ޚަބަރު
ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ ޕެއިން އެންޑް ރީހެބިލިޓޭޓިވް ހިދުމަތް ތައާރަފްކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ކެންސަރ ޕޭޝަންޓްސް އަށް ހާއްސަ ޕެއިން އެންޑް ރީހެބިލިޓޭޓިވް ހިދުމަތް ތައާރަފް ކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމެންޓަކީ ކެންސަރު ބަލީގެ އެކި ބާވައްތަކުން ސަލާމަތްތެރިކަން ހޯދުމާއި، ކެންސަރު ބަލި ދެނެގަތުމާއި އަދި އެބައްޔަށް ފަރުވާ ދިނުމުގެ ހިދުމަތް ފޯރުކޮށްދޭ ޑިޕާޓްމެންޓެކެވެ. ވަކިން ހާއްސަކޮށް އޮންކޮލޮޖީ ޑިޕާޓުމެންޓުން ސަލާމަތްތެރިކަމާއި ފަސޭހަކަމާއެކީ ކީމޯތެރަޕީގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމެންޓުން ކެންސަރު ޖެހިފައިވާ ބަލިމީހުންނަށް ކްލިނިކަލް ކެއާ ފޯރުކޮށްދޭ މަލްޓި-ޑިސިޕްލިނަރީ ސްޕެޝަލިސްޓުންގެ ޓީމެއް ހަރަކާތްތެރިވެއެވެ. އޮންކޮލޮޖީ ޑިޕާޓުމެންޓުން ދެވޭ ހިދުމަތްތަކުގެ ތެރޭގައި ކީމޯތެރަޕީ، ބްރެސްޓު ކެންސަރުގެ ފަރުވާ، ޕްރޮސްޓޭޓް ކެންސަރުގެ ފަރުވާ، ލަންގު ކެންސަރުގެ ފަރުވާ، ހެޑް އެންޑު ނެކް ކެންސަރުގެ ފަރުވާ އަދި ކޯލޮން ކެންސަރުގެ ފަރުވާ ހިމެނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ޕެއިން އެންޑް ރީހެބިލިޓޭޓިވް ހިދުމަތްތައް ފޯރުކޮށްދޭނީ ހޮސްޕިޓަލުގެ ރީހެބިލިޓޭޓިވް ސެންޓަރުގެ ދަށުން ނިއުޓްރިށަން އަދި ޑައިޓެޓިކްސް، އަދި އެނެސްތީސިއޮލޮޖީ ޑިޕާޓްމަންޓުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ރީހެބިލިޓޭޓިވް ޑިޕާޓްމަންޓަކީ އަނިޔާއަކަށް ނުވަތަ ބައްޔަކަށްފަހު މީހާގެ ހަށިގަނޑު ވަރުގަދަ ކުރުމަށް އެހީވުމުގައި ހާއްސަ ޓީމެއް އެކުލަވާލައިފައިވާ ޑިޕާޓްމަންޓެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެނެސްތީސިއޮލޮޖީ ޑިޕާޓްމަންޓަކީ ހޭނެއްތުމާއި ތަދު މެނޭޖްކުރުމުގެ ހިދުމަތްތަކަށް ހާއްސަ ޑިޕާޓްމަންޓެކެވެ. ހަމަ މިފަދައިން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑައިޓެޓިކްސް ޑިޕާޓްމަންޓަކީ ކޮންމެ މީހަކަށްވެސް ހާއްސަ، އެމީހަކާ ގުޅޭގޮތައް ޑައެޓަރީ އަދި ނިއުޓްރިށަން ތެރަޕީގެ އެންމެ ފުރިހަމަ މައުލޫމާތު އަދި ހިދުމަތްތައް ފޯރުކޮއްދޭ ޑިޕާޓްމަންޓެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

Comment