ޚަބަރު
ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީ ބޯޅަ މުބާރާތުގެ ޕްރިންޓިންގ ޕާޓްނާރަކަށް ނޯވާޓެކް

މި ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓްގެ ޕްރިންޓިންގ ޕާޓްނަރ އަކަށް ނޯވާޓެކް ހަމަޖައްސައިފިއެވެ.

މިއަދު ތިނަދޫގައި ހުންނަ ނޯވާޓެކްގައި ޕްރިންޓިންގ ޕާޓްނަރ އެއްބަސްވުމުގައި ނޯވާޓެކްގެ ފަރާތުން ސޮއި ކުރެއްވީ ނޯވާޓެކްގެ މެނޭޖާރ މުހައްމަ ވިޝާހުއެވެ. އަދި މުބާރާތްއިންތިޒާމް ކުރާ ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިޔުނިޓީ އެމްޕަވަރމެންޓް (ފޭސް) ގެ ފަރާތުން ސޮއި ކުރެއްވީ އާސިމް ހަބީބެވެ.

ނޯވާޓެކަކީ ހުވަދު އަތޮޅުގައި ފުޅާދާއިރާއެއްގައި ޕްރިންޓިންގ ޚިދުމަތް ދެމުންދާ ވިޔަފާރިއެކެވެ. އެގޮތުން ކެންވަސް ޕްރިންޓިންގ އާއި، ޓީޝާޓް ޕްރިންގް ގެ އިތުރުންޕްރިންޓިންގ އާއި ގުޅޭ ގިނަ ޚިދުމަތްތަކެއް ނޯވާޓެކުން އަންނަނީ ކުޑަ އަގެއްގައި ފޯރު ކޮށްދެމުންނެވެ.

ގދ.ފިޔޯރީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 12 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެގޮތުން، ގދ.ފަރެސްމާތޮޑާ، ގދ.ގައްދޫ، ގދ.ފިޔޯރީ، ގދ.މަޑަވެލި،ގދ.ރަތަފަންދޫ އިން އަންހެން އަދި ފިރިހެން ޓީމެއް ވަނީ ބައިވެރިވެފައެވެ. ގދ.ނަޑެއްލާ އިން ހަމަ ފިރިހެން ޓީމެއް ބައިވެފައިވާއިރު، ގދ.ހޯނޑެއްދޫއިން ވަނީ އަންހެން ޓީމެއްބައިވެރިވެފައެވެ.

ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް  އޮންލައިން މީޑިއާ ޕާރޓަނަރެއްގެ ގޮތުގައި ހުވަދޫ ނިއުސް ހަމަ ޖައްސާފައިވާއިރު، މިމުބާރާތަކީ ރަށު ކައުންސިލް ތަކަށާއިޖަމިއްޔާތަކަށް އަމާޒުކޮށްގެން އަތޮޅު ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ރޫޙް އާލާކުރުމަށާއި، ކުޅިވަރުގެ ޖޯޝާއި ފޯރިއާއި ދުޅަހެޔޮކަން އިތުރު ކުރުމުގެ މަގްސަދުގައި ގދ.އަތޮޅުކައުންސިލުން ބާއްވާ މުބާރާތެކެވެ.

މުބާރާތުގައި އަންހެން ފިރިހެން ދެ ޑިވިޝަން އަށް ކުޅެވޭއިރު، ޗެމްޕިއަން ޓީމް އަށް 20،000 (ވިހިހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި ރަނަރއަޕް އަށް10،000 (ދިހަހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ ހޮވިގެން ދާއިރު އަތޮޅުގެއެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާވެސް ހޮވިގެން ދާނެއެވެ.

މުބާރާތް އިންތިޒާމް ކުރާ ފޭސް ޖަމިއްޔާއިން މައުލޫމާތު ދެއްވާގޮތުގައި ރަށުން ބޭރުން މެޗު ކުޅުމަށް ފިޔޯރީ އަށް ދާ ޓީމު ތަކަށް އެދުވަހުގެ ހުރުމުގެ އިތުރުން ޓީމްތަކަށް ބޭނުންވާއެހެނިހެން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި ޓީމް ތަކުގެ އޮފިޝަލުންގެ ޖާޒީ ފޭސް ޖަމިއްޔާއިން ހިލޭ ފޯރު ކޮށްދޭނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ. މީގެ އިތުރުން ކުޑައަގެއްގައި ބޭނުން ޑިޒައިން އަކަށް ޓީމް ޖާރޒީ ތައްޔާރު ކުރުމުގެ އިތުރުން ޕްރިއޯޑަރަށް ސަޕޯޓަރުންގެ ޖާޒީ ފޯރުކޮށްދޭނެ ކަމަށްވެސް ފޭސް ޖަމިއްޔާއިން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!