އެސްޓީއޯގެ ސަބްސިޑަރީ ކުންފުނi, ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލުތަކެއް ގެނެސް ތެލުގެ އަގު ބޮޑުކޮށްފިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އެކުންފުނިން ފޯރުކޮށްދެމުންދާ ތެލުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށްޓަކައި ތެލުގެ އަގު ބޮޑު ކުރަން ނިންމާފައިވާކަމަށް އެސްޓީއޯ އިން ހާމަކޮށްފައިވެވެ. ތެލުގެ އަގަށް އައިސްފައިވާ ބަދަލު މިއަދުން ފެށިގެން ބަދަލު ވެގެންދާނެއެވެ.
ތެލުގެ އަގަށް އައިސްފައިވާ ބަދަލާއެކު މިހާރު ޑީސަލް ލިޓަރެއްގެ އަގަކީ -/10.95 (ދިހަ ރުފިޔާ ނުވަދިހަ ފަސްލާރި) އެވެ. ޕެޓްރޯލް ލީޓަރެއް /10.72 (ދިހަ ރުފިޔާ ހަތްދިހަ ދެލާރި) އަށް ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ހާމަކުރެއެވެ.
ހޫނު މޫސުމުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދާނެކަމުގައި މި ބާޒާރު ދިރާސާ ކުރާ ބޭފުޅުން ލަފާކުރެއެވެ.