ޚަބަރު
ބީ.އެމް.އެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ތިނަދޫގައި އިސްރަށްވެހިންނަށް ހާއްސަ ޕާކެއް ޤާއިމުކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)އިން “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު”ގެ ދަށުން ގދ.ތިނަދޫގައި އިސްރަށްވެހިންނަށް ހާއްސަ ޕާކެއް ޤާއިމުކުރަން ނިންމައިފިއެވެ.

މިއީ އަމިއްލަ ފަރުދަކު އިސްނަގައިގެން ބީ.އެމް.އެލް ކޮމިއުނިޓީ ފަންޑުގެ އެހީގެ ދަށުން ތިނަދޫގައި ޕްރޮޖެކްޓެއް ހިންގޭ ފުރަތަމަ ފަހަރެވެ.

މިޕާކަކީ ބީ.އެމް.އެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ގދ.ތިނަދޫ / ގަސްކަރަ އަމީޒާ އަފީފްގެ ނަމުގައި ހުށަހަޅާފައިވާ ޕްރޮޕޯސަލްގެ ދަށުން ހަދަން ނިންމާފައިވާ ޕާކެކެވެ.

މިޕްރޮޖެކްޓުގައި އަމީޒާގެ އިތުރުން ގދ.ތިނަދޫ ފެހިކޮކާ، ނަސްރުﷲ އަފީފް އާއި ގދ.ތިނަދޫ ޒަމާން، އަބްދުﷲ ސޯދިޤު އަދި ގދ.ތިނަދޫ ސޯސަންގެ، އަހުމަދު އަޝްރަފް ވެސް ޕްރޮޖެކްޓްގެ ބޯޑުގައި މަސައްކަތް ކުރައްވާ ކަމަށް އަމީޒާ ވަނީ މައުލޫމާތު ދެއްވާފައެވެ.

ބީ.އެމް.އެލް ކޮމިއުނިޓީ ފަންޑުގެ މިއަހަރުގެ ހަތަރުވަނަ ކުއާޓާގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން ތިނަދޫގައި އިސްރަށްވެހިންނަށް ހާއްސަ ޕާކެއް ތައްޔާރުކުރުމުގެ ޕްރޮޕޯސަލް މިވަނީ ހޮވާލެވިފައެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން އަމީޒާ ބުނެފައިވަނީ އުމުރުން ދުވަސްވީ މީހުން ކޮމިއުނިޓީތެރެޔަށް ނެރެ އެމީހުންގެ ހިތްހަމަޖެހުމަށް އަބަދުވެސް މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި މިޕްރޮޕޯސަލަކީ ވަރަށް ގިނަ ދުުވަހު ކޮށްފައިވާ މަސައްކަތެއްގެ ފޮނި ނަތީޖާ ކަމަށެވެ.

ފޮޓޯ: އަމީޒާ އަފީފް

މިފަދަ ޕާކެއް ރަށުގައި ތަރައްޤީވެގެން ދިޔުމުން ރަށުގައި ތިބި އިސް ރަށްވެހިން ކޮމިއުނިޓީތެރެޔަށް ނުކުމެ އެމީހުންގެ ހިތުގެ އުދާސްތައް ފިލައި ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށާއި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެމީހުންނަށް ދުޅަހެޔޮކަން ލިބިގެންދާނެ ކަމަށް އަމީޒާ ބުނެފައިވެއެވެ.

އަމީޒާ ބުނާގޮތުގައި ޕާކު ހެދުުމަށް ކައުންސިލުން ބިމެއް ދިނުމުން ޕާކުގެ އަމަލީ މަސައްކަތް ފަށާތާ 3 މަސްތެރޭ ޕާކު ނިންމާލެވޭނެއެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ކަސްރަތު ޕްރޮގްރާމްތަކާއި، ލާފިންގ ސެޝަންތަކުގެ އިތުރުން ޒުވާނުންނާއި ގުޅިގެން ކޮމިިއުނިޓީއާ އެމީހުންނާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް އެމީހުންނާއެކު ޕާކުގައި ވަގުތު ހޭދަކުރުމަށް ނިންމާފައިވާކަމަށް މައުލޫމާތު ދިނެވެ. މީގެއިތުރުން ހާއްސައެހީއަށް ބޭނުންވާ ކުދިންނަށްވެސް މިޕާކުގެ ބޭނުން ވަރަށް ފުރިހަމަ ގޮތުގައި ހިފިގެންދާނެ ކަމަށް ބުނެފައިވެއެވެ.

އަމީޒާ ފާހަގަކުރި ގޮތުގައި ރަށުގެ ކައުންސިލާއި ގުޅިގެން އިސްރަށްވެހިންނަށް ހާއްސަކޮށް ކްލަބެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މިފަދަ ކްލަބެއް ހުޅުވުމުގެ މައިގަނޑު މަޤްސަދަކީ ދާއިމީ ގޮތެއްގައި އިސްރަށްވެހިންނަށް ހާއްސަކޮށް ގިނަ ހަރަކާތްތަކެއް ހިންގުުމެވެ. އަދި އެމީހުންގެ ސިއްޚަތާއި ހިތްހަމަޖެހުމަށްޓަކައި މަސައްކަތް ކުރުމެވެ.

އުމުރުން ދުވަސްވީ މީހުންގެ ތެރެއިން %10 މީހުންވެސް މުޖުތަމައުތެރެޔަށް ނުކުމެ ހަރަކާތްތެރިނުވާ ކަމަށް އަމިޒާ ފާހަގަކުރިއެވެ. އެހެންކަމުން މިފަދަ ޕާކެއް ރަށުގައި ޤާއިމުކުރުުމުން އެމީހުން ކޮންމެ ދުވަހަކު ޕާކަށް ގޮސް ގިނަ މީހުންނާއި ބައްދަލުވެ ގުޅުން ބަދަހިވެ އެމީހުންނަށް ހިތްހަމަޖެހުން ލިބިގެންދާއެވެ.

އަމީޒާ ބޭނުންވީ އުމުރުން ދުވަސްވީ މީހުންގެ ހިތްހަމަޖެހުމަށްޓައި ދާއިމީގޮތެއްގައި ދެމެހެއްޓެނިވި މަސައްކަތެއް ކުރުމަށެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށް ކްލަބެއް ހުޅުވުމާއި ރަށުގައި ޕާކެއް ހެދުމުގެ ޚިޔާލު އައީ ކަމަށް އަމީޒާ ބުންޏެވެ.

މިޕްރޮޕޯސަލް ހުށަހެޅިއިރުވެސް ކާމިޔާބުކުރެވޭނެ ކަމުގެ އުއްމީދު އޮތް ކަމަށް ބުނަމުން އަމީ ބުނެފައިވަނީ މިއީ ވަރަށް ގިނަ ދުވަހުގެ މަތިން ޕްލޭންކޮށް ވަރުގަދަ ކޮންސެޕްޓެއްގެ މައްޗަށް ޑިޒައިންކޮށް ތައްޔާރު ކުރެވިފައިވާ ޕްރޮޕޯސަލެއް ކަމަށެވެ.

ބީ.އެމް.އެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ހުވަދުއަތޮޅުގައި ހިންގާފައިވާ ޕްރޮޖެކްޓުތަކަށް ބަލާލާއިރު ހޯޑެއްދޫ ސްޕޯޓްސްއިން އިސްނަގައިގެން ގދ.ހޯނޑެއްދޫގައި 85 ފޫޓޫގެ ދިގު ވޯކްވޭއަކާއި ބާބަކިއު ހެދޭގޮތަށް ނޭޗާރ ޕާކެއް ހަދާފައިވާއިރު، ގދ.ނަޑެއްލާ ގޮނާނިގިލި ކުޅީ ސަރަހައްދުގައި ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ނިޑުސް)ގެ ފަރާތުން އީކޯ ޕާކެއް ހެދުމުގެ އިތުރުން ގދ.ވާދޫގައި ސްކޭޓް ޕާކެއް ވަނީ ޤާއިމުކޮށްފައެވެ. އަދި މިނޫނަސް ހުވަދު އަތޮޅުގެ ގިނަ ރަށްތަކުގައި ބީ.އެމް.އެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ވަނީ ގިނަ ޕްރޮޖެކްޓްސްތައް ހިންގާފައެވެ. އެހެންނަމަވެސް މިއީ ތިނަދޫގައި ހިންގާ ޕްރޮޖެކްޓަކަށް ބީ.އެމް.އެލް ކޮމިއުނިޓީ ފަންޑުގެ އެހީ ލިބުނު ފުރަތަމަ ފަހަރެވެ.

  1. ގުޑް ޖޮބްް
    ވީއާރ ރެޑީ ޓު ގޯ