ޚަބަރު
މަސްވެރި ކަމުގެ އެންމެ މުހިންމު އެވޯޑް ތައް ހުވަދު އަތޮޅަށް

ފާއިތުވީ އަހަރު މަސްވެރިކަމުގައި ފާހަގަ ކުރެވުނު ގިނަ އެވޯޑްތަކެއް ހުވަދުއަތޮޅަށް ލިބިގެން ދިޔުމަކީ މިދާއިރާގައި ހުވަދުއަތޮޅަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. 2020 ވަނަ އަހަރު އެންމެ ގިނައިން ކަޅުބިލަ މަސް ކިރުވި ދޯނިތަކަކަށް ހޮވިފައިވަނި ހުވަދު އަތޮޅުގެ ދޯނިތަކެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ.ގާފަރުގައި ބޭއްވުނު ޖަލްސާގައި އެންމެ ގިނައިން ކަޅުބިލަ މަސް ކިރުވި ތިން ދޯންޏަކަށް ވަނީ ހަދާނީ ފިލާ ހަވާލުކޮށްފައެވެ.

ފާއިތުވީ އަހަރު އެންމެ ގިނައިން މަސް ކިރުވާފައިވަނީ ގދ މަޑަވެލި “ކަމަނަ” ދޯންޏެވެ. މި ދޯނީގެ ފަރާތުން އެވޯޑާއި ހަވާލުވެލެއްވީ އެދޯނީގެ އޮޑިވެރިޔާ އަލްފާޟިލް ޞޯދިޤު ޙަސަންއެވެ. ދެވަނައަށް ހޮވިފައިވަނީވެސް މަޑަވެލީ ދޯންޏެކެވެ. މަޑަވެލީ “ޓީ.އެސް ލައިން” ދޯނީގެ ފަރާތުން އެވޯޑާއި ހަވާލުވެލެއްވީ އެދޯނީގެ އޮޑިވެރިޔާ އަލްފާޟިލް އަމްޖަދު ޙަސަންއެވެ. ތިންވަނައަށް އެންމެ ގިނައިން މަސް ކިރުވާފައިވަނީ ގއ. ނިލަންދޫ “ހަނދުވަރީ” ނަމަކަށް ކިޔާ މަސްދޯންޏެވެ.

މީގެއިތުރުން 2020 ވަނަ އަހަރު އެންމެ ގިނަ ޢަދަދަކަށް ބޮޑުކަންނެލި ކިރުވި ދޯންޏަކަށް ހޮވިފައިވަނީ ދ. މީދޫ، “އަލަމާ-6″ ދޯނި އެވެ. އަދި ދެވަނައަށް ބ. ތުޅާދޫ، “ހައިޝަމް” ދޯނި ހޮވިފައިވާއިރު ތިން ވަނައަށް ހޮވިފައިވަނީ އދ. މަހިބަދޫ، “އަސުރުމާ-3″ ދޯންޏެވެ. މިދޯނިތަކުގެ ވެރިންނަށް ވަނީ ހަދާނީ ފިލާ ދީފައެވެ.

ހުވަދުއަތޮޅަށް ލިބިގެންދިޔަ ފަޚުރާއެކީ ހުވަދުއަތޮޅުގެ މަސްވެރިން ތިބީ އުފަލުން ފޮޅިފައެވެ. ރޭ ގާފަރުގައި ބޭއްވުނު ޖަލްސާއިން މަސްވެރިންގެ އެތައް އުއްމީދުތަކެއް ހާސިލްވެގެންދާ ކަމުގެ ހިތްހަމަޖެހުން ވަނީ ލިބިފައެވެ.

އަންނަ އަހަރު ކުރީކޮޅުގައި މަސްކިރާ އަގު ބޮޑުވެގެންދާނެ ކަމަށާއި މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށްވާ އައިސް ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ބޮޑެތި މަޝްރޫއުތައް ހިންގަމުންދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!