ޚަބަރު
ތިނަދޫ ބާބާކިއު އޭރިއާގެ މަސައްކަތް ނުފެށިގެން އުޅެނީ ބިމެއް ނުލިބިގެން – ޓޭޑް

ތިނަދޫގައި ތަރައްގީކުރަން ނިންމާފައިވާ ބާބަކިއު އޭރިއާގެ މަސައްކަތް ނުފެށިގެން އުޅެނީ އެތަން ގާއިމު ކުރާނެ ބިލެއް ކައުންސިލުން ހަމަޖައްސައި ނުދީގެން ކަމަށް، ބާބަކިއު އޭރިއާ ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގަން ޔޫތު މިނިސްޓްރީއިން ހަވާލުކޮށްފައިވާ ޓޭޑް ޖަމްއިއްޔާއިން ބުނެފިއެވެ.

ތިނަދޫ އެސޯސިއޭޝަން ފޯރ ޔޫތު ޑިވެލޮޕްމަންޓް އެންޑް އެންޕަވަރމެންޓް ،(ޓޭޑް) ގެ ނައިބު ރައީސް އަހުމަދު ޝިޔާޛު ނައީމް ވިދާޅުވީ ތިނަދޫގައި އެ ޖަމްޢިއްޔާ އިން ބާބަކިއު އޭރިއާ ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ލިބޭތޯ ކައުންސިލާއި އެކު ގިނަ މަޝްވަރާ ތައް ވެވިފައިވާ ކަމަށާއި އޭގެ އިތުރުން ޔޫތު މިނިސްޓްރީ އާއި އެކު ވެވިފައިވާ އެގްރީމެންޓް ވެސް ދީފައިވާ ކަމަށެވެ.

އަދި ބާބާކިއު އޭރިއާ ތަރައްގީ ކުރުމަށް އެ ޖަމްޢިއްޔާ އިން މިނިސްޓްރީ އަށް ހުށަހެޅި ޕްރޮޕޯސަލްގައި، ހިމަނާފައިވާ ބިމުގެ ބަދަލުގައި ޖަމްޢިއްޔާއަށް ދޭން އެހެން ބިމެއްވެސް ތިނަދޫ ކައުންސިލުން ފާސް ކޮށް އެމްއޯޔޫ އެއް ވެސް ތައްޔާރުކުރި ކަމަށާއި ނަމަވެސް މިހާރު ކައުންސިލުން ބުނަމުން ދަނީ މިނިސްޓްރީ އަށް ހުށަހެޅި ޕްރޮޕޯސަލް ދޭން ކަމަށާއި އެކަން ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށްވެސް ޝިޔާޒް ވިދާޅުވިއެވެ.

ޓޭޑް ޖަމްއިއްޔާއިން ތިނަދޫގައި ތަރައްގީކުރުމަށް ނިންމާފައިވާ ބާބަކިއު އޭރިއާގެ ކުރެހުމެއް

މިކަމާ ގުޅިގެން ހުވަދޫ ނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ ޢަލީ ވިދާޅުވީ، ޓޭޑުން ތިނަދޫގައި ބާބާކިއު އޭރިއާއެއް ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހަމަޖައްސާ އެމްއޯޔޫ ގައި ސޮއި ނުކުރެވިގެން އުޅެނީ އެ ޖަމްޢިއްޔާއިން އެ ބިމުގައި ކުރަން ބޭނުންވާ ކަންކަމާ އެކަން ކުރުމަށް ރާވައިފައިވާ ގޮތުގެ ޕްރޮޕޯސަލް ނުލިބިގެން ކަމަށާއި އެ ލިޔުން ނުލިބި ބިމެއް ޙަވާލު ނުކުރެވޭނެ ކަމަށެވެ.

ޓޭޑްގެ ނައިބު ރައީސް ޝިޔާޛު ވިދާޅުވީ، ކައުންސިލުން ބާބަކިއު އޭރިއާ ތަރައްގީ ކުރުމަށް ބިމެއް ނުދިން ކަމަށް ވިޔަސް ކައުންސިލުން އެދޭ ގޮތަށް ޖަމްއިއްޔާއިން އެކަމަށް ތައްޔާރުކޮށްފައިވާ ޕްރޮޕޯސަލް ކައުންސިލާ ހަވާލު ކުރުމަކީ ނުކުރެވޭނެ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ޖަމްޢިއްޔާއަށް ލިބިފައިވާ ބަޖެޓު އަނބުރާ ދޭން ޖެހުނަސް އެގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ.

“ކައުންސިލުން ބާބަކިއު އޭރިއާ ތަރައްގީ ކުރުމަށް ބިމެއް ނުދީ ހިފަހައްޓައިގެން އުޅޭތާ މިހާރު ގާތްގަނޑަކަށް 4 ވަރަކަށް މަސް ވެގެން މިދަނީ. ބާކީ ދެން އޮތީ މަދު ދުވަސްކޮޅެއް. ދީފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނުކުރެވިއްޖެ ނަމަ އެކަމަށް ލިބިފައިވާ ބަޖެޓު އަނބުރާ ދޭން ޖެހޭނެ.” ޝިޔާޛު ވިދާޅުވިއެވެ.

ޓޭޑް ޖަމްއިއްޔާއިން ބުނަނީ، އެ ޖަމްޢިއްޔާއިން ތިނަދޫގައި ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންގެންދާ ބާބަކިއު އޭރިއާ ގާއިމް ކުރުމުގެ މައިގަނޑު މަޤްސަދަކީ ތިނަދޫގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއްގައި ރަހްމަތްތެރިންނާ ބައްދަލުކޮށް ހިޔާލު ބަދަލުކޮށް އެކުވެރިކަން އާލާކުރުމަށް ފުރުސަތު ފަހިކޮށްދިނުމަށް ކަމަށާއި، އެހެންކަމުން މިފަދަ ތަނެއް ތަރައްޤީކުރުމުގެ ސަބަބުން ލިބިގެންދާނެ ފައިދާ ތަކުގެ ތެރޭގައި ހިތްފަސޭހަ މާހައުލެއްގައި ޢާއިލާގެ މެންބަރުންނާއި ބައްދަލުވެ، ނުވަތަ ރަހުމަތްތެރިންނަށް އެއްތަނަކުން ބައްދަލުވެ ގުޅުން ބަދަހިވުން ނުވަތަ އޮފީސްތަކުގެ މުވައްޒަފުން އެއްތަނަކަށް ޖަމާވެ އެކުވެރި މަޖާ މާހައުލެއްގައި ވާހަކަދައްކާލައި ގުޅުންބަދަހިވެ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާވުމެވެ.

އަދި ހަމަ އެހެންމެ ރާއްޖޭގެ އެކިކަންކޮޅުތަކުން އެކި ބޭނުންތަކަށް ތިނަދޫއަށް ޒިޔާރަތްކުރާފަރާތްތަކަށް ހިތްގައިމު މަންޒިލެއް ތިނަދޫއިން ލިބިދިނުމެވެ. މީގެ އިތުރުން ތިނަދޫގެ ރައްޔިތުންގެ އެކިއެކި ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމަށް ހިތްފަސޭހަ މާހައުލެއް ލިބިގެން ދިޔުމަކީވެސް މިފަދަ ތަނެއް ތަރައްޤީކުރުމުން ލިބިގެންދާނެ ހައްލެއް ކަމަށެވެ.

2 އަހަރު ވަންދެން އަހަރަކު އެއްފަހަރު މި ގްރިލްތަކާއި ބެންޗްތައް މަރާމާތުކުރާނީ އެ ޖަމްޢިއްޔާގެ ފަރާތުންކަމަށާއި އަދި ހަމަ އެހެންމެ އެޖަމްޢިއްޔާގެ ފަރާތުން ރައްޔިތުންނާއި ރަށުކައުންސިލާއި ގުޅިގެން މިސަރައްދު ބަލައި ކުނިކަހައި ސާފުކުރުމުގެ މަސައްކަތް ކުރަމުން ގެންދަން ނިންމާފައިވާ ކަމަށްވެސް އެޖަމްއިއްޔާއިން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!