ޚަބަރު
ގިނަ ބަޔަކު ފައްސިވެ ވާދޫއަށް އަރާ ފޭބުން މަނާކޮށް އެރަށް މޮނިޓަރިން އަށް

ކޮވިޑް-19 އަށް ގިނަ ބަޔަކު ފައްސިވުމާ ގުޅިގެން ގދ. ވާދޫ އަށް އަރާ ފޭބުން މަނާކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އެރަށް މޮނިޓަރިންއަށް ގެނެސްފިއެވެ.

އެޗްޕީއޭއިން ބުނީ، އެރަށް މޮނިޓަރިން އަށް ލާފައިވަނީ، ކޮވިޑް-19 އަށް މިހާތަނަށް 17 މީހަކު އެރަށުން ފައްސިވުމާ ގުޅިގެން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ކޭސްތަކެއް ފެނިފައިވަނީ އެރަށަށް ބޭރުން އައި މީހަކު ބައްޔަށް ފައްސިވުމާއި ގުޅިގެން ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގި ސާމްޕަލްތަކެއް ފައްސިވެގެންނެވެ.

ވާދޫ ހިމެނޭހެން މިވަގުތު 21 ރަށެއް އޮތީ ބަންދުކޮށްފައެވެ.

Comment