ޚަބަރު
2018 ގެ ރިޔާސީ އިންތިޚާބު އޮޅުވާލި ކަމުގެ ތުހުމަތުތަކެއް

2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލާފައިވާކަމުގެ ތުހުމަތުތަކެއް ކޮށްފިއެވެ.

މައުލޫމާތުލިބޭ ގޮތުގައި 20218 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި ފުލުހުން ކުރި ތަހުގީގަށް ފަހު އެކުލަވައިލި ރިޕޯޓު ވަނީ ލީކުވެފައެވެ. މިރިޕޯޓުގެ ކޮޕީ ވަނީ މީޑިޔާތަކަށް ލިބިފައެވެ.

މިރިޕޯޓުގައި 54 ނުކުތާ ހިމެނިފައިވާއިރު ވޯޓު ފޮށިތަކުގެ ވެރިންގެ ގޮތުގައި އީސީން ހަމަޖައްސާފައިވާ ބައެއް ފަރާތްތައް މަސްތުގެ ހާލަތުގައި ތިބިކަންވެސް ތަހުގީގު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އީސީގެ އޮފިޝަލުންގެ އައިޕެޑްތައް އަތުލައި އޮބްޒާވަރުންނަށް ބިރުދައްކާފައިވާ ކަމަށާއި މަންދޫބުންގެ ސޮޔާއިނުލައި ވޯޓުފޮށިތައް ބަންދުކުރިކަމަށް އެރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި ވޯޓުފޮށްޓަށް ވޯޓު ލީ މީހުންގެ އަދަދާއި ވޯޓު ކަރުދާސްތައް އިތުރުވެފައި އެކަކު ލައްވާ ދެފަހަރަށް ވޯޓު އަޅާފައިވާކަން އެރިޕޯޓުން ހާމަވެގެންދެއެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ކުރީގެ ރައީސް ޔާމީންގެ ނަންބަރުގައި ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސްތައް ބާތިލު ވޯޓުގެ ގޮތުގައި ގުނާފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެނޑިޑޭންސީ ނަމްބަރު ކައިރީގައި އިން ގޮޅިން ބޭރުގައި ފާހަގަ ޖަހާފައިވާ ކަރުދާސްކޮޅުތައްވެސް ސައްހަ ވޯޓުގެ ގޮތުގައި ގުނާފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!