ދީން
ކައިވެނި ކުރުން ލަސްވާނަމަ!

ޙަޔާތުގެ އެހެން ކަންކަމެކޭ އެއްފަދައިން ކައިވެންޏަކީވެސް ﷲ ތަޢާލާ ލިޔުއްވާފައިވާ ކަމެކެވެ. އެކަމުގެ ވަޤުތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ކައިވެނި ކުރުމަށް ޤަޞްދުކޮށް، އެކަމަށް މަސައްކަތްކޮށްވެސް ކައިވެނި ނުކުރެވިފައި ތިބޭ އަޚުންނާއި އުޚްތުން ޤަބޫލުކުރަންޖެހޭ ކަމަކީ އެކަމުގެ އެންމެ ހެޔޮ ވަޤުތުގައި ﷲ ތަޢާލާ އެކަން ހިންމަވައިދެއްވާނެކަމެވެ. ސަބަބުތަކުގައި ހިފުމަކީ ޝަރްޢީ ސަބަބުތަކުގައި ހިފުމެވެ. ފަހަރަކު މީހަކާ ޗެޓުކޮށް ވާހަކަ ދައްކާ، ނަހަމަ ގުޅުންތަކެއް ހިންގުމެއް ނޫނެވެ. އެއީ ﷲ ތަޢާލާ ނުރުއްސަވާ މަގެވެ. އެމަގުން ހިނގައިގެން ކައިވެނިކުރަން ނޫޅޭށެވެ.

ކައިވެނި ކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ ހެޔޮ ލަފާ ޞާލިޙު ބައިވެރިއެއް ދެއްވުން އެދި ދުޢާކުރުމެވެ. ކައިވެންޏަކީ ނުހަނު މަތިވެރި މަޤްޞަދެއްގައި ކުރެވޭ ކަމެކެވެ. ނަމުގައި ކުރެވޭ ކައިވެންޏަކުން އެ މަތިވެރި މަޤްޞަދުތައް ޙާޞިލްނުވާ ތާގައި ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކާވެސް ކުރިމަތިލާން ޖެހިދާނެއެވެ.

އެހެންކަމުން ކައިވެނި ކުރާ އިރު އަވަސް އަރުވާލުމުގެ ބަދަލުގައި، ކައިވެނި މި ކުރެވެނީ ތިމާގެ މުސްތަޤްބަލް އެމީހަކާއެކު ބިނާކުރާނޭ ވަރުގެ މީހަކާތޯ ބަލަން ޖެހެއެވެ. ތިމާގެ ދަރީންނަށް ހޯދައިދެވެނީ ރަނގަޅު މަންމައެއްތޯ ބަލަންޖެހެއެވެ. ތިބާގެ ދަރީންނަށް ހޯދައިދެވެނީ ރަނގަޅު ބައްޕައެއްތޯ ބަލަންޖެހެއެވެ.

ކައިވެނި ކުރުން ލަސްވާތީ ބައެއް މީހުން ކަންބޮޑުވެއެވެ. އެކަމުގައި ޤަބޫލުކުރެވޭ ސަބަބުތައްވެސް ހުރެއެވެ. އެހެނީ ކައިވެންޏަކީ އިންސާނާގެ ފިޠުރަތުގައި ލައްވާފައިވާ ކަމެކެވެ. ޖިންސީ ޣަރީޒާގެ ސަބަބުން އުފަންވާ ފާފަ މައިތިރިކުރުވާ ކަމެކެވެ. ޢިއްފަތްތެރިކުރުވާ ކަމެކެވެ. ހިތަށް ހަމަޖެހުމާއި ތަސައްލީ ގެނެސްދޭ ކަމެކެވެ. އަދި މިނޫންވެސް ވަރަށް ގިނަގުނަ ފައިދާ ކައިވެނީގައި ވެއެވެ.

ކައިވެނި ކުރުން ލަސްވާނަމަ، އެކަމުގައި ކުރެވިދާނެ އެންމެ މުހިންމު ކަމަކީ އެކަމަށް އެދި ވީހާ ގިނަގިނައިން ދުޢާ ކުރުމެވެ. އަދި ޝަރްޢީ ސަބަބުތަކުގައި ހިފުމެވެ. އެގޮތުން ދީންވެރި، ޚުލްޤު ހެޔޮ މީހަކު ތިބާގެ ހިތުގައި އޮތްނަމަ، އެމީހަކަށް ކައިވެންޏަށް އެދި ހުށަހެޅުމެވެ. އެގޮތަށް ހުށަހެޅުން އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް ހުއްދަވެގެންވެއެވެ. އަދި އެގޮތަށް ކައިވެންޏަށް އެދި ހުށަހެޅުމުން އެ ހުށަހެޅުން ރައްދުކުރުމަކީ އެއީ އެކަމާމެދު މާޔޫސްވާންޖެހޭ ކަމެއް ނޫނެވެ. އެހެނީ އެކަމުގައި އޮންނާނީވެސް ހުސް ހެވެވެ.

ކައިވެނި ކުރުން ލަސްވާނަމަ، މިވެނި ސޫރަތެއް މިވެނި ފަހަރަކު ކިޔުމަށް ބައެއް އިންޓަރނެޓްގެ ސައިޓްތަކުގައި ލިޔެފައި ހުންނާތީ ބައެއް އަޚުންނާއި އުޚްތުން އެގޮތަށް ޢަމަލުކުރާތަން ފެނެއެވެ. މިއީ މިކަމުގެ މައްޗަށް އެއްވެސް ދަލީލެއް އޮތް ކަމެއް ނޫނެވެ. އަދި ޚާއްޞަ ދަލީލެއް ނެތި އެގޮތަށް ވަކި ކަމަކަށް ވަކި ސޫރަތެއް ޚާއްޞަކުރުން އެންމެ ބޮޑަށް ކައިރިވެގެންވަނީ ބިދުޢައަކާއެވެ. މިގޮތުން ކައިވެނި ފަސޭހަކުރުމުގެ ގޮތުން ކުރުމަށް، ޞައްޙަގޮތުގައި ވާރިދުވެފައިވާ ވަކި ސޫރަތެއް، ވަކި ޛިކްރެއް ވަކި ނަމާދެއް ނެތެވެ.

ކައިވެނި ކުރުން ދަތި އުނދަގޫ ވެފައިވާ މީހާ، ނުވަތަ ކައިވެނިކުރުން ލަސްވާ މީހާ، އެކަމަށް އެދިގެން ވީހާ ގިނައިން އިސްތިޣްފާރު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ އަންނަނިވި އާޔަތުން ދަލާލަތު ކުރާ ކަމެކެވެ.

فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا ﴿١٠﴾ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا ﴿١١﴾ وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا ﴿١٢﴾ (نوح 10-12)

މާނައީ: “ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ. ހަމަކަށަވަރުން، އެއިލާހީ، ގިނަގިނައިން ފާފަފުއްސަވާ އިލާހުކަމުގައިވެއެވެ. (އޭރުން) އެއިލާހު ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި މުދާތަކާއި، ދަރިންގެގޮތުން، އެއިލާހު ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ.”

މި އާޔަތުގައި އިސްތިޣްފާރުކުރުމުގެ ސަބަބުން ލިބޭނެ ތިން ނިޢުމަތެއްގެ ވާހަކަ ބަޔާންވެފައިވެއެވެ. އެއީ

1- ފެން ލިބުން

2- މާލު (ތަނަވަސްކަން) ލިބުން

3- ދަރީން ލިބުން

އިސްތިޣްފާރު ކުރުމުގެ ސަބަބުން ދަރީން ލިބޭނަމަ، ހަމަ ޔަޤީނުންވެސް އެކަން ޙާޞިލްވުމުގެ ސަބަބު މެދުވެރިވާނެއެވެ. އެއީ ކައިވެންޏެވެ. އެހެންކަމުން ކައިވެނި ކުރަން ދަތިވެފައިވާ މީހާގެ މައްޗަށް އޮތީ ވީހާ ގިނައިން، ރެއާއި ދުވާލު އިސްތިޣްފާރު ކުރުމެވެ. އަދި ހަމަ އެއާއެކު، ހެޔޮ ލަފާ ޞާލިޙު ފިރިއެއް/ އަންބެއް ދެއްވުން އެދި ދުޢާކުރުމެވެ. (ބައްލަވާ “تفسير ابن كثير” (8 /233) )

އެގޮތުން، ފަރްޟު ނަމާދުތަކުގެ ސަޖިދާގައްޔާއި، ސުންނަތް ނަމާދުތަކުގެ ސަޖިދާގައްޔާއި ދަމު ނަމާދުގައިވެސް މިފަދަ ޢިބާރާތަކުން ދުޢާކުރެވިދާނެއެވެ.

ފިރިޔަކަށް ދުޢާކުރާނަމަ މިފަދަ ޢިބާރާތެއް ބޭނުން ކުރެވިދާނެއެވެ.

يَا رَبِّ! ارْزُقْنِيْ زَوْجًا صَالِـحًا

ޔާ ރައްބު! މިއަޅާއަށް ޞާލިޙު ފިރިޔަކު ދެއްވާނދޭވެ!

اللَّهُمَّ زَوِّجْنِي رَجُلًا صَالِـحًا

ޔާ ﷲ! ޞާލިޙް ފިރިހެނަކާ މިއަޅާ ކައިވެނިކޮށްދެއްވާނދޭވެ!

އަންބަކަށް ދުޢާކުރާނަމަ މިފަދަ ޢިބާރާތެއް ބޭނުންކުރެވިދާނެއެވެ.

يَا رَبِّ! ارْزُقْنِيْ زَوْجَةً صَالِـحَةً

ޔާ ރައްބު! މިއަޅާއަށް ޞާލިޙު އަންބަކު ދެއްވާނދޭވެ!

اللَّهُمَّ زَوِّجْنِي اِمْرَأَةً صَالِـحَةً

ޔާ ﷲ! ޞާލިޙް އަންހެނަކާ މިއަޅާ ކައިވެނިކޮށްދެއްވާނދޭވެ!

ކައިވެނި ކުރުމަށް މަގުފަހި ވުމުގެ އަނެއް ސަބަބަކީ ތަޤްވާވެރިކަމެވެ. ﷲ އަށް ބިރުވެތިވާ މީހާއަށް ﷲ ތަޢާލާ އޭނާ ތާށިވާ ހިނދު ނުކުންނާނޭ ދޮރެއް ދައްކަވާނެއެވެ. އަދި އޭނާ ހީވެސް ނުކުރާފަދަ ގޮތަކަށް އޭނާއަށް ރިޒްޤު ދެއްވާނެއެވެ. ކައިވެންޏަކީވެސް ރިޒްޤެކެވެ.

( وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا وَيَرْزُقْهُ مِنْ حَيْثُ لا يَحْتَسِبُ ) الطلاق/2-3

“އަދި ﷲ އަށް ތަޤްވާވެރިވާ މީހާ (ދަންނާށެވެ) އެއިލާހު އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެއިލާހު އޭނާޔަށް ރިޒްޤު ދެއްވާނެތެވެ.”

ހެޔޮލަފާ ޞާލިޙް ތަޤްވާވެރިއަކަށް މީހާވުމަކީ ކައިވެނީގެ ހުށަހެޅުންތައް އޭނާއަށް ލިބޭނެ ސަބަބެކެވެ. އެހެނީ އެންމެންވެސް ކައިވެނި ކުރަން ބޭނުން ވަނީ ރަނގަޅު ދީންވެރި ހެޔޮލަފާ ޚުލްޤުހެޔޮ މީހުންނާއެވެ. ހެޔޮ ޢަމަލު ކުރާ މުއުމިނުންނަށް އުފާވެރި ޙަޔާތެއް ދެއްވާނެ ކަމަށް ﷲ ތަޢާލާ ވަޢުދުވެވޮޑިގެންފައިވެއެވެ.

(مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ) النحل/ 97 .

“މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންއިލާހު ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލު ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންއިލާހު ޖަޒާ ދެއްވާހުށީމެވެ.”

މަރްޖިޢު
https://islamqa.info/ar/answers/110715 https://islamqa.info/ar/answers/229852
މަސްދަރު: ޝާފިޢު.އެމްވީ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!