މާލޭގެ މަގެއްގެމަތީ މާކަނާއެއް އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެއްޖެއެވެ.
ޓުވިޓާގައި މީހަކު ޕޯސްޓް ކޮށްފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި މާލޭގެ މަގެއްގެ މަތީ މާކަނާއެއް އިންނަ މަންޒަރު ފެނެއެވެ. ގިނަ ބަޔަކު އެމަގުން ދުއްވަމުންދިޔަ އިރުވެސް މާކަނާ މަގުމަތީގައި ހަމަޖެހިލައިގެން އިންނަ މަންޒަރު ފެންނަ ވީޑިއޯއިން ގިނަ ބައެއްގެ ސަމާލުކަން ވަނީ އައިސްފައެވެ.
I love this 😂 pic.twitter.com/5nSpL7Leka
— Refty (@Refty) December 10, 2021
އަދި ވީޑިއޯގެ ވަކި ހިސާބަކުން މާކަނާ އުދުހިގެން ގޮސް މަގުމަތިން ދިޔަ ޕިކަޕެއްގެ މައްޗަށް ޖައްސާލާ މަންޒަރުވެސް ފެނިގެން ދެއެވެ.
10 ޑިސެމްބަރު ގައި މީހަކު ހިއްސާކޮށްފައިވާ އެ ވީޑިއޯގައި، މާކަނާ އެހިސާބަށް އައީ ކިހިނެއް ކަން އެވީޑިއޯ ހިއްސާކުރި ފަރާތުން ބުނެފައި ނުވިޔަސް ކޮންމެއަކަސް މިފަދަ މަންޒަރެއް ފެނިގެން ދިއުމަކީ ޔަގީނުންވެސް ގިނަ ބަޔަކަށް މަޖާ އަދި ގިނަ ބަޔަކު ހިތްހަމަޖެހޭ ކަމަކަށް ވާނެއެވެ.