އެއްގަމު އުޅަދުގެ ފީއިން އެކަނި ދައުލަތަށް 102 މިލިޔަން ރުފިޔާ މިއަހަރުގެ މިހާތަނަށް ލިބިއްޖެކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މީރާއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާލާއިރު މިދިޔަ އަހަރު އެއްގަމު ދުއްވާ އުޅަނދުފަހަރުން ދައުލަތަށް 89 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު މިއަރު މިވަނީ 102 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އަދި ކަނޑުގައި ދުއްވާ އުޅަނދުތަކުގެ ފީއިން 23 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔައަހަރުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު ކަނޑު އުޅަނދުފަހަރުތަކުން 21 މިލިޔަން ރުފިޔާގެ އާމްދަނީއެއް ދައުލަތުގެ ބަޖެޓަށް ލިބިގެންދިޔައެވެ.
ފާއިތުވީ އަހަރާ އަޅާބަލާއިރު މިއަހަރު އުޅަނދުފަހަރުތަކުން ލިބުނު އާމްދަނީ މިވަނީ އިތުރުވެފައެވެ.
ކޮވިޑް-19ގެ ނުރައްކާތެރި ހާލަތުގައި އެއޮތޯރިޓީއަށް ދައްކަން ޖެހޭ ފީތައް އޮންލައިންކޮށް ދެއްކުމުގެ ޚިދުމަތް މީރާއިން ވަނީ ފޯރުކޮށްދީފައެވެ. އަދި ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.