ޚަބަރު
އެމް.ޑީ.ޕީ އެކްޓިވިސްޓަކު ވަޒީފާއިން ވަކިކޮށްފި

ށ.ނޫމަރާ ސިއްޚީ މަރުކަޒުގައި ވަޒީފާ އަދާކުރަމުންދާ އެމް.ޑީ.ޕީ އެކްޓިވިސްޓަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަށް ޤާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނޫމަރާ ސިއްހީ މަރުކަޒު ހިންގުމުގެ އެންމެ އިސްވެރިޔާގެ މަގާމަށް އައްޔަން ކުރެއްވި އެމްޑީޕީގެ އެކްޓިވިސްޓް އަހްމަދު އާދިލްއެވެ.

އާދިލް ވަޒީފާއިން ވަކިކުރިކަން އަންގާ ރައީސް އޮފީހުން އޭނައަށް ސިޓީއެއް ފޮނުވާފައިވަނީ މިމަހު 08 ވަނަ ދުވަހުގައެވެ.

ވަޒީފާއިން ވަކިކުރުމާއި ގުޅިގެން އާދިލް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވަޒީފާއިން ވަކިކުރިނަމަވެސް އަދިވެސް ހުންނާނީ އެމް.ޑީ.ޕީއާއެކު ކަމަށާއި އެނބުރި އަންނާނީ އެޔަށްވުރެ ވަރުގަދަކޮށް ކަމަށެވެ.

ފާއިތުވީ މަހެއްހާ ދުވަސްތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވަނީ އެމް.ޑީޕީގެ ގިނަ އެކްޓިވިސްޓުންނަށް ވަޒީފާ ދީފައެވެ. އެގޮތުން އެމް.ޑީ.ޕީ ޓިކެޓުގައި ކައުންސިލަށް ވާދަކޮށް އިންތިޚާބް ނާކާމިޔާބުވީ ބައެއް މީހުން ވަނީ ސިޔާސީ މަޤާމުތަކަށް އައްޔަންކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!