ސައުތު އެފްރިކާގެ އެކި ސަރަހައްދުތަކުގައި މިހާރު ކުރިއަށްދާ މުޒާހިރާތަކާއި ލޫޓުމާރުން 72 މީހަކުވަނީ މިހާތަނަށް މަރުވެފައެވެ.
އެގައުމުގެ ފުލުހުންނަށް ކޮންޓްރޯލް ނުވެގެން އަސްކަރިއްޔާއިންވެސް މިހާރުދަނީ ހަރަކާތްތެރިވަމުންނެވެ.
ސައުތު އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒުމާ މިދިޔަހަފްތާ ހައްޔަރުކުރުމާއި ގުޅިގެން ސަޕޯޓަރުން ނުތަވަނަވަސްވެ މުޒާހިރާކުރަންފެޓިއެވެ. އޭނަައަށްވަނީ 15 މަހުގެ ޖަލު ހުކުމެއް އައިސްފައެވެ.
މި މުޒާހަރާގެ ތެރެއިން ކްވަޒުލު ނަޓަލް ކިޔާ ސަރަހައްދުން 1200 މީހުން ހައްޔަރުކޮށްފައިވެއެވެ. މިއީ ޖޭކޮބްގެ އުފަން ސަރަހައްދެވެ. ހަފްތާއަކަށްވުރެން ދިގުވެ ގޮސްފައިވާ މި މުޒާހަރާގެ ބައިވެެރިންވަނީ ފިހާރަތަކުގައި ހުޅުޖަހައި ސިފައިންނާ ކުރިމަތިލާފައެވެ.
ފުލުހުންވަނީ މުޒާހަރާ ކޮންޓްރޯލްކުރަން ރަބަރު އުންޑަބޭނުންކޮށް ފައެވެ. އަދި އެގައުމުގެ އަސްކަރިއްޔާއިންވެސް ވަނީ ހަރަކާތްތެރިވެފައެވެ. ނަމަވެސް އެގައުމުގައި ޒުމާ ގެ ސަޕޯޓަރުން ގެންދަނީ ހުއްޓުމެއްނެތި މުޒާހަރާކުރަމުންނެވެ.