ރިޕޯޓް
ތިބާގެ ގައިގެ ވަސް ބުނެދެނީ ތިބާއާއި ގުޅޭ ކޮން މަޢުލޫމާތެއް؟

ތިބާގެ ހަށިގަނޑުގެ ވަސް ބުނެދެނީ ތިބާއާއި ގުޅޭ ކޮން މަޢުލޫމާތެއް ހެއްޔެވެ؟ ކޮންމެ މީހެއްގެ ގައިގައި ދުވާ ވަހުން އެމީހަކާއި ގުޅޭ ވަރަށްގިނަ މަޢުލޫމާތު ދެނެގަނެވިދާނެއެވެ.

ހަށިގަނޑުން ހުއްޓުމެއް ނެތި ބޭރުވާ ވަހުން، ކާ ކާތަކެތީގެ މަޢުލޫމާތު، އިހުސާސްތައް، އުމުރު އަދި ސިއްޙަތާއި ގުޅޭ ތަފާތު މަޢުލޫމާތު ދެނެގަނެވިދާނެއެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ހާލަތު، ބައްޔެއް ކުރިމަތިވާން އުޅޭކަން ދެނެގަނެވިދާނެއެވެ. ގައިގެ ވަހުން ތިބާ ކައިވެނިކުރަން ރަނގަޅު ފަރާތެއްތޯ ނުވަތަ ނޫންތޯވެސް ދެނެގަނެވިދާނެއެވެ.

އަހަރަމެންގެ ހަށިގަނޑުން ތާއަބަދު ބައެއް ކަހަލަ މަޢުލޫމާތު ބޭރުކުރެއެވެ. މިފަދަ ބައެއް މަޢުލޫމާތު ވައިގެ ތެރެއަށް ވަހުގެ ގޮތުގައި ހަށީގަނޑުން ލީކުވެއެވެ. އަހަރަމެންނަށް މިފަދަ ވަސްތައް ފާހަގަކުރެވޭ ގޮތަކާއި، އެފަދަ ވަސްތަކުން މަޢުލޫމާތު ދެނެގަންނަ ގޮތަކީ ގިނަ ދިރާސާކުރާ ފަރާތްތަކަށްވެސް ކިޔައި ނުދެވޭ، އާދަޔާ ޚިލާފު ކަމެކެވެ.

ހަށިގަނޑުން ދުވާ ވަހުގައި 3 ފަށަލައެއް އެކުލެވިފައި ވެއެވެ. އަދި ގައިން ދުވާ ވަސް އުފައްދައި ދެނީ ހަންގަނޑުންނެވެ. ވަހުގެ ފުރަތަމަ ފަށަލާގައި އެކުލެވެނީ، ހަށިގަނޑުން އުފެދޭ ނުބައި ވަސްތަކެވެ. މިވަސްތަކުން ދުރުވުމަށް އަހަރަމެން ގިނައިން ފެންވެރުން ނުވަތަ ޑިއޯޑްރަންޓެއްގެ އެހީ ހޯދިދާނެއެވެ. ހަށިގަނޑުން ދުވާ ވަހުގެ ދެވަނަ ފަށަލާގައި އެކުލެވެނީ ދިރިއުޅުމުގެ ވައްޓަފާޅި އަދި އުޅޭ މާހައުލާއި ގުޅޭ ތަފާތު ވަސްތަކެވެ. މިގޮތުން ކާ ތަފާތު ބާވަތްތަކުގެ ސަބަބުން ގައިން ދުވާ ވަސް ފަދަ ވަސްތަކެވެ. ވަހުގެ މިފަށަލަތަކާއި ތަފާތުކޮށް، ގައިން ހިއްލާ ދަލާއެކު އިތުރު ވަހެއް ހަށިގަނޑުން ބޭރުވެއެވެ. މިވަހަކީ ކުރީގެ ވަސްތަކާއި ތަފާތުކޮށް ފިންގަރ ޕްރިންޓް ފަދައިން ކޮންމެ އިންސާނަކަށް ޚާއްސަ ތަފާތު ވަހެކެވެ. މިވަހުން އާދަޔާޚިލާފު ގޮތަކަށް ތިބާގެ ސިއްޙަތާއި ގުލޭ ތަފްޞީލީ މަޢުލޫމާތު ދެނެގަނެވިދާނެއެވެ.

ކޮންމެ މީހެއްގެ ގައިގައި ޤުދުރަތުން ލައްވާފައިވާ މި ތަފާތު ވަހުގެ އަސްލަކީ “މޭޖަރ ހިސްޓޯކޮމްޕެޓިބިލިޓީ ކޮމްޕްލެކްސް” އެމް އެޗް ސީ ޖީންތަކެވެ. އެމް އެޗް ސީ ޖީން އަކީ ގުދުރަތީގޮތުން އަހަރަމެންގެ ހަށިގަނޑުގައި ލައްވާފައިވާ އެންމެ އާދަޔާ ޚިލާފް ޖީންއެވެ. މިޖީން ފާހަގަ ކުރެވެނީ ހަށިގަނޑުގެ ސެލްތަކުގެ މަތީ ފަށަލައިންނެވެ. ތަފާތު ވަސްތަކާއި ގުލޭގޮތުގުން ތަފާތު ދިރާސާތަށް ކޮށްފައިވާ ފަރާތެއް ކަމުގައިވާ، ރޭޗަލް ހާޒް އޭނާ ލިޔުއްވާފައިވާ ފޮތެއް ކަމުގައިވާ “ދަ ސެންޓް އޮފް ޑިސަޔަރ” ފޮތުގައި ބުނެފައިވާގޮތުން، ދުނިޔޭގައިވާ ކޮންމެ އިންސާނެއްގެ ހަށިގަނޑުގައި ތަފާތު އެމް އެޗް ސީ ޖީން އެކުލެވެއެވެ. ނަމަވެސް އެއްމާބަނޑު ދެބެއިންގެ އެމް އެޗް ސީ ޖީން ކޮންމެވެސް މިންވަރަކަށް އެއްގޮތް ކަމުގައި ބުނެފައި ވެއެވެ.

ރޭޗަލް ހާޒް ކުރިޔަށް ގެންދެވުނު ދިރާސާއަކުން ހާމަވާގޮތުގައި، އެމީހަކަށް ކަމުދާ ގައިގެ ވަހެއް ހުންނަ ފަރާތެއް ބައިވެރިޔަކު ގޮތުގައި އިޚްތިޔާރު ކުރުމުން އެގުޅުން ގިނަ ދުވަހަށް ދެމިގެން ދާކަމުގައެވެ. ފިރިހެންނުންނާއި އަންހެނުން ބޭނުންކޮށްގެން ކުރެވުނު މިދިރާސާގައި، އިތުރު ސެންޓެއް ނުވަތަ މީރުވަސް ދުވާ ބާވަތުގެ އެއްޗެއް ބޭނުން ނުކޮށް، ދެޖިންސުގެ މީހުން އެއްދުވަހު ބޭނުންކޮށްފައިވާ ހެދުމުގެ ވަސް ބެލުމުގެ ފުރުސަތު ދީފައިވެއެވެ. އަދި ފަހުން މި ދެޖިންސުގެ މީހުންގެ ތެރެއިން އެމީހަކަށް އެންމެ ކަމުދިޔަ ވަހުގެ ހެދުން ބޭނުންކުރި ފަރާތް ހޯދަން ބުނުމުން ހަށިގަނޑުގެ ވަހުން ކަނުބަދެގެން ގިނަފަރާތްތައް އެފަރާތް ހޯދާފައި ވެއެވެ. އާދަޔާ ޚިލާފު ގޮތަކަށް މިދިރާސާގައި ބައިވެރިވި ގިނަ ފަރާތްތަކަށް އިޚްތިޔާރު ކުރެވުނީ ފަހުން އެނގިފައިވާ ގޮތުގައި އެމީހުންގެ އަނބިން ނުވަތަ ފިރިންނެވެ. މީގެތެރެއިން އަނބިމީހާ ނުވަތަ ފިރިމީހާ އިޚްތިޔާރުކުރެވުނު ފަރާތްތަކަކީ، ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅޭ ގުޅުން ރަނގަޅު ދެމަފިރިންނެވެ. އަދި ހަމަ އެހެންމެ، އަނބިމީހާ ނުވަތަ ފިރިމީހާ ވަކިކުރަން ނޭނގުނު ފަރާތްތަކީ، އަބަދުވެސް ދިރިއުޅުމުގައި ތަފާތު މައްސަލަތައް ޖެހޭ ގުޅުން ރަނގަޅު ނޫން ފަރާތްތަކެވެ.

މައިންނަށް ދަރިންގެ ވަސް އުފަންވާ ދުވަހުން ފެށިގެން އެނގެއެވެ. ދިރާސާތަކުން އެނގޭ ގޮތުގައި، މަންމަޔާއި ކުޑަދަރިފުޅު، އެކަކު އަނެކަކަށް ވަކިކޮށް ދެނެގަންނަނީ، ގައިގެ ވަހުންނެވެ. ތުއްތު ކުޑަކުދިން ބޭނުންކޮށްގެން ކުރެވުނު ދިރާސާއަކުން އެނގޭ ގޮތުގައި، ތުއްތު އުމުރުގައި، ގާތުން ކިރުދިނުމަށް ތަފާތު މައިން އެއްތަނެއްގައި ބައިތިއްބައިގެން ތުއްތު ކުދިން، މައިންނާއި ކައިރިކުރުމުން، އެކުއްޖެއް އެކުއްޖެއްގެ އަސްލު މަންމަޔާއި ކައިރިވުމުން، ގާތުން ބުއިމަށް ތައްޔާރުވެ، ގައިގެ ވަހުން މައިމީހާ ފާހަގަކުރެއެވެ.

ހަމަ މިގޮތަށް މައިންނަށްވެސް ދަރިންގެ ގައިގެ ވަސް ހީވެސް ނުކުރާހާ ފަސޭހައިން ދަނެގަނެއެވެ. މައިންނަށް ކުރެވުނު ދިރާސާއެއްގައި، އެއްވެސް މީރުވަސްދުވާ ބާވަތުގެ އެއްޗަކާއި ނުލައި ތުއްތު ކުދިން ލައިފައިވާ ހެދުމެއްގެ ވަސް ދެއްކުމުން، 90 އިންސައްތަޔަށް ވުރެ ގުނަ މައިންނަށް އެމީހެއްގެ ދަރިފުޅު ބޭނުންކޮށްފައިވާ ހެދުން ވަނީ ފާހަގަކޮށްފައެވެ.

ދަރިންގެ ވަސް ދެނެގަތުމަށް ހަމައެކަނި ކުޅަދާނައީ މައިން އެކަންޏެއް ނޫނެވެ. 15 މައިންނާއި 12 ބަފައިން ބޭނުންކޮށްގެން ކުރިޔަށް ގެންދެވުނު ދިރާސާއެއްގައި، “އެމްނިއޯޓިކް ފްލުއިޑް” (ކުއްޖާ މައިމީގެ ބަނޑުގައި އޮންނައިރު، ކުއްޖާގެ ވަށިގެން ލެވިފައިވާ ފެނުގެ ދުލީގައި އެކުލެވޭ ފެން) ވަކި އެއްޗަކަށް އަޅާފައި، އޭގެ ވަހުން އެމީހެއްގެ ދަރި ވަކިކުރަން ފުރުޞަތު ދިނުމުން، ދިރާސާގައި ބައިވެރިވި 15 މައިންގެ ތެރެއިން 12 މައިން އެމީހެއްގެ ދަރިފުޅުގެ އެމްނިއޯޓިކް ފްލުއިޑް އޭގެ ވަހުން ފާހަގަކޮށްފައިވާއިރު، 12 ބަފައިންގެ ތެރެއިން 11 ފަރާތް ވަނީ ބަރާބަރަށް އެމީހެއްގެ ދަރީގެ ފްލުއިޑް ރަނގަޅަށް ވަކިކޮށްފައެވެ.

މިބީދައިން ދިރާސާކުރާ ފަރާތްތައް، އިލެކްޓްރޯޑް ބޭނުންކޮށްގެން ތަފާތު އިޙްސާސްތަކާއި ގުޅުވައިގެން ހަށިގަނޑުން ނުކުން ދަލުގެ ސާމްޕަލް ނަގައި އޭގެ ވަސް ތަފާތު ގިނަ ބަޔަކަށް ދެއްކުމުން، އުފާވެރިކަމުގެ އިޙްސާސް ކުރެވޭ ވަގުތު ހަށިގަނޑުން ނުކުންނަ ދަލުގައި އެކުލެވޭ ވަސް ގިނަބަޔަކަށް ކަމުދާކަން ދިރާސާތަކުން އެނގިފައިވެއެވެ. ލޯބިވާ ފަރާތަކާއި ހަށިގަނޑާއި ކައިރިކޮށް ބައްދާލާއިރު، ހަށިގަނޑުން ދުވާވަހުން އެމީހަކާއި ގުޅޭ ގިނަ މަޢުލޫމާތްތަކެއް ނޭނގި ނަމަވެސް ތިބާއަށް ނަގައިގަނެވެއެވެ. މީގެ ތެރޭގައި، އެމީހަކަު ކެއުމަށް ބޭނުންކޮށްފައިވާ އެއްޗެއް، ސިއްހަތާއި ބެހޭ މަޢުލޫމާތުތައްވެސް ދެނެގަނެވުމުގެ އިތުރުން އެއީ ތިބާއަށް ބައިވެރިއެއްގެ ގޮތުގައި އިޚްތިޔާރުކުރަން ރަނގަޅު ފަރާތެއްތޯ ނިންމިދާނެއެވެ. ބައިވެރިޔާގެ ގައިގެ ވަހުން މިފަދަ މުހިންމު މަޢުލޫމާތު ލޮލަށް ނުފެންނަ ވައިގެ ޒަރީޔާއިން އެނގިގަނެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!