ޚަބަރު
ހުވަދޫ މީޑިއާ ގްރޫޕްގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް ވޮލްނާ މޯލްޑިވްސް

ހުވަދޫ މީޑިއާ ގްރޫޕްގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް ވޮލްނާ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ހުވަދޫ މީޑިއާގެ އޮފިޝަލް ކިޓް ޕާޓްނާރ އެއްބައްސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދު މާލޭގައި ހުންނަ ލަރޯކާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ހުވަދޫ މީޑިއާ ގްރޫޕްގެ ފަރާތުން ސޮއި ކުރެއްވީ، ހުވަދޫ ނިއުސް ގެ އެޑިޓަރ ސާއި ޢަލީ އެެވެ. އަދި ވޮލްނާ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓާރ ޒިދާން އިބްރާހިމް ހުސައިން އެވެ.

ވޮލްނާ މޯލްޑިވްސް އާއި، ހުވަދޫ މީޑިއާ އާއި ދެމެދު ސޮއި ކުރެވުނު މި އެއްބަސްވުމާއި އެކު، ހުވަދޫ މީޑިއާ ގްރޫޕްގެ އޮފިޝަލް ކިޓްގެ އިތުރުން ހުވަދޫ މީޑިއާ ގްރޫޕްއިން އިންތިޒާމް ކުރާ ހަރަކާތްތަކުގައި ބޭނުން ކުރާނެ ކިޓްވެސް ސްޕޮންސާ ކުރާނީ ވޮލްނާ މޯލްޑިވްސް އިންނެވެ.

ވޮލްނާ މޯލްޑިވްސް އަކީ މި އަހަރު ކުރީ ކޮޅު ދިވެހިންގެ ތެރެއަށް ނިކުތް ވިޔަފާރިއެކެވެ. އެގޮތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވޮލްނާ މޯލްޑިވްސް އާއި، އެކުންފުނީގެ ދަށުން ހިންގާ، ވޮލްނާ މޯލްޑިވްސް ސްޕޯޓްސްވެއާ އިން ދަނީ ރަނގަޅު ޚިދުމަތްތައް ހެޔޮ އަގެއްގައި އާންމުންނަށް ފޯރުކޮށްދެމުންނެވެ.

ވޮލްނާ މޯލްޑިވްސް އިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި، ކުޅިވަރު ހަރަކާތްތަކަށް ބޭނުންވާ ޖާޒީ އާއި ޝޯޓް ބޭނުން ޑިޒައިނެއްގައި ފަރުމާ ކުރުމާއި ޕްރިންޓްކުރުން ހިމެނޭ އިރު، ސްކޫލްތަކާއި، ކުލަބް ޖަމިއްޔާތަކުގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކުރުމުގެ އިތުރު، އޮފީސްތަކާއި ކެފޭ ރެސްޓޯރެންޓްތަކަށް އޮފިޝަލް ޔުނިފޯމް ފަރުމާކޮށް ޕްރިންޓް ކުރުން ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!