ޚަބަރު
ހުޅުމާލޭ ރަޖިސްޓްރީ ބާތިލްކުރި ނިންމުމަށް އަމަލުނުކުރަން އެލްޖީއޭއިން އަންގައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ރަޖިސްޓްރީ ކޮށްދީފައިވާ ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާތިލު ކުރަން މާލެސިޓީ ކައުންސިލުން ނުނިންމޭނެ ކަމަށް ކައުންސިލް ތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު އަންގައިފިއެވެ.

އެލްޖީއޭގެ ބޯޑުން އެމައްސަލައާ ގުޅިގެން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި ނިންމާފައިވަނީ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ރަޖިސްޓްރީ ކެންސަލް ކުރުމަކީ މާލެ ސިޓީ ކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށެވެ.

މިއަދު އެލްޖީއޭގެ ބޯޑުގެ ބައްދަލުވުމުގައި، ބޯޑުގައި ހިމެނިވަޑައިގަންނަވާ ނުވަ މެންބަރުން ބައިވެރިވެވަޑައިންފައިވެއެވެ. އަދި މިބައްދަލުވުމުގައި، އެނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ނޫން ކަމަށް އެލްޖީއޭގެ ސީއީސޯ އަފްޝަން ލަތީފްއާ، ކ އަތޮޅު ކައުންސިލްގެ ރައީސް (ޕީޕީއެމް) މުހައްމަދު ނިމާލްގެ އިތުރުން ގުރައިދޫ ދާއިރާގެ ޕީޕީއެމް ކައުންސިލަރު ހުސައިން ޔާމީން މުހައްމަދު ވަނީ ވޯޓު ދެއްވާފައެވެ. އަފްޝަން ވޯޓު ދެއްވާފައި ނުވަނީ އެމައްސަލައާ ގުޅިގެން އިންކުއަރީއެއް ހަދަން ހުށަހެޅުއްވުމުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މާލެ ސިޓީ ކައުންސިލުން ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާތިލް ކުރަން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ފަސް މެންބަރުން ވޯޓު ދެއްވި އިރު، މައްސަލަ ހިނގާފައިވާ ގޮތް ބެލުމަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ޕީޕީއެމް ދެމެންބަރުން ވެސް ހިމެނެއެވެ.

ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގެ ރަޖިސްޓްރީ ބާތިލްކޮށްފައިވާ ކަން އަންގައި މާލެ ސިޓީ ކައުންސިލުން އެޗްޑީސީ އަށް ސިޓީއަކުން އެންގި މައްސަލަ އެ ކުންފުނިން މިހާރު ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އެޗްޑީސީން ސިވިލް ކޯޓުގައި އެދިފައި ވަނީ މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އަދި އެ ނިންމުން ބާތިލްކޮށް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް މާލެ ސިޓީ ކައުންސިލަށް އެންގުމަށް ވެސް އެޗްޑީސީން އެދިފައިވެއެވެ.

މި އަހަރު އަމަލުކުރަން ފެށި ލާމަރުކަޒީ ގާނޫނުގެ ކުރިން، އާންމު ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހާއި ވަސީލަތްތަކާއި ބިންތަކާއި ނުއުފުލޭ ހަރު މުދަލާއި ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެން ވަނީ އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަށް ކަމަށް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!