ރިޕޯޓް
ކާޑެއްދޫ އެއަރޕޯޓަށް 28 އަހަރު – ޙާލަތު ހަމަ ސުމެއް!

މީގެ 30 އަހަރު ކުރިން ހުވަދު އަތޮޅުގައި ފުރަތަމަ ފަހަރަށް އެއަރޕޯޓެއް ހެދުމަށް ސަރުކާރުން މަސައްކަތް ފެށުމާއި އެކު މުޅި އަތޮޅުގެ އިތުރުން މުޅި ރާއްޖެއަށްވެސް އެކަން ވެގެން ދިޔައީ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށެވެ. އެތައް ބަޔަކު ދެކެމުން ދިޔަ ހުވަފެނެއް ޙަޤީޤަތަކަށް ވުމުގެ އުންމީދަކަށެވެ. އިޤުތިޞާދީ ގޮތުން ރާއްޖެ ކުރިޔަށް ޖެހޭ ކަމުގެ އުފާވެރި ތަސައްވުރަކަށެވެ.

ކުރިން ދަނޑުވެރިކަން ކޮށް އޭގެ ނަފާވެރިކަން އެ ރަށާއި އަވައްޓެރި ރަށް ތަކުން އިންތިހާއަށް ހަދަމުން ދިޔަ ތަނަކަށް ކާޑެއްދޫ ވިޔަސް އެއަރޕޯޓެއް ހެދި މުޅި އަތޮޅަށް އޭގެ ކުރިއެރުން ލިބޭނެ ތަނަކަށް ވާނެ ކަމުން އަތޮޅުގެ އެންމެހާ ރައްޔިތުން ދިޔައީ ލޮލުން ބޮލުން އެކަމަށް އާބަސް ކިޔާ ހާނާ މާލުންވެސް ޤުރްބާންވެ އެ ބާރުލުން ދެމުންނެވެ.

އަތޮޅުގެ އެކި ހިސާބު ފަރުތަކުން ގާ ނަގައިގެން ރަންވޭ ތައްޔާރު ކޮށް އެއަރޕޯޓް ހަދައި, އެތަނުގެ ވައިގެ މަގުން ޚިދުމަތް ދޭން ފެށިތާ މިއަދަށް 28 އަހަރުވީއެވެ. ނަމަވެސް އެތަނުގެ މިއަދުގެ ޙާލަތަށް ވިސްނާލާ އިރު ސިފަ ވަނީ ވީރާނާ ވާން ދޫކޮށްލާފައި އޮތް ރަށެއްހެނެވެ. ތަން އޮތީ މި ޒަމާނުގެ އެއްވެސް ސިފަ އަކަށް ބަލައިގަނެވޭ ޙާލަތެއްގައެއް ނޫނެވެ. ދުވާލަކު އެތައް ފްލައިޓެއް ކޮންމެ ޙާލަތެއްގަވެސް އޮޕަރޭޓްވެ އެތައް ސަތޭކަ ފަތުރުވެރިނާއި ދިވެހިން ދަތުރު ކުރަމުންދާއިރު އެއިން އެއްވެސް ދަތުރު ވެރިޔަކަށް ކަމުދާންހެން ހުރި އެއްވެސް ތަނެއް, މަގެއް, ބަނދަރެއް އަދި ކިއެއްތަ ޚިދުމަތެއްވެސް ނެތެވެ.

މިއަދު މިވާހަކަ ދެއްކި ނަމަވެސް މިއީ އާ ވާހަކައެއް ނޫނެވެ. މިވާހަކަ އެތައް މީޑިއާ އެއްގައި އެތައް ގޮތަކުން ސިފަ ކޮއްފައި ވާއިރު އެ ތަނަށް އަރާ ފައިބާ ކޮންމެ މީހަކު މިވާހަކަ ދައްކާ, ވެރިންގެ ކައިރީގައި ޝަކުވާކޮށް، ސޯޝަލް މީޑިއާ ގައި އެތަނުގެ ޙާލަތު އަންގައިދޭ ވާހަކަ ތަކާއި ފޮޓޯތައް ލުމަކީ ވަރަށް އާންމު ކަމެކެވެ. އެހެން ނަމަވެސް 1993 ވަނަ އަހަރު ގެ ޑިސެމްބަރ 11 ވަނަ ދުވަހު ހުޅުވި ނުވަތަ މިއަދަށް 28 އަހަރު ފުރޭ ކާޑެއްދޫ އެއަރޕޯޓްގެ ބައެއް ދިމާ ދިމާލަށް ކަޅިއެއް އެއްލާ ނަޒަރު ހިނގާލާނަމެވެ.

އެއަރޕޯޓްގެ ފަޅުތެރެއަށް ވަދެގެން ގޮސް ބަނދަރު އަރަން ބަލާ އިރު ޖެޓީ އެއްވެސް ދިމާލުގައި އަރާ ފޭބުމަށް ރައްކާތެރި އެއްވެސް ތަނެއް ނެތެވެ. އެ ޖެޓީގެ ހާލަކީ މުޅި ޖެޓީ އެއްކޮށް ވެއްޓި ނުރައްކާތެރި ބޮޑު ޙާދިސާ އެއް ހިގައި ބައެއްގެ މަރުގެ ވާހަކަ “ބްރޭކިންގ ނިއުސް” އަށް ސުރުޚީ އެޅިގެން ދާނީ މާދަމާ ކަންވެސް ނޭގޭ ހިއްސާބުގައެވެ. ބަނދަރު މަތީގެ މަގުގައި ތާރު ކޮޅެއް ނެތްތާ ގާކޮޅެއް ވެސް އަތުރާފައި ނެތެވެ.

ބެގޭޖާއި ލަގޭޖް ކޮޅު އަރުވައިގެން ދުއްވުމެކޭ ކުރީ ޒަމާނުގެ މާލޭގެ މަގެއްގައި ދުއްވުމެކޭ އެއްވެސް ތަފާތެއް ނެތެވެ. މޫސުން ގޯސްވެ ވާރޭ ވެހެން ފަށައިފިއްޔާ ޓާމިނަލާއި ހަމަޔަށް ދިޔުމުގެ ކުރިން ވަންނާނޭ ނިވަލެއް ނެތެވެ. ޓާމިނަލް ވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާ އެވެ. ބައެއް ފަހަރު ފްލައިޓުން އަންނަ މީހުންނަށް ހީވާނީ މި ވަދެވުނީ މަސް އަށި ހަދާފައި ހުރި ބަދި ގެއަކަށް ހެންނެވެ. އެތަނަކު ކީއްކުރަން، މުޅި އެއަރޕޯޓް ގައި ވެސް ރަނގަޅު ފާޚާނާ އެއް ނެތެވެ. މަޑު ކޮއްލަން ތަނެއް ނެތެވެ. ހާސް ކަމަކަށްވެސް ހުރީ އެއްކަލަ ރެސްޓޯރެންޓު އެވެ. އެވެސް ނަސީބެކެވެ.
އެ ޙާލަތުގެ ކުރުކޮށް އެހެން ދިމާއަކަށް ފިކުރު ހިންގާލަމާ ބަހީއެވެ.

އިސްވެ ދެންނެވުން ޙާލަތުގައި މި އެއަރޕޯޓް ގައި މަސައްކަތް ކުރާ މުވައްޒަފުން އުޅެނީ ކިހިނެއް ހެއްޔެވެ. އެ ކަމާ ވިސްނާލުމުން އެނގެނީ އެ މީހުންގެ ކެތްތެރިކަމެވެ. މީގެ ކުރިން 140 ވަރަކަށް މުވައްޒަފުން ތިބީ އަދި މިހާރު އެ އަދަދު 112 އަށް މަދު ވިޔަސް ވަޒީފާ ގެ މަސްއޫލިއްޔަތު ނަގާ މިންވަރެވެ. ޒަރޫރީ ޚަރަދެއް ނުކުރާ މި އެއަރޕޯޓް ބެލެހެއްޓުމާ ޚިދުމަތް ދިނުމަށް ކުރާ މަސައްކަތެވެ. އެވެރިންނަށް ހަމަ ސާބަހެވެ.
މިހާ ހިސާބަށް ދިއުމުން ދެން އޮތީ ބޮޑު ސުވާލެވެ.

ރާއްޖޭގައި ހުރި އެތެރޭގެ އުދުހުން ތަކުގެ އެންމެ ދުވަސްވީ އެއް އެއަރޕޯޓަށް ވެގެން މިއުޅެނީ ކިހިނެއް ހެއްޔެވެ. ހުވަދު އަތޮޅަށް ދިމާވެގެން އުޅޭ ފަންޑިތަވެރިކަމެއް ބާއެވެ. ނޫނީ ސިޔާސީ ކުޅި ކުޅެން ރާއްޖޭގައި އޮތް ހަތިޔާރެއް ބާއެވެ. މި ސުވާލު ތިޔަ ބޭފުޅުންގެ ވިސްނުމަށް ދޫކޮށްލާނަމެވެ.
ގދ. ކާޑެއްދޫ އެއަރޕޯޓް ތަރައްގީކޮށް ހިންގުމަށް ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް އާއި ސަރުކާރާއި ދެމެދު އެއްބަސްވީ 06 ނޮވެމްބަރ 2013 ވަނަ އަހަރު ލީސް އެގްރިމެންޓެއްގެ ދަށުން 50 އަހަރަށް އެ އެއަރޕޯޓް ހިންގާ ބެލެހެއްޓުމަށެވެ.

ނަމަވެސް، ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމާއި ހިލާފުވެފައިވާކަމަށް ބުނެ 18 ޖެނުއަރީ 2017 ގައި އޭރުގެ ސަރުކާރަށް ފޮނުވި ސިޓީއަކަށް ކޮންޓްރެކްޓް ބާތިލުކޮށްފައި ވަނީ 22 ނޮވެމްބަރު 2018 ގައެވެ.

ރަށް މެދަށް ވިހާފައި އޮތް ދަރިއެއްހެން އެއް ވަގުތެއްގައި ސިފަވުމަށް ފަހު މިހާރު މި އެއަރޕޯޓް ވަނީ ރީޖަނަލް އެއަރޕޯޓް ގެ ދަށަށް ގެންގޮސްފައެއެވެ. އަނެއްކޮޅުން ވިލާ އެއަރ އާއެކު ހަދާފައިވާ ގދ. ކާޑެއްދޫ އެއަރޕޯޓް އެއްބަސްވުން ސަރުކާރުން ބާތިލުކޮށްފައި ވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ވަނީ މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ނިންމާފައެއެވެ.

ފާއިތުވި އަށެއްކަ އަހަރުގެ ތެރޭގައި މި އެއަރޕޯޓް މިއުޅެނީ ބޮޑު ކޯޅުމެއްގައެވެ. އެއް ސަރުކާރުން އަނެއް ސަރުކާރުން, އެއް ކުންފުނިން އަނެއް ކުންފުނިން ބަގުޑި ބައްދަނީއެވެ. ހުރިހާ އުނދަގުލެއް ރައްޔިތުންނަށެވެ. ހިތިކަމާއި ތަކުލީފު ދަތުރު ވެރިންނަށެވެ. މި ގޮތުގައި ދެމިގެން ދަނީ އެވެ. ތަނުގެ ޙާލަތު ހަމަ ސުމެކެވެ.

  1. މަގޭ ވޯޓު އެއާޕޯޓަށް