ފެންޑާ
މަންމަ ކުޑަކުއްޖެއްގެ އުމުރުގައި ވަނިކޮށް ނަގައި ފްރީޒް ކުރެވުނު ދަރިމައި ބިހަކުން އުފަންވެ، ރެކޯޑްފޮތުން ޖާގަ ހޯދައިފި

މޮލީ އެވްރެޓޭ ގިބްސަން ކިޔުނު ތުއްތު ކުއްޖަކު ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައެވެ. މޮލީ ރެކޯޑުފޮތުން ޖާގަ ހޯދާފައިވަނީ ލެބޯޓްރީގައި ފްރީޒްކޮށްފައި ރައްކާކުރެވުނު އެންމެ ދުވަސްވީ އިންސާނެއްގެ ދަރިމައި ބިހުން އުފަންވެފައިވާ ތުއްތު ކުއްޖާގެ ގޮތުގައެވެ.

މޮލީގެ މަންމަ ޓީނާޔަށް އުމުރުން 18 މަހުގައި، މީގެ 27 އަހަރުކުރިން، މީހެއްގެ އޯވަރީން ނަގައި ފްރީޒް ކުރެވުނު ދަރިމައި ބިހެއް ލެބޯޓަރީގައި ދަރިމައިކޮށް ޓީނާގެ ހަށިގަނޑަށް ލައްވައިގެން ކާމިޔާބުކަމާއެކު، މޮލީ ވަނީ ދުނިޔެއަށް އުފަން ކުރުވާފައެވެ. އަދި މިއީ މިހާތަނަށް އިންސާނެއްގެ ދަރިމައި ބިހެއް އެންމެ ދިގު މުއްދަތަކަށް ފްރިޒްކޮށްފައި ބޭއްވުމަށްފަހު، އެބިސް ދަރިމައި ކުރުވައި، އެހާ ދުވަސްފަހުން، ދުނިޔެއަށް އުފަންވެގެން ދިޔަ ފުރަތަމަ ފަހަރެވެ.

މޮލީ އެވްރެޓޭ ގިބްސަން ދުނިޔެއަށް އުފަންކުރެވުނީ މީގެ ހަތާވީސް އަހަރުކުރިން އޮކްޓޯބަރ 1992 ވަނަ އަހަރު ނެގުނު ދަރިމައި ބިހަކުންނެވެ. މޮލީ ދުނިޔެއަށް އުފަންވިއިރު މަންމަ، ޓީނާގެ އުމުރަކީ 29 އަހަރެވެ. ޓީނާ އުފަންވެފައި ވަނީ އޭޕްރިލް 1991 ގައެވެ.

ޓީނާ މީޑިއާއަށް މަޢުލޫމާތު ދެމުން ބުނެފައިވާގޮތުގައި، މޮލީއަކީ އެ ދެމަފިރިންނަށް ލިބުނު “މިރެކަލް ބޭބީ” އެކެވެ. ދިރާސާ ކުރާ ފަރާތްތައް ބުނާގޮތުން މޮލީ ބޭބީ ތާރީޚުގެ ތެރެއަށް ވަދެ ރެކޯޑުފޮތުން ޖާގަ ހޯދާފައިވަނީ، މިހާތަނަށް މައިމީހާގެ އޯވަރީ އިން ނަގައި، އައިސްކޮށް އެންމެ ގިނަދުވަސްވީ ދަރިމައި ބިހަށް ވެފައި، ކާމިޔާބުކަމާއެކީ، އެއްވެސް މައްސަލައެއް ކުރިމަތި ނުވެ ލެބޯޓަރީގައި ބިސް ދަރިމައިކޮށް، ދުނިޔެއަށް އުފަންކުރެވުމުންނެވެ. ކުޑަކުޑަ މޮލީގެ އުމުރުން މަދު ދުވަސްކޮޅެއްވީނަމަވެސް، ބިސް ނެގުނު މުއްދަތަށް ބަލާނަމަ، މޮލީގެ އުމުރަކީ 27 އަހަރުކަމުގައި ބެލުމުގެ ފުރުޞަތު އެބަ އޮވެއެވެ.

މޮލީގެ މިއާ ރެކޯޑާއި ގުޅިގެން މޮލީގެ ދައްތަޔާއި ފަހުން ނުތަނަވަސްކަމެއް އުފެދުމަކީ އެކަށީގެންވެއެވެ. ސަބަބަކީ، މޮލީ މުގުރާލާފައިވަނީ އެއްބަޑު އެއްބަފާދައްތަގެ ރެކޯޑު ކަމުގައި ވާތީއެވެ. މޮލީގެ ދައްތަ އެމާ ވްރެންސް އަކީވެސް ލެބޯޓަރީގައި ދަރިމައިކޮށްގެން ޓީނާގެ ހަށިގަނޑަށް ލައްވައިގެން 2017 ވަނަ އުފަންކުރެވުނު ކުއްޖެއް ކަމުގައި ވުމެވެ. އެމާ އުފަން ކުރެވުނު ދަރިމައި ބިހަކީ އޭގެ 24 އަހަރުކުރިން ނަގައި ލެބޯޓްރީގައި ރައްކާކުރެވުނު ދަރިމައި ބިހެއް ކަމުގައި ވާތީއެވެ.

އަންހެނުންގެ އޯވަރީން ނަގައި، ލެބޯޓަރީގައި ފްރީޒްކޮށް ރައްކާ ކުރެވޭ ދަރިމައި ބިސްތަކުގެ އަސްލު ވެރިފަރާތްތައް ނޭނގޭ ގޮތަށް ހަދިޔާކުރާތީ، މި ދަރިމައި ބިސް ނަގާފައިވަނީ ކޮން ފަރާތަކުންކަން އެނގެން ނެތެވެ. ނަމަވެސް މިދަރިމައި ބިސް ޓީނާގެ ރަހިމަށް ލެއްވުމުގެ ކުރިން ހެދުނު ޖެނެޓިކް ޓެސްޓު ތަކުން އެނގިގެން ގޮސްފައިވަނީ، މޮލީ އަދި އެމާ ދެކުދިން އުފަންކުރެވުނީ، އެއްފަރާތެއް ހަދިޔާކޮށްފައިވާ 2 ދަރިމައި ބިހުންނެވެ. ޓީނާއަކީ އެމާ އަދި މޮލީ ގެ މަންމަ ކަމުގައި ވިޔަސް އެދެކުދިންގެ ބަޔޮލޮޖިކަލް މަންމަޔަކީ އެއްފަރާތެކެވެ. މިދެކުދިންނަކީ ބަޔޮލިޖިކަލީ އެއްބަޑު އެއްބަފާ ދެކުދިންނެވެ.

ޓީނާ އަދި އޭނާގެ ފިރިމީހާ ބެންޖަމިން (36 އަހަރު)، ޤުދުރަތީގޮތުން ދަރިޔަކު ލިބޭތޯ 5 އަހަރުވަންދެން މަނޑުކުރުމަށްފަހު، ނޭޝަނަލް އެމްބްރިއޯ ޑޮނޭޝަން ސެންޓަރ (އެން އީ ޑީ ސީ) ގެ އެހީތެރިކަން ހޯދައެވެ. ޓީނާގެ ފިރިމީހާ ބެންޖަމިން އަށް ކުރިމަތިވެފައިވާ ސިއްޙީ މައްސަލެއް ކަމުގައިވާ ސިސްޓިކް ފައިބްރޯސިސްގެ ސަބަބުން، ކުދިން ނުލިބެއެވެ.

ކައިވެންޏަށް 10 ވަރަކަށް އަހަރު ވީއިރު އަމިއްލަ ދަރިޔެއް ލިބިފައި ނުވުމުން މިފަދައިން ލެބޯޓްރީގައި ކުއްޖަކު ދަރިމައިކޮށް ވިއްސުމަށް ނިންމިއެވެ.

ޓީނާ އާއިލާއާއެކު ފޮޓޯއަށް ހުއްޓިގެން

ފުރަތަމަ ދަރިފުޅުގެ ދަރިމައި ބިހަކީ މީގެ 24 އަހަރުކުރިން ނަގައި ލެބޯޓަރީގައި ރައްކާކުރެވުނު ބިހެއްކަން ޓީނާއަށް އެނގުނީ، ލެބޯޓްރީގައި ދަރިމައިކޮށް ޓީނާގެ ހަށިގަނޑަށް ލެއްވުމަށް ތައްޔާރުވެފައި ވަނިކޮށްނެވެ. އަދި މިހާ ގިނަދުވަސް ވެފައިވާ ބިހެއްކަން އެނގުމުން، ކުޑަކޮށް ކަންބޮޑުވީ ކަމަށާއި، ނަމަވެސް ޑޮކްޓަރ، މިއީ ދުނިޔޭގެ ރެކޯޑަށްވުން ކައިރި ކަމުގައި ބުނުމުން، ކޮންމެވެސް ވަރަކަށް ހާސްކަން ފިލައި ދިޔައެވެ.

އަދި އޭގެ 3 އަހަރު ފަހުން އެމާ، ކޮއްކޮއެއް ބޭނުންވުމުން، ކުރީ ފަހަރު ގޮތަށް ލެބޯޓަރީގައި ދަރިމައިކޮށް ޓީނާގެ ހަށިގަނޑަށް ލެއްވީއެވެ. އަދި ހަށިގަނޑަށް ލެއްވުމުގެ ކުރިން ކުރެވުނު ޓެސްޓްތަކުން އެނގި ޔަޤީންވެގެން ދިޔައީ ދެކުދިންގެވެސް ބަޔޮލޮޖިކަލް މަންމަޔަކީ އެއްފަރާތެކެވެ. މިއީ ދެކުދިންނަށްވެސް ލިބިގެންދާ ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ. މިދެކުދިންނަކީވެސް ވަރަށް ޚާއްސަ ދެކުދިންނަށް ވުމުގެ އިތުރުން، ދެކުދިންވެސް ދެފަހަރު ދުނިޔޭގެ ރެކޯޑުފޮތުން ވަނީޖާގަ ހޯދާފައެވެ. މިއީ ހަޤީޤަތުގައިވެސް މިދެމަފިރިންނަށް ލިބުނު މިރެކަލް ބޭބީސްތަކެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!