ވާހަކަ
ހިތި ތަޖުރިބާ – 02

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އަނެއްކާވެސް އާ ދުވަހަކަށް މަރުޙަބާ ކިޔާލިއެވެ. ކޮންމެ ދުވަހަކީވެސް އާ ދުވަހެކެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުމުގައި ހުރިހާ ދުވަހެއްވެސް ވަނީ އެއްވަރެވެ. ވަކި ޚާއްސަ ކަމެއް ނުވެއެވެ. ކޮންމެ ދުވަހަކު އިރުއަރައި އޮއްސެނީ ފަހަރީގެ ކޮންމެވެސް ޒުވާބަކުންނެވެ. އަހަރެން ގޭގެ މާހައުލުގެ މަތިން ފޫހިވާން ފެށިއެވެ. ގިނަވަގުތު ކޮލެޖްގައި ހޭދަކުރުންވެގެންދިޔައީ ބޭބެގެ ނުރުހުމާއި ކުރިމަތިލާން ޖެހުނު ކަމަކަށެވެ. ނަމަވެސް ބޭބެއަށް ބޭބެގެ ކޮއްކޮގެ ހިތްދަތި ހާލު ވިސްނޭނެ ނަމައެވެ. އެންމެ ފަހަރަކު ބޮލުގައި ލޯބިން ފިރުމާލާ ލޮލުގެ ކަރުނަތައް ފޮހެދޭނެނެމައެވެ. ނަމައަކުން ކެއްކޭނެ ރިހައެއް ނޮއޮންނާނެ ނޫން ހެއްޔެވެ؟

ދުވަސްތައް ފާއިތުވަމުންދެއެވެ. ކްލާހުން އައިސް ކޮޓަރިތެރެ ސާފުކުރުން އާދައަކަށް ވެއްޖެއެވެ. އަހަރެން ކެތްތެރިކަމާއެކު ދުވަސްތައް ގުނަމުން ދިޔައީ މަންމަގެ ހައްޤުގައެވެ. ހިތާހިތާ މިނޫން ދުވަހެއް ދައްކަވާތޯ އެކަލާނގެ ހަޟުރަތުގައި ދުޢާ ކުރަމުން ދިޔައީމެވެ. ނަމަވެސް ކޮންމެ އިންސާނަކަށްވެސް ކެތްކުރެވޭނީ ވަކި މިންވަރަކަށެވެ. ބައެއްފަހަރު ކެތްކުރަން އުދަނގޫވާ ހިސާބަށް ކަންތައް ދާ ފަހަރު މަދުން ނަމަވެސް ދިމާވެއެވެ. އަހަންނަށްވެސްވީ އެހެންނެވެ. ދުވަހަކީ ހުކުރު ދުވަހެވެ. ހުކުރު ދުވަހަކީ ގޭ އެންމެން ޗުއްޓީ ދުވަސްކަމުން އާންމުގޮތެއްގައި އެންމެންވެސް ހޭލާނީ ލަހުންނެވެ. އަހަރެންވެސް 9:30 ހާއިރު ތެދުވެ ސައިބޯނެ އެއްޗެއް ހުރިތޯ ބަލާލީމެވެ. އެއްވެސް އެއްޗެއް ފެންނަން ނެތުމުން ކަޅުސައިތަށްޓެއް ގިރައިގެން ބޯން ފެށީމެވެ. މިއީ ކޮންމެ ދުވަހަކުވެސް އާދައެވެ. ފަހަރިއާއި އޭނާގެ ދަރިން ކޭކާއި ޕެކެޓު ގަނެގެން ބޯލާއިރު އަހަރެންނަށް ލިބެނީ ހެނދުނު ސަޔަށް ހަމައެކަނި ކަޅު ސައިތަށްޓެކެވެ. ސައިބޮއި ނިމިގެން ކެއްކުމާއިގެން މަޝްޢޫލުވެލީމެވެ. ހުރިހާ އެއްޗެއް ކައްކައި ނިމުމުން ގޭތެރެ ސާފުކޮށް ކުނިކަހާ މުޅިގޭތެރޭގައި މޮޕްލައި ނިންމައިލުމަށްފަހު ކޮލެޖްއަށް ދާން ރެޑީވެލުމަށްފަހު އަވަހަށް ކޮލެޖަށް ދިޔައީމެވެ. ގޭތެރެ ސާފުކުރެވުމުން ހިތަށް އުފާވެރިކަމެއް އިޙްސާސްވިއެވެ. ނަމަވެސް ކުޑަ ހިނދުކޮޅަކަށެވެ. އެނބުރި ގެއަށް އައިއިރު އުނދުންމައްޗާއި ގޭތެރޭގެ ކުނިބުނިތައް ފެނުމުން ފުރަތަމަ ފަހަރަށް އަހަރެންގެ ކޮންޓްރޯލުގައި އޮތް އަހަރެންގެ ދޫ އަހަންނަށް ނުކިޔަމަންތެރި ވިއެވެ. ފުރަތަމަ ފަހަރަށް ނަމަވެސް ބާރަށް އެއްޗެއް ބުނެވުނެވެ. ނަމަވެސް އަހަރެންގެ ހުދޫދުގައި އަހަރެން އެވަގުތުވެސް ހިފެހެއްޓީމެވެ. އަމިއްލަ އަތުން ކުރި ބުރަމަސައްކަތް ފެނަށް ގޮސްފައިވާ މަންޒަރަކީ އެއްވެސް މީހަކަށް ބަލަން ފަސޭހަ މަންޒަރަކަށް ނުވާނެއެވެ. އަހަންނަށްވެސްވީ އެހެންނެވެ. އަހަރެން ބުނީމެވެ.

“އަޅެ ހެޔޮނުވާނެ! ކީއްތަވާނީ މިއުނދުން މަތީގައި ސްޕޮންޖު އުގުޅާލާފަ ބެހެއްޓިއްޔާ؟ މިއަދު މިތަނާއި މުޅި ގޭތެރެ ސާފުމިކުރީ” ޖަވާބުގައި ފަހަރިގެ ވިހަގަދަ ހިތްދަތި ބަސްތައް އިވެން ފެށިއެވެ. ” ބުނަން ރަނގަޅު ވާހަކައެއް. މީ މަގޭ ގެ.. މިގޭގައި މަ ކުރަންޖެހޭ ކަންކަމާއި ނުކުރަންޖެހޭ ކަންތައް އެގޭނީ މަށަށް.. މަށަށް ސާފުކުރަން ފެނުނީމަ ސާފުކުރަންޖެހޭ ތަނެއް މަ ސާފުކުރާނަން. މަށަށްވުރެ 10 އަހަރު ކުޑަ ކުއްޖަކު ނުޖެހޭނެ މަށަށް މަކުރަންޖެހޭ ކަންތައް އަންގާލަދޭކަށް. މަކުރިމަތީ މާ ވައްތަރު ޖައްސަންޏާ އެހެރީ ވަން ދޮރު. ނުކުމެގެންދޭ!” މިއީ ކޮންމެ ދުވާލަކާއި ރޭނގަޑެއް އަހަރެން ގޭތެރޭގައި ހޭދަކުރަންޖެހިފައިވާ ބިކަ ހާލެވެ. މިހުރިހާ ދަތިތަކާއި އެކުވެސް އަހަރެން މާލެ ބަދަލުވި ޢަޒުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ހިތްވަރާއެކު މަސައްކަތް ކުރަމުންދިޔައީ އަހަރެންގެ މަންމައާއި ޚުދު އަހަރެންގެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށްޓަކައެވެ. ހަމައެކަނި އެ މަންމަގެ ހައްޤުޤައެވެ. އެ މަންމަ އަހަންނަށްޓަކައި، އަހަރެންގެ ބާއްޖަވެރި ދިރިއުޅުމަށްޓަކައި ދެކެމުން އައި ހުވަފެން ފުޑުފުޑުވާން ނޭދޭތީއެވެ. އެ މަންމަ އަހަރެންގެ އުޖާލާ މުސްތަޤުބަލަށްޓަކައި ރޭގަނޑުގެ އަރާމު ނިދި ނަގާލައި އެވީ މަތިވެރި ޖިހާދާއި ޤުރުބާނީއަށްޓަކައެވެ. ހިތްދަތިވާ ކޮންމެ ދަނޑިވަޅެއްގައި މަންމަ އަބަދުވެސް ބުނާ ވާހަކައިން ހިތްވަރު ލިބިގަންނަމެވެ. މަންމަ ބުނާނެއެވެ. “މަންމަގެ ލޯބިވާ ދަރިފުޅާއެވެ! ހަޔާތުގައި ތަފާތު ކަންތައްތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އެގޮތުން ތިއީވެސް ދުވަހެކެވެ. އުފާތަކަށް ނިމުން އަންނަ ފަދައިން ހިތާމަތަކަށްވެސް ނިމުން އަންނާނެއެވެ. ހިތްވަރުކޮށްލާށެވެ! ދަރިފުޅުގެ ކާމިޔާބީ ލޮލުން ދެކެން މަންމަ މިދުނިޔޭގައި ހުންނާނެ ކަމެއް ނޭނގެއެވެ. އެކަމަކު އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. ދުނިޔޭގައި އުޅުމަކީ މަކަރެކެވެ. ކަންފަތުން އަޑުނޭހުމާއި ލޮލުން ނުފެނުން އެއީ ދުނިޔޭގައި އުޅުމުގެ ތަޅުދަނޑިއެވެ. ދެން މާ ގިނަ ދުވަހެއް ނެތެވެ. އިންޝާ ﷲ ކާމިޔާބު ދެއްވާނެއެވެ.”

މަންމަގެ މިފަދަ ކޮންމެ ނަސޭހަތަކީ އަހަރެންގެ މި ކެހިވެރި ދުނިޔޭގެ އައްޑަނައެވެ. މަންމަ ބުނީ ތެދެކެވެ. އުފާވެރިކަން އަބަދަށް ނޮއޮންނަ ފަދައިން ހިތާމަތަކަށްވެސް ނިމުން އަންނާނެއެވެ. ނުވަތަ އެހިތާމަތާއިއެކުވެސް ތިމާ އުފަލުގައި ބަހައްޓާނެ މީހަކާއި ދިމާވެދާނެއެވެ. އާއެކެވެ! އަހަންނާވެސް ދިމާވިއެވެ. އެއީ އަހަރެންގެ ހަޔާތް ޚަރީފު މޫސުމުން ބަހާރު މޫސުމަށް ގެނެސްދިން ފަރާތެވެ. އަހަރެންގެ އުފަން މަންމަ ފިޔަވައި އަހަރެންގެ ހިތާމަތަކުގައި ބައިވެރިވެ އަހަރެންގެ ކުރިމަތީގައި ކަރުނަ އަޅައި ރުއިތަން އަހަރެން ދެކުނު ހަމައެކަނި އިންސާނާއެވެ. އަހަރެން މަންމަ އަހަންނަށް ދަސްކޮށްދިނީ ކެތްތެރިވާށެވެ. އޭނާ އަހަންނަށް ދަސްކޮށްދިނީ ކެތްތެރިކަމާއެކުހެން ހިތްވަރު އާކުރާށެވެ. ނަތީޖާއަކަށްވީ ގޭތެރެއިން ލިބޭ ހިތްދަތިކަމަކީ އަހަރެންގެ ކާމިޔާބީއަށްޓަކައި އަހަރެން ބަންނަމުން މިދާ ނައު ސަލާމަތުން ބެހެއްޓުމަށްޓަކައި، އަހަރެން ކުރަމުންދާ ޖިހާދެއް ކަމަށް ދެކި، އެކަންތައްތައް ބަލައިގަނެ، އުފަލުގައި އަހަރެން ދުވަސްތައް ހޭދަކުރަން ފެށުމެވެ. އަހަރެން ދުނިޔޭގެ ތެރެއަށް ލޯހުޅުވައިދިނީ އޭނާއެވެ. އަހަންނަށް ބޭބެއެއްގެ ފަރާތުން އުނިވަމުން ދިޔަ ލޯބި ފުރިހަމަކުރަމުންދިޔައީ ހުޝާމެވެ. ހުޝާމްގެ އޯގާތެރި ބަސްތަކާއި ދިމާވާ ކޮންމެ ދަތި ހާލެއްގައި އަހަންނާއެކު އަހަރެންގެ ހިމާޔަތުގައި ހުންނައިރު މިދުނިޔޭގައި އަހަންނަށްވެސް އަޅާލާނޭ އިންސާނަކު ވާކަން އެނގުމުން އުފާވެއެވެ.

މާޒީގެ ކަޅު ސަފްހާތަކުން ހިނދުކޮޅަކަށް ނަމަވެސް ޝައިލާއަށް ބޭރުވެވުނީ ފޯން ވައިބްރޭޓްވާ އަޑަށެވެ. ގުޅަނީ ހުޝާމްއެވެ. ހުޝާމް އާއި ވާހަކަދައްކާލުމަށްފަހު ފޯން ބޭއްވި ޝައިލާގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެވެ. ހުޝާމް ފަދަ އެކުވެރިއެއް ބޭބެއެއްގެ ހައިސިއްޔަތުން ޝައިލާގެ ހަޔާތުގައި ވާކަމީ ޝައިލާ އުފާވާކަމެކެވެ. ގިނައިރު ރޮއިފައި ހުރުމުންނާއި، ވަރުބަލިވެފައިވާވަރުން މަޑުމަޑުން ނިދީގެ ތެރެއަށް ޝައިލާ ޣަރަގުވާން މާ ގިނައިރުތަކެއް ނުނަގައެވެ.

ހުޝާމަށް އަހަރެންގެ ހިތުން ބޭބެއެއްގެ ދަރަޖަ ދެވުނީ ހީވެސް ނުކުރާހާ އަވަހަށެވެ. ވާނީވެސް އެހެންތާއެވެ. ބޭބެއެއްގެ ލޯތްބަށް އެދި 3 އަހަރު ދުވަހު ފެންބޮވައިގެންފައިވާ ކުއްޖަކަށް އެފަދަ ހިމާޔަތެއް ލިބުމުން ދެން ކަންތައްވާނެ ގޮތް އެނގޭނީ އެފަދަ ލޯތްބަކުން މަޙްރޫމްވެފައިވާ ދަރިޔަކަށް އެކަންޏެވެ. ހުޝާމް އަބަދުވެސް އަހަންނަށް ދުނިޔެއަކީ ވަގުތީ ތަނެއްކަމާއި ދުނިޔެ ދޫކޮށް އަހަރުމެން ކޮންމެ މީހަކުވެސް ދާންޖެހޭނެކަން ހަނދާން ކޮށްދެއެވެ. ނަމަވެސް ހިތާމައަކީ ދުނިޔެ ދޫކުރުމުގެ ކުރިން އަހަރެން ހުޝާމާއި ވަކިވާން ޖެހުމެވެ. ހުޝާމް ވެގެންދިޔައީ އަހަރެންގެ ދިރިއުޅުމަށް ކުޑަދުވަސްކޮޅަކަށް އައި ވަގުތީ މެހެމާނަކަށެވެ. ވަކިވާން ޖެހުނު ސަބަބެއް ބުނެދިނުމަށް އަހަރެން އެދުނު ދުވަހު ހުޝާމް ދިން ޖަވާބު އަދިވެސް އިއްޔެވީ ކަމެއްހެން ހަނދާންވެއެވެ. ހުޝާމް ބުންޏެވެ. “ޝައިލާ! ވެއްޓޭ ކޮންމެ ފަހަރަކު ކޮޅަށް ނަގައިދޭނެ މީހަކު އަބަދަކު ނުހުންނާނެ! ގިނަފަހަރު ކޮޅަށް ތެދުވާން ޖެހޭނީ އަމިއްލައަށް. އަހަރެން ޝައިލާއާއިއެކު ވުމަށް ތަޤުދީރުގައި ލިޔެވިފައިވަނީ ޝައިލާގެ ކޯސް ނިމެންދެން ކަމުގައި ހީކޮށްލާ. މިއަދަކީ އަހަރުމެން ވަކިވާން ޖެހޭ ދުވަހަށްވިޔަސް އަހަރުމެން ވަކިވާނީ އުފަލާއެކު. އަހަރެން އަބަދުވެސް ހަނދާން ބަހައްޓާނަން ދުނިޔޭގެ މިޢާލަމުގާ އަހަންނަށްޓަކައި ހެޔޮދުޢާ ކޮށްދޭނެ ކޮއްކޮއެއް ހުންނާނެކަން. އަހަރެންގެ ދުޢާއަކީ އަބަދުވެސް ހެޔޮ ހާލުގައި ޝައިލާވުން. އާމީން!”

ފުންމައިގެން ގޮސް ހޭލެވުނު ޝައިލާއަށް ބާރުބާރަށް ހުޝާމަށް ގޮވާލެވުނެވެ. އޭރު އޭނާވަނީ ދާހިއްލާފޯވެފައެވެ. ފެނުނީ ހުވަފެނެއްކަން އެނގުމުން ހިތާހިތުން ﷲ އަށް ހަމްދު ކުރިއެވެ. އަދި ހުޝާމާއި ވަކިވާންޖެހޭ ދުވަހެއް ނުދައްކަވާތޯ ދުޢާކުރެވުނެވެ. ފަހަރެއްގައިވެސް، ހުވަފެނުގަ ނަމަވެސް ހުޝާމާއި ވަކިން ހަޔާތެއް ވޭތުކުރުމަކީ ޝައިލާއަށް ކުޅަދާނަ ކަމެއް ނޫނެވެ. އެހެނީ މިކެހިވެރި އަމިއްލަ އެދުން ބޮޑު ދުނިޔޭގައި ޝައިލާއަށް އިންސާނެއްގެ ފަރާތުން އެއްވެސް އުފާވެރިކަމެއް ގެނުވައިދޭ ހަމައެކަނި ފަރާތަކީ ހުޝާމެވެ. އަމިއްލަ ދިރިއުޅުމުގައި ދިމާވެފައިވާ ދަތިތަކާއި އެކުވެސް ކެރިގެން ދަތި އުދަނގޫތަކާއި ހަނގުރާމަ ކުރެވެނީ ހަމައެކަނި ހުޝާމްގެ އެހީގައެވެ. ގޭތެރޭގެ މައްސަލަތަކާއި އެކުވެސް ހުޝާމް ޝައިލާއާއި އެކުގައި ވުމަކީ ޝައިލާ އެކަމާ ﷲއަށް ޝުކުރުވެރިވާ ކަމެކެވެ. ބައެއްފަހަރު ޝާއިލާ ހިތަށް އަރައެވެ. ދިރިއުޅުމުގައި މިފަދަ ހިތި ތަޖުރިބާއެއް އުޖާލާ މުސްތަޤްބަލެއް ހޯދުމަށްޓަކައި ކޮށްފައިވާނީ އަހަރެން އެކަނި ބާވައެވެ؟ ދުނިޔެއަކީ ހުވަފެނީ ދުނިޔެއެކޭ މީހުން ބުނެއުޅެއެވެ. ކޯރުގެ އަނެއް ފަރާތުގައި ދުނިޔެއިން ލިބެން އޮތްހައި އުފަލަކަށް އިންތިޒާރުކުރަނީ ކިތައް މީހުން ބާވައެވެ؟ އެހުވަފެނީ ޢާލަމުގައި، އިރުގެ ރަން ދޯދިން ފެންވަރަމުން، އެކި ކުލަކުލައިގެ މާތަކުން ޖަރީވެފައިވާ ބަގީޗާއެއްގެ މެދުގައި، ދެއަތް ވިހުރުވާލައިގެން އެއަށް އެނދެނީ ހަމައެކަނި އަހަރެން ބާވައެވެ؟ ނޫނެކެވެ. ދިރިއުޅުމުގައި އެކި މީހުންނާ ދިމާވާނީ އެކި ކަންތައްތަކާއެވެ. އެކި މީހުން އިމްތިހާން ކުރެވޭނީ އެކި ގޮތްގޮތަށެވެ. ފަހަރެއްގައި ޝައިލާއަށްވުރެ ހާލުގައި އުޅޭ މީހަކުވެސް އުޅެދާނެއެވެ. ހިތްވަރުގަދަ މީހަކީ  ދިރިއުޅުމުގައި ދިމާވާ މިފަދަ ހިތި ތަޖުރިބާތަކުން އިބްރަތް ލިބިގަންނަ މީހުންނެވެ. އުޖާލާ ފާގަތި މުސްތަޤްބަލެއްގެ ފުރަތަމަ ހަރުފަތަކީ މިފަދަ ކޮންމެވެސް ހިތި ތަޖުރިބާއެއްކަން ޔަޤީނެވެ.

-ނިމުނީ-  

  1. This made me
    Cry