ޚަބަރު
 ދަބަހެއް ވަގަށްނެގި މައްސަލައެއްގައި ދެމީހަކު ހޯދަނީ

ރަސްފަންނު ކައިރީގައި ބާއްވާފައި އޮތް ދަބަހެއް ވަގަށް ނެގި މައްސަލައެއްގައި ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ދަބަސް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުން ފެންނަ ވީޑިއޯއެއް އާންމުކޮށް ފުލުހުން ވިދާޅުވީ، އެވީޑިއޯއިން ފެންނަ ދެމީހުންނަކީ މިދިޔަ އޮކްޓޯބަރ 29 ވަނަ ދުވަހުގެ ވަގުތެއްގައި ރަސްފަންނު އައިޖީއެމްއެޗް ފަޅީގައި ބާއްވާފައި އޮތް ދަބަހެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހުން ކަމަށެވެ.

އެގޮތުން ގަލޮޅު ޕޮލިހުން ތަހުގީގު ކުރަމުންދާ މިމައްސަލައިގައި ތުހުމަތު ކުރެވޭ ދެމީހުން، މިހާތަނަށް ކުރެވުނު މަސައްކަތުން ދެނެގަނެވިފައި ނުވާތީ އެދެމީހުން ނުހޯދިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!