ޚަބަރު
ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީ ބޯޅަ މުބާރާތުގެ ޖާރޒީ ޕާޓްނާރަކަށް ވައިޓް ރެބިޓް ސްޕޯޓްސް

ގދ އަތޮޅު ކައުންސިލް ފޭސް ވޮލީ މުބާރާތް 2021 ގެ ޖަރޒީ ޕަރޓްނަރއަކަށް ވައިޓް ރެބިޓް ސްޕޯޓްސް ހަމަޖައްސައިފިއެވެ.

ޕަރޓްނަރޝިޕް އެގްރީމަންޓް ގައި ސޮއިކުރުން ބާއްވާފައިވަނީ މާލޭގައި ހުންނަ ވައިޓް ރެބިޓް ސްޕޯޓްސް ފިހާރައިގައެވެ.

ވައިޓް ރެބިޓް ސްޕޯޓްސް އާއި ފޭސް ޖަމްއިއްޔާއާއި ދެމެދު ވެފައިވާ އެއްބަސް ވުމުގެ ދަށުން، މިމުބާރާތުގައި ބައިވެރިވާ ޓީމްތަކަށް ހެޔޮ އަގެއްގައި ޖަރޒީ ދޯރުކޮށްދެވޭނެ ކަމަށާއި، އެފިހާރައިން ޖަރޒީ ތައްޔާރުކުރާ ޓީމްތަކަށް ހިލޭ އޮފިޝަލުންގެ ޖަރޒީ ފޯރުކޮށްދެވޭނެ ކަމަށް ފޭސް ޖަމްއިއްޔާއިން މައުލޫމާތު ދެއްވިއެވެ. މީގެ އިތުރުން ސަޕޯޓަރުންގެ ޖަރޒީ ތައްޔާރުކުރުމަށް ބޭނުންވާ ޓީމްތަކަށް އެޚިދުމަތްވެސް ވައިޓް ރެބިޓް ސްޕޯޓްސް އިން ފޯރުކޮށްދޭ ގޮތަށް ޖަމަޖެހިފައިވާ ކަމަށްވެސް ފޭސް ޖަމްއިއްޔާއިން މައުލޫމާތު ދެއްވިއެވެ.

ވައިޓް ރެބިޓް ސްޕޯޓްސް އަކީ ޖަރޒީއާއި، ކުޅިވަރުގެ ސާމާނާއި، ޓްރޮފީއާއި މެޑަލް ފަދަ ތަކެތި ލިބެން ހުންނަ، އެންމެންގެ މަޤްބޫލުކަން ހޯދާފައިވާ ފިހާރައެކެވެ. އަދި އަމިއްލަ ޑިޒައިންތަކަށް ކަސްޓަމައިޒްޑް ޖަރޒީ ތައްޔާރުކޮށްދިނުމާއި، ޖަރޒީ އަދި ޓީޝާޓު ޕްރިންޓް ކޮށްދިނުން ފަދަ ޚިދުމަތްތައް ވެސް ވައިޓް ރެބިޓް ސްޕޯޓްސް އިން ފޯރުކޮށްދެއެވެ.

ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް  އޮންލައިން މީޑިއާ ޕާރޓަނަރެއްގެ ގޮތުގައި ހުވަދޫ ނިއުސް އަދި ޕްރިންޓިންގ ޕާރޓްނަރެއްގެ ގޮތުގައި ނޯވާޓެކް ހަމަ ޖައްސާފައިވާއިރު، މިމުބާރާތަކީ ރަށު ކައުންސިލް ތަކަށާއިޖަމިއްޔާތަކަށް އަމާޒުކޮށްގެން އަތޮޅު ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ރޫޙް އާލާކުރުމަށާއި، ކުޅިވަރުގެ ޖޯޝާއި ފޯރިއާއި ދުޅަހެޔޮކަން އިތުރު ކުރުމުގެ މަގްސަދުގައި ގދ.އަތޮޅުކައުންސިލުން ބާއްވާ މުބާރާތެކެވެ. މިމުބާރާތުގެ ޕްރިންޓިންގ ޕާޓްނަރ އަކަށް ހަމަޖައްސާފައިވަނީ ނޯވާޓެކް އެވެ.

މުބާރާތުގައި އަންހެން ފިރިހެން ދެ ޑިވިޝަން އަށް ކުޅެވޭއިރު، ޗެމްޕިއަން ޓީމް އަށް 20،000 (ވިހިހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި ރަނަރއަޕް އަށް10،000 (ދިހަހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ ހޮވިގެން ދާއިރު އަތޮޅުގެއެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާވެސް ހޮވިގެން ދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!