ރީތި ސިފަޔެއް ލިބުމަކީ، ކޮންމެ އިންސާނެއްގެ ހިތް އެދޭ ކަމެކެވެ. ރީތިވުން ބިނާވެފައިވަނީ އެހެނިހެން ފަރާތްތަކަށެވެ. އަމިއްލަ ނަފްސަކަށް ނޫނެވެ. ރީތިވާގޮތް ދެނެގަތުމަށް ރީތިކަމަކީ ކޮބައިކަން އަހަރަމެން ދެނެގަތުން މުހިންމެވެ.
މަޝްހޫރު ބުނުމެއްގައިވެއެވެ. ރީތިކަން ފޮރުވިފައި ވަނީ ބަލާފަރާތެއްގެ ދެލޮލުގައެވެ. މިބުނުމުގައި ބުނެވިފައިވާގޮތުން، މީހެއްގެ ރީތިކަން ކަނޑައަޅާނީ އެމީހާގެ ސިފަތަކަށް ބަލައި މީހުން ނުވަތަ އެމީހާ ދިރިއުޅޭ މުޖުތަމަޢުއެވެ. ސަބަބަކީ ތަފާތު މުޖުތަމަޢުތަކުން ރީތިކަން އެކި ސިފަތަކާއި އެކި ސްޓޭންޑަޑަށް ބަލައިގެން ކަނޑައެޅޭތީއެވެ.
ރީތިކަން މިނެކިރާގޮތް އެކިމުޖުތަމަޢުގައި ތަފާތުވުމުން ރީތިކަމަށް ކަނޑައަޅާ މިންގަޑުތަކަށް ނުފެތޭ ގިނަފަރާތްތަކަކަށް ތަފާތު ހިންހަމަ ނުޖެހުމާއި، ނުރުހުން ކުރިމަތިލާންޖެހެއެވެ. މީހާގެ އެތެރެފުށުގެ ރީތިކަން މުހިންމުވަނީ މިސަބަބުތަކަށްޓަކައެވެ. ނަމަވެސް އެތެރެފުށުގެ ރީތިކަމޭ ބުނެވޭ ބަހުގެ މާނަޔަކީ ކޮބައިބާވައެވެ؟ އެތެރެފުށުގެ ރީތިކަމުގެ ސިފަތަކުގެ ވާހަކަތަކާއި ގުޅުވައިގެން ގިނަމީހުން ތަފާތު ވާހަކަތައް ދައްކާއިރު، ގިނަބަޔަކަށް އެތެރެފުށުގެ ރީތިކަން އިނގޭ ކަމާމެދު ސުވާލު އުފެދެއެވެ. ދުޅަހެޔޮ ދިރިއުޅުމަކަށް އެތެރެފުށުގެ ރީތިކަން މުހިންމުވާ ސަބަބު ގިނަފަރާތަކަށް ނުވިސްނެއެވެ. ނަތީއްޖާއަކަށް ވަނީ، ރީތިވުމަށް ކުރެވޭ މަސައްކަތުން އެއްވެސް ނަތީއްޖާއެއް ނުފެނުމެވެ.
އެތެރެފުށުގެ ރީތިކަން މައިގަނޑު 2 ބަޔަކަށް ބެހިގެން ވެއެވެ. ބޭރުފުށް އަދި އެތެރެފުށުގެ ރީތިކަން މިދެބަޔެވެ. ބޭރުފުށުގެ ރީތިކަން ބިނާވަނީ ބޭރުފުށުގެ ދުޅަހެޔޮކަން އެތެރެފުށުން ކުރިއަރަމުން އަންނަ މިންވަރަކަށެވެ. އޭގައި ހިމެނިފައިވަނީ ބޭރުފުށަށް ނުފެންނަ ހަށިގަނޑުގެ ތަފާތު ނިޒާމުތަކަށް އަންނަ ކުރިއެރުމެވެ. އެތެރެ ފުށުގެ ރީތިކަމުގައި އެކުލެވިފައިވަނީ، ތަފާތު ރަނގަޅު ސިފަތައް އަދި ވިސްނުމާއި ފިކުރު ސާފުތާޙިރު ކަމެވެ. ހަޤީޤީ ރިތިކަން ގުޅިފައިވަނީ އެމީހެއްގެ އެތެރެފުށުގެ ރީތިކަމާއެވެ. އެތެރެފުށުގެ އަދި ބޭރުފުށުގެ ރީތިކަން އެއްވަރަކަށް ގުޅުމުން ދުޅަހެޔޮ ދިރިއުޅުމެއް ލިބުމުގެ އިތުރުން ތަފާތު ކާމިޔާބީ ޙާޞިލް ކުރެވޭނެއެވެ.
މިލިޔުމުގައި ހިމަނާލެވިފައިވާ މައުލޫމާތުގައި، ބޭރުފުށުގެ ރީތިކަމަށްވުރެ އެތެރެ ފުށުގެ ރީތިކަން ހާޞިލް ކުރެވިއްޖެ ނަމަ ލިބިގެންދާނެ ތަފާތު ފައިދާ އަދި މުހިންމުކަން ހިމާނާލެވިފައި ވާނެއެވެ.
އެތެރެފުށުގެ ރީތިކަމުން ބޭރުފުށުގެ ރީތިކަން އިތުރުކުރުވާ
ތަފާތު ކުލަޔާއި މޭކަޕް އުނގުޅައިގެން ރީތިކުރުމަށް އަހަރަމެންގެ ތެރެއިން ގިނަ އިންސާނުން އެންމެ ބޮޑު އިސްކަމެއް އަހަރަމެންގެ ބޭރުފުށުން ފެންނަން ހުންނަ ޖިސްމާނީ ސޫރައެވެ. އަދި މިފަދަ ގިނަ ފަރާތްތަކުގެ އެތެރެފުށުގެ ސޫރަ ބޮޑުތަނުން ހުތުރުވެފައި، އެތެރެ ފުށުގައި ވަނީ ހުސްކަމެވެ. އަދި ގިނަ ބަޔަކަށް އެތެރެފުށުގެ ރީތިކން އިތުރު ކުރުމަސް މާބޮޑު މަސައްކަތެއް ނުކުރެވެއެވެ.
އެތެރެފުށުގެ ރީތިކަމަކަށް އެކްސްޕަޔަރީ ޑޭޓެއް ނުވަތަ މުއްދަތެއް ނެތް
އަހަރަމެންގެ ބޭރުފުށަށް ފެންނަން ހުންނަ ޖިސްމާނީ ސޫރަޔަކީ، އުމުރާއި އެކު ބަދަލުވެ ހުތުރުވާ އެއްޗެކެވެ. ނަމަވެސް އެތެރެފުށުގެ ރީތިކަމަކީ، ވަގުތާއެކު، އިތުރަށް ފުރިހަމަވެ، އޭގެ ރިތިކަން އިތުރުވާ އެއްޗެކެވެ. އަދި މިރީތިކަމަށް މުއްދަތެއް ކަނޑައެޅިފައި ނުވެއެވެ.
އެތެރެފުށުގެ ރީތިކަމަކީ ކޮންމެ ގުޅުމެއް ގުޅުވައިދޭ ބާރެއް
އިންސާނާގެ އެތެރެފުށުގެ ރީތިކަމަކީ ހުރިހާ ގުޅުމެއް ކާމިޔާބުކަމާއެކު ގުޅުވައިދީ ހަރުދަނާ ކޮށްދޭ ބާރެކެވެ. ނަމަވެސް މިއާ ޚިލާފަށް ބޭރުފުށުގެ ރީތިކަމަށް އިސްކަންދީގެން ގުޅޭ ގުޅުންތަކީ، ވަގުތާއި ހާލަތާއި ގުޅުވައިގެން ބަދަލުވާ، އަދި އޭގެ ބާރު ދަށްވަމުންދާ އެއްޗެކެވެ.
އެތެރެފުށުގެ ރީތިކަމަކީ ހަމަޖެހުން
އެތެރެފުށުގެ ރީތިކަމުން އިންސާނާއަށް ހިންހަމަޖެހުން ގެނުވައެވެ. މިފަދަ ސިފަތައް ލިބިފައިވާ ފަރާތްތައް ދުނިޔޭގައި ގިނަވެއްޖެ ނަމަ، ދުނިޔެއިން ހަމަނުޖެހުމާއި ތަޅާފޮޅުން ނެތިގެން ހިގައިދާނެއެވެ. މިއީ އެތެރެފުށުގެ ރީތިކަން ކޮންމެ އިންސާނަކަށް މުހިންމުވާ އެއް ސަބަބެވެ.
އެތެރެފުށުގެ ރީތިކަމާއި އިޙްސާސްތަކާއި ގުޅުމެއްވޭ
އެތެރެފުށުގެ ރީތިކަން ލިބިގެންވާ ފަރާތްތަކާއި، އެމީހުންގެ އިޙްސާސްތަކާއި ވަރަށްބޮޑު ގުޅުމެއް އެކުލެވެއެވެ. ނަތީއްޖާއަކަށް ވެގެންދަނީ، އެތެރެފުށް ރީތި ފަރާތްތައް، ކަންކަމުގައި ފުންކޮށް ވިސްނުމާއެކު، ކަންކަމުގައި ގޮތް ނިންމުމުގައި ކުޅަދާނައެވެ.
އެތެރެފުށުގެ ރީތީކަމަކީ މަގު ދައްކައިދޭ އެހީތެރިކަމެއް
އިންސާނާގެ އެތެރެފުށުގެ ރީތި ސިފަތައް، ރަނގަޅާއި ނުބައި ވަކިކޮށްދޭ އެހީތެރިކަމެއް ކަމުގައި ވެގެންދެއެވެ. އެތެރެފުށުގެ ރީތިކަން އިތުރުވާ މިންވަރަކަށް ކަންކަމުގައި ހިފަހައްޓަންޖެހޭ ރަނގަޅު މިންގަނޑުތަކާއި ނުބައި ނުވަތަ ގޯސް މިންގަނޑުތައް ވަކިކޮށް ދަމަހައްޓަން އެނގިގެންދެއެވެ.
އެތެރެފުށުގެ ރީތިކަން އިތުރުކުރުމަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހޭ
ބޭރުފުށުގެ ރީތިކަން އިތުރުކުރުމަށް އިންސާނުން، ތަފާތު ރީތިވާ ސާމާނު ގަތުމަށް ނުވަތަ ޕްލާސްޓިކް ސާޖަރީތަކަށް ގުނާ އަދަދުނުކުރެވޭހާ ފައިސާ ޚަރަދުކުރެއެވެ. މިއީ ގިނަބައެއްގެ ދިރިއުޅުމުގެ އާމްދަނީ އެއްކޮށް ހުސްކުރުވާ ޚަރަދަކަށް ވެފައި ވެއެވެ. ނަމަވެސް އެތެރެފުށުގެ ރީތިކަން އިތުރުކުރުމަށް ބައި ލޯލާރިއެއްވެސް ޚަރަދުކުރަން ނުޖެހެއެވެ. އެތެރެފުށުގެ ރީތިކަން އިތުރުކުރުމަށް މައިގަނޑުގޮތެއްގައި ބޭނުންވަނީ، ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ކުދި ބަދަލުތަކަކާއި، ގޭގައި ސަމާލުކަން ދޭނެ ބައެއް ކުދި ކަންތައްތަކަކާއި އަދި ފަރުދުންގެ ވިސްނުމާއި ފިކުރު ހަމަމަގަށް އެޅުވުމެވެ.
އެތެރެފުށުގެ ރީތިކަމުން އިތުބާރު ގެނެސްދޭ
އެތެރެފުށުގެ ރީތިކަން ގެނެސްދޭ އެންމެ މުހިންމު އެއްކަމަކީ ތަފާތު މައްސަލަތަކާއި އަދި ދުނިޔެއާއި ކުރިމަތިލެވޭނެ ކަމުގެ އިތުބާރާއި ޔަޤީންކަމެވެ. މިއީ މުޖުތަމަޢުތަކުން ރީތިކަމަށް ކަނޑައަޅާ މިންގަޑުތަކަށްވުރެ މަތީ ސިފައެކެވެ.
އެތެރެފުށުގެ ރީތިކަމުގައި އެކުލޭ އެއްސިފަ ކަމުގައި މީހުންނަށް މިނެނުކިރުން ހިމެނެއެވެ. ބޭރުފުށުގެ ރީތިކަމަކީ ފަސޭހައިން މިނެކިރޭ އަދި ރީތިވުމަށް ބޭނުންކުރާ ތަފާތު ބާވަތްތައް ފަސޭހައިން ދެނެގަނެވިދާނެ އެއްޗެކެވެ. މިއާ ޚިލާފަށް އެތެރެފުށުގެ ރީތިކަމަކީ އެއަށް އެހެން މީހުންގެ ތަޢުރީފް އަބަދުމެ ލިބިގެންދާ އެއްޗެކެވެ.
އެހެންމީހުންގެ ޚިޔާލާއި، ދެކޭގޮތް އެއްފަރާތުގައި ބަހައްޓާފައި، އެތެރެފުށުގެ ރީތިކަން އިތުރުކުރުމުގެ މުހިންމުކަމަށް ބަލާއިރު، އެތެރެފުށުގެ ރީތިކަން އިތުރުވާ މިންވަރަކަށް އަމިއްލަޔަށް އަމިއްލަ ނަފުސުގެ މުހިންމުކަން އެނގިގެން ދާނެއެވެ. އަދި ހަށިގަނޑާއި ނަފްސަށް ހަމެޖެހުން ލިބުމާއިއެކު، ހަށިގަނޑުގެ ތަފާތު ނިޒާމްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރުމަށް އެޅޭ ބާރަކަށް އެތެރެފުށުގެ ރީތިކަން ވެގެންދެއެވެ.
ކޮންމެ މީހަކުވެސް އެމީހެއްގެ އެތެރެފުށުގެ ރީތިކަން ދެމެހެއްޓުމަށް، ދިރިއުޅުމާއި ގުޅުންހުރި މުހިންމުކަންކަން ނިންމުމުގައި، އެހެން މީހުންގެ ޚިޔާލާއި ފިކުރާއި، އަމިއްލަ ވިސްނުމާއި ފިކުރު އަޅާކިޔައި ހަމަހަމަކޮށް، ކަންކަމުގައި އަމިއްލަޔަށް ގޮތް ނިންމުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އެހެން މީހެއްގެ ޚިޔާލާއި ފިކުރު މާބޮޑަށް ތިބާގެ ދިރިއުޅުމަށް ގެނައުމަކީ، އެތެރެފުށުގެ ރީތިކަން ދެމެހެއްޓުމަށް ކުރިމަތިވެދާނެ ގެއްލުމެކެވެ.
އަމިއްލަ ނަފުސުގެ އެތެރެފުށުގެ ރީތިކަން ދަމަހައްޓަން މަސައްކަތް ކުރާ މީހާއަށް ތަފާތު ސިއްޙީ ފައިދާތަކެއް ލިބިގެން ދިޔުމުގެ އިތުރުން، ދިރިއުޅުމުގައި ކާމިޔާބު، މީހުން ބަލައިގަންނަ މީހަކަށް އެމީހާ ވެގެން ދާނެއެވެ. ބޭރުފުށުގެ ރީތިކަން މީހުންނަށް ދެއްކުމަށް އިސްކަންދިނުމަށްވުރެ، މީހާގެ އެތެރެފުށުގެ ރީތިކަން އިތުރުކޮށް ދަމަހައްޓަން މަސައްކަތްކުރާ ފަރާތަކަށް އަމިއްލަޔަށްވުން މާފައިދާ ބޮޑެވެ.
މީހާގެ ބޭރުފުށުގެ ރިތި ސިފަޔާއި އެއްވަރަށް އެތެރޭގެ ރީތިކަން މީހުންނަށް ދައްކުވައިދޭން ޖެހެއެވެ. އެތެރެފުށުގެ ރީތިކަން ނުވަތަ ޝަޚުސިއްޔަތުގައި އުނިސިފަތަކެއް ހުންނަ ފަރާތަކަށް، ކިތަންމެ ރީތި ބުރަ ސޫރައެއް ލިބިފައި ވީނަމަވެސް، އެރީތި ކަމަކީ އަގެއް ނެތް އެއްޗެކެވެ.