ޚަބަރު
ބަލިތަކާއިބެހޭ ދޮގު މައުލޫމާތު ދޭނަމަ ޖޫރިމަނާ ކުރާ ގޮތަށް ނިންމައިފި

ނުރައްކާތެރި ބަލިތައް ރިޕޯޓްކުރުމުގައި ދޮގު މައުލޫމާތު ދީފިނަމަ 3000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް ބަލިތައް ރިޕޯޓުކުރުމާބެހޭ ގަވާއިދު އާންމުކޮށްފިއެވެ.

އެ ގަވައިދުގައި ބުނާ ގޮތުން ނުރައްކައުތެރި ބަލިތަކާއި، ގައިންގަޔަށް އަރާ ބަލިތަކާއި، އިންޓަނޭޝަނަލް ހެލްތް ރެގިއުލޭޝަންގެ ދަށުން ރިޕޯޓު ކުރަން ޖެހޭނެކަމަށް ކަނޑައަޅާފައިވާ ބަލިތަކާއި އަލަށް ތަޢާރުފުވާ ބަލިތަކުގެ އިތުރުން އާންމު ޞިއްޙަތު ރައްކައުތެރިކުރުމުގެ ގޮތުން ރިޕޯޓު ކުރަންޖެހޭ އެހެނިހެން ބަލިތައް ރިޕޯޓް ކުރަންވާނެއެވެ.

މިފަދަ ބަލިތައް ރިޕޯޓްކުރާނެ ހޮޓްލައިން ނަންބަރެއް ނުވަތަ އޮންލައިން ޕޯޓަލެއް ފަދަ ނިޒާމެއް، މި ގަވާއިދަށް ޢަމަލުކުރަން ފަށާތަ 20 ދުވަހުގެ ތެރޭގައި ގާއިމުކޮށްފައި އެޗްޕީއޭއަށް އަންގަން ޖެހޭނެ ކަމަށް އެޤަވައިދުގައި ބުނެފައިވެއެވެ. މިގޮތަށް އަމަލު ނުކުރާ ފަރާތްތަކާމެދު ޤަވައިދުން ފިޔަވަޅު އަލާ 1000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކަށް ޖޫރިމަނާ ކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

ޤަވައިދާ އެއްގޮތަށް ބަލީގެ މައުލޫމާތު ލިބޭތާ 24 ގގަޑިއިރުތެރޭ އެޗްޕީއޭއަށް ރިޕޯޓްކުރަން ޖެހެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!