ޚަބަރު
ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ބ.އަތޮޅު ރިސޯޓެއްގެ ވޯޓާ ވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިއަދު މެންދުރު ހިގާދިޔަ މިހާދިސާގައި ވައްކަރު ރިސޯޓުގެ ލެގޫން ބާ ވަނީ އަދާ އަޅިޔަށް ވެފައެވެ.

މީސްމީޑީޔާގައި ދައުރުވަމުންދާ ވީޑީޔޯގައި ފެނިގެންދަނީ ރިސޯޓުގެ ވޯޓާ ވިލާ ގޮތަށް ފަރުމާ ކޮށްފައިވާ ބޮޑު ސަރަހައްދެއްގައި ހުރި ލެގޫން ބާގައި ރޯވެ އަނދަމުންދާ މަންޒަރެވެ. ބާގައި ރޯވެފައިވާ އަލިފާން ނިއްވާލުމަށް ރިސޯޓުގެ މުވައްޒަފުން މަސައްކަތްކުރަމުންދިޔަ މަންޒަރު އެވީޑިޔޯގައި ފެނިގެންދެއެވެ.

ފުލުހުން ވިދާޅުވީ މިއަދު މެންދުރު 12:30ގައި ވައްކަރު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިގިކަމުގެ ރިޕޯޓް ލިބިފައިވާ ކކަމަށާއި މިހާދިސާ ތަހުޤިގު ކުރަމުން ގެންދާ ކަމަށެވެ.

އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އަލިފާންގަނޑު މިހާރު ނިއްވާލައިފި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!