ ސާބިތުވެފައެވެ. އެހެންކަމުން މިމައްސަލަ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބެލުމަށްފަހު ނިންމާފައި ވަނީ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ހޯދުމެއް ނެތި، ގަވާއިދާ ޚިލާފަށް ބޭއްވި އެއްވުމެއްގައި އާއިޝަތު ރަޝީދު ބައިވެރިވެފައިވާ ކަން ސާބިތުވާތީ ވަޒީފާއިން ވަކިކުރުމަށެވެ.,

އާއިޝަތު ރަޝީދު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން އޭނަގެ ފަރާތުން މިމައްސަލަ ވަނީ ސްޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ސިވިލް ކޯޓުގައި މައްސަލަ ނިމޭ ތާރީޚަށް، އޭނާއަށް ފުލުހުންގެ ވަޒީފާއިން ލިބެން ޖެހޭ މުސާރައާއި އިނާޔަތްތައް (441,111 ރުފިޔާ) ހޯދައިދިނުމަށް ވަނީ ކޯޓުގައި އެދިފައެވެ.

އެހެންނަމަވެސް ސްޕްރީމް ކޯޓުގެ ހުުކުމުގައި ބުނެފައިވަނީ އާއިޝަތު ރަޝީދު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އޭނާއަށް ގެއްލުމުގެ ބަދަލު ނަގައިދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

2017 ވަނަ އަހަރު ދިރިއުޅޭ ގޭގެ ސިޑިކައިރީގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ ތަހުޤީގު އެންމެ ރަނގަޅަށް ނުހިނގާ ކަމަށް ބުނެ، ޔާމީން ރަޝީދުއަށް އިންސާފް ހޯދުމަށް ބޭއްވުނު އެއްވުމުގައި ބައިވެރިވި ކަމަށް އައިޝަތު ރަޝީދު ވަނީ އިއުތިރާފްވެފައެވެ. މިއެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނާ ޚިލާފަށް ހުއްދަ ހޯދުމެއް ނެތް ބޭއްވި އެއްވުމެއް ކަން ތަހުގީގުން ވަނީ ހާމަވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!